ހާލަތު އޮތްގޮތުން ޕްރެޒިޑެންޓްސް ކަޕަކީ ސަސް އަށް "ޕްރީ-ސީޒަން"

މިއަދު ބޭއްވި ޕްރެޒިޑެންޓްސް ކަޕްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިއަދު ބޭއްވި ޕްރެޒިޑެންޓްސް ކަޕްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން މި ފަހަރުގެ ފުރަތަމަ ޑިވިޝަނަށް ޕްރެކްޓިސް ފެށިތާ ހަ ދުވަސް ތެރޭ ޕްރެޒިޑެންޓްސް ކަޕްގެ މެޗެއް ކުޅެން ޖެހިފައިވުމުން މިހާރު އޮތް ހާލަތަށް ބަލާއިރު، އެ މުބާރާތަކީ ވެސް ޕްރީ ސީޒަންގެ ބައެއް ކަމަށް ސަސްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

މި ފަހަރުގެ ސީޒަނުގައި ސަސް އިން ކުޅޭ ފުރަތަމަ މެޗުގައި މާދަމާރޭ ބައްދަލުކުރާނީ އެންމެ ފަހުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން، ކްލަބް ވެލެންސިއާ އެވެ. ވެލެންސިއާ ޓީމުން ޕްރީ ސީޒަން ޕްރެކްޓިސް ފެށީ ސަސް އަށް ވުރެ އެއް ދުވަސް ކުރިންނެވެ.

"އަޅުގަނޑުމެން ގާތްގަނޑަކަށް ހައެއްކަ ދުވަހު ޕްރެކްޓިސް ކޮށްފައި ޕްރެޒިޑެންޓްސް ކަޕަށް މި ނުކުންނަނީ ނުކުންނައިރު އަޅުގަނޑުމެން ޕްރީ ސީޒަނެއްގެ ގޮތުގައި މި މުބާރާތް ބަލައިގެން މި އުޅެނީ. އެހެން ނަމަވެސް މިހެން ދެންނެވި ކަމަށްވިޔަސް، މުބާރާތެއްގައި ކުޅޭ ކަމަށްވާނަމަ އަޅުގަނޑުމެން ހިފަހައްޓަންޖެހޭ އުސޫލުތަކެއް ވެސް ހުންނާނެ،" 2021 ވަަނަ އަހަރުގެ ނޮވެމްބަރު މަހު ސަސްގެ ކޯޗުކަމާ ހަވާލުވި އިންމަ ބުންޏެވެ.

Advertisement

"ފުރަތަމަ ކަމަކަށް ކޮންސާނަކީ (ކަންބޮޑުވަކީ) ޕްލޭޔަރުންގެ އިންޖަރީ (އަނިޔާ) އަށް ބެލުން. ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނަން އެކަމަށް. ތި ވިދާޅުވިހެން ޕްރީ ސީޒަނެއް ނަހަދައި އައީމަ އެ ރަނގަޅު ލެވަލަށް ޕްލޭޔަރުން އައުމުގެ ކުރިން، އެ މީހުންނަށް އެންމެ ރަނގަޅަށް ކަންކަން ބަލަހައްޓައި، ސަލާމަތުން ބެހެއްޓުން ވެސް މުހިންމު،"

ފުރަތަމަ ޑިވިޝަނުގައި މި ފަހަރު ވާދަކުރާ އަށް ޓީމުގެ ތެރެއިން ޕްރީ ސީޒަނެއް ރަނގަޅަށް ފުރިހަމަ ކުރީ ދެ ޓީމުންނެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސް އެވެ. ޓީމުގެ މާލީ ހާލަތާއި އެޑްމިނިސްޓްރޭޝަން ކަންތައްތަކެއްގެ ސަބަބުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކްލަބް ގްރީން ސްޓްރީޓްސް ޕްރެޒިޑެންޓްސް ކަޕްގައި ނުކުޅެ އެވެ.

މާޒިޔާ އާއި އީގަލްސް ފިޔަވަައި، ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ޓީމުތަކަށް ބަލާއިރު، ސަސް އާއި ބުރު ސްޕޯޓްސް ކްލަބާއި ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކްލަބްގެ ތެރެއިން އެއްވެސް ޓީމަކަށް ހަފްތާ އަކަށް ވުރެ ގިނަ ދުވަހު ވެސް ޕްރީ ސީޒަން ޓްރެއިނިން ގެންދެވިފައިނުވެ އެވެ.

"އަސްލު މިއީ ކޯޗުންނަށް ވަރަށް ބޮޑު ގޮންޖެހުމެއް، އުނދަގޫތަކެއް އެބަހުރި، އެހެން ނަމަވެސް މީގެ ދެ އަހަރެއް ވަރު މި ޗެލެންޖްތަކާ ކުރިމަތިލަމުން މި ދަނީ، އަނެއްކާ ވެސް މި ކަހަލަ ޗެލެންޖްތަކާ ކުރިމަތިލާފައި މި އޮތީ އަނެއްކާ ވެސް މި އެކްސެޕްޓް ކޮށްފައި ކުރިއަށްދާން މި ތިބީ،" އިންމަ ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕް މިދިޔަ އަހަރު ރޭވިފައި އޮތީ ލީގު ބުރެއް ކުޅެފައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ. އެކަމަކު، މި ފަހަރު މުބާރާތުގައި ވާދަކުރަނީ ހަ ޓީމު ކަމަށްވާތީ ވަނީ ދެ ގްރޫޕަށް ބަހާލައިފަ އެވެ. އެއް ގްރޫޕްގައި މާޒިޔާ އާއި ޓީސީ އަދި ބުރު އޮތްއިރު، އަނެއް ގްރޫޕްގައި ވާދަކުރަނީ އީގަލްސް، ސަސް އަދި ވެލެންސިއާ އެވެ.

ތައްޔާރީގެ ގޮތުން ބަލާއިރު، އީގަލްސް އޮތީ ކުރީގައި ކަމަށްވާތީ ސަސް އާއި ވެލެންސިއާ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ސެމީ އަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެކަމާ ބެހޭގޮތުން ކުރި ސުވާލުގެ ޖަވާބުގައި އިންމަ ބުނީ މި ވަގުތު ޓީމުގައި އޮތް ހާލަތަށް ބެލުމަށް ވުރެ އަމިއްލަ ޓީމުގެ ކަންކަމަށް ފޯކަސްކުރުން މާ ރަނގަޅު ކަމަށެވެ.

"އަޅުގަނޑުމެންގެ ގްރޫޕަށް އައި ކޮން ޓީމެއްތޯ ބަލައި، އެ އަށް ބަލަން އަދި ބޭނުމެއް ނޫން. އެ އަށް ބަލަން އަޅުގަނޑުމެންނަށް ވާނެ ފައިދާއެއް ވެސް ނެތް. އަޅުގަނޑު މި އުޅެނީ އަޅުގަނޑުމެންގެ ޓީމުގެ ހާލަތުން، މި މުބާރާތަކީ އަޅުގަނޑުމެން ޕްލޭޔަރުން މިހާރު ހުރި ދެނެގަތުމަށްޓަކައި ވަރަށް މުހިންމު މުބާރާތެއް. އަދި އަޅުގަނޑުމެންގެ ސްޓްރެންތާއި ވީކްނަސް އަށް މަސައްކަތް ކުރަން ލިބޭ ފުރުސަތެއް މި މުބާާރާތަކީ. ޓީމާ ގުޅިފައިވާ ޕްލޭޔަރުން ވެސް ދެނެގަންނަން އެ ޕްލޭޔަރުންނަށް ވެސް ފުރުސަތު ދޭނަން،" އިންމަ ބުންޏެވެ.

މި ވަގުތުގެ ހާލަތަށް ބަލާއިރު، ސަސް އިން ހިތްހަމަޖެހޭ އެއް ކަމަކީ ޓީމުތަކަށް މެޗުތަކުގައި ފަސް ބަދަލު ކުރެވޭ ގޮތަށް މި ފަހަރުގެ ސީޒަނުގެ ގަވާއިދު ބަދަލުވެފައި އޮތުން ކަމަށް އިންމަ ބުނެފައިވެ އެވެ.

އިންމަ ބުނީ ކޮންމެ ގޮތަކަށް ޓީމުގެ ހާލަތު އޮތް ކަމުގައި ވިޔަސް ޕްރެޒިޑެންޓްސް ކަޕްގެ ހައިބަތާއި މުބާރާތަށް ދޭ އަހައްމިއްޔަތުކަން ކުޑަނުވާނެ ކަމަށެވެ. އެ ކަންކަމަށް ބަލާއިރު، އުންމީދު ކުރެވޭ ވަކި ކަންތައްތަކެއް ހުރިކަން ފާހަގަކޮށް، އިންމަ ބުނީ މާ ބޮޑު އުންމީދުތަކެއް ނުކުރަން ޖެހޭ ކަންކަން ވެސް ވިސްނަން ޖެހޭ ކަމަށެވެ.

"އުންމީދުކޮށްގެން މި ނުކުންނަނީ، އޭގެ މާނަ އަކީ އަޅުގަނޑުމެން އެ ކުރާ މަސައްކަތާ ޓީމު ބިނާކުރަން އެ ކުރާ މަސައްކަތުން، އަޅުގަނޑުމެން އުންމީދެއް ގެއްލުވައިނުލަން. ދެން، ކުރާ މަސައްކަތަށް އަޅާބަލާއިރު، މާ ބޮޑެތި ބޮޑެތި އުންމީދުތަކެއް ނުކުރެވޭނެ. އެއީ އަޅުގަނޑުމެން ޓީމު މި އޮތް ހިސާބެއް އަޅުގަނޑަކަށް ވެސް ނޭނގޭ، އެހެންވީމަ ނޭނގޭ ކަމަކަށް އުންމީދުތަކެއް ކުރުން ވެސް ރަނގަޅެއް ނުވާނެ،" އިންމަ ބުންޏެވެ.

އިންމަ ބުނީ މި ވަގުތު ސީޒަނުގެ ކަލަންޑަރު އޮތްގޮތުން ފުރަތަމަ މުބާރާތަކަށް ޕްރެޒިޑެންޓްސް ކަޕް އޮތުމަކީ މައްސަލައެއް ކަމަށް ނުފެންނަ ކަމަށެވެ. އެއީ ރަނގަޅަށް ތައްޔާރުނުވެ، އެފްއޭ ކަޕާއި ޕްރިމިއާ ލީގު ފަދަ މުބާރާތަކަށް ނުކުމެއްޖެނަމަ ދިމާވާ ހާލަތެއްގެ ސަަބަބުން ޓީމުތަކަށް އެ ގެއްލެނީ އޭއެފްސީ ކަޕް ފަދަ މުހިންމު މުބާރާތަކަށް ދިއުމަށް އޮތް ފުރުސަތެއް ކަމަށްވާތީ މިހާރު މި އޮތް ހާލަތުން މި ފޯމެޓް ރަނގަޅު ކަމަށެވެ.

ސަސް އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ މާދަމާރޭ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox