ބުރު މެޗަށް ޓީސީ "ގަދަކަމުން" ތައްޔާރުވިޔަސް އަމާޒަކީ މޮޅުވުން

ޓީސީގެ ކޯޗުކަމާ ހަވާލުވެފައިވާ އެސިސްޓަންޓް ކޯޗު އަހުސަން (ޗޭ) އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީސީގެ ކޯޗުކަމާ ހަވާލުވެފައިވާ އެސިސްޓަންޓް ކޯޗު އަހުސަން (ޗޭ) އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ޓީސީ ކުޅޭ ދެ ވަނަ މެޗަށް ޓީމް ތައްޔާރުވާން މި ޖެހެނީ "ގަދަކަމުން" ކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު އަހުސަން ރަޝީދު (ޗޭ) ބުނެފި އެވެ.

މި ފަހަރުގެ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުޅުން މިދިޔަ ހޯމަ ދުވަހު ފެށީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ވާދަކުރި މެޗުންނެވެ. މި މެޗުން ޓީސީ 2-0 އިން ބަލިވިއިރު އެ ޓީމް ގްރޫޕް ސްޓޭޖުގައި ކުޅޭ ދެ ވަނަ މެޗުގައި މާދަމާރޭ ނުކުންނާނީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

ކުރިއަށް އޮތް މެޗުގެ ތައްޔާރީތަކާ ގުޅޭގޮތުން ސުވާލުކުރުމުން ޓީސީގެ ކޯޗު އަހުސަން ބުނީ ފުރަތަމަ މެޗަ ށްފަހު ޓީމް އަދިވެސް ރަނގަޅަށް ރިކަވާ ނުކުރެވޭ ކަމަށާއި، ދެ ވަނަ މެޗާ މެދު އަދި ރަނގަޅަށް ވިސްނަން ފުރުސަތު ވެސް ނުލިބޭ ކަމަށެވެ.

"މެޗަކަށް ތައްޔާރުވާން ދެ ދުވަސް މި ލިބުނީ އެހެންވީމަ ހަމަ ގަދަކަމުން ތައްޔާރުވާން މި ޖެހުނީ." އަހުސަން ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ މެޗާ ހިލާފަށް ދެ ވަނަ މެޗުގައި ޓީސީ އަށް ގޭމް ޕްލޭން ބަދަލުކުރަން މަޖުބޫރު ކަމަށާއި ސަބަބަކީ މުބާރާތުގައި ކުރިއަށްދިޔުމުގެ ފުރުސަތެއް އޮތީ މި މެޗުން ރަނގަޅު ނަތީޖާއެއް ހޯދައިގެން ކަމަށްވާތީ އެވެ.

އަހުސަން ބުނީ ބުރު ސްޕޯޓްސް އާ ދެކޮޅަށް ޓީސީ އިން އެޓޭކްތަކެއް ކުރަން މަސައްކަތްކުރާނެ ކަމަށާއި، އެ ޓީމުގެ އަމާޒަކީ މި މެޗުން މޮޅުވުން ކަމަށެވެ.

"މި މެޗު ކޮންމެގޮތެއް ވިޔަސް ކުރިން ކުޅުނު މެޗާ ހިލާފަށް އެޓޭކް ކުރަން ޖެހޭނެ. ކުރިއަށްދާން ބޭނުމިއްޔާ. އެގޮތަށް މި ވިސްނަނީ، މޮޅުވާން ހަމަ" އަހުސަން ބުންޏެވެ.

ބުރު ސްޕޯޓްސް ކުލަބާ ގުޅޭގޮތުން އަހުސަން ބުނީ އެޓީމްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަކީ ޓީސީގެ ހުރިހާ ކަމެއް ވަރަށް ގާތުން ބަލައި އެކަންކަން އެނގޭނެ ކޯޗެއް ކަމަށާއި، އެހެންކަމުން މި މެޗުގައި ޓީސީ ކުރާނެ ކަންކަން ނިޒާމްބެ އަށް އެނގޭނެ ކަމަށެވެ.

އަހުސަން ބުނީ ނިޒާމްބެއާ އެކު މަސައްކަތްކުރި ކުޅުންތެރިން މި ޓީމުގައި ތިބުމަކީ އޭގެ ފައިދާ ދެކޮޅަށް ވެސް އޮންނާނެ ކަމެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށެވެ. އަދި ޓީސީ ތައްޔާރުވާނީ މި ކަންކަމަށް ފަރުވާ ބަހައްޓައިގެން ފުރަތަމަ ޑިވިޝަނުގައި ޓީސީ އަށް ގިނަ ކާމިޔާބީތައް ހޯދައިދިން ކޯޗު ނިޒާމްބެ އަށް އިހުތިރާމް ދީގެން ކަމަށެވެ.

ދެ ފަހަރެއްގެ މަތިން ޓީސީ އަށް ނިޒާމްބެ ކޯޗުކޮށްދިންއިރު، އެންމެ ކައިރިން މަސައްކަތް ކުރި އެއް އެސިސްޓަންޓް ކޯޗަކީ އަހުސަން އެވެ. އެހެންވެ، ނިޒާމްބެ މެޗު ހާލަތްތަކުގައި ގެންނާނެ ބަދަލުތަކާ ބެހޭ މައުލޫމާތު އަހުސަންގެ ވެސް ހުންނާނެ އެވެ.

ޓީސީ އާއި ބުރު ސްޕޯޓްސް ކްލަބް ކުޅޭ މެޗު ފަށާނީ މާދަމާރޭ 22:00 ގަ އެވެ. މިރޭ ކުޅޭ މެޗުގައި ކްލަބް ވެލެންސިއާ ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox