ހޯމް އެންޑް އަވޭ ލީގަށް ބަޖެޓެއް ނެތް، ދަނޑު އަޅާތީ ފީފާގެ ރައީސް ކޮސްވެފައި

ހޯމް އެންޑް އަވޭ ލީގަށް ބަޖެޓެއް ނެތް، ދަނޑު އަޅާތީ ފީފާގެ ރައީސް ކޮސްވެފައި

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ހޯމް އެންޑް އަވޭ ސިސްޓަމަށް ލީގެއް ކުޅެވޭނެ ވަރަށް ބަޖެޓެއް ނެތް ކަމަށާއި ރާއްޖޭގައި ފުޓްބޯޅަ ދަނޑު އަޅަމުން އަންނަ ގޮތް ހިއްސާކުރެއްވުމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ހުންނެވީ ކޮސްވެފައި ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފް ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައިފަ އެވެ. އެ ގޮތުން ރަށްރަށުގައި ކުރިއަށްދާ ކުޅިވަރުގެ އިންފްރާސްޓްރަކްޗާތަށް ނުނިމޭ މައްސަލައާ ގުޅޭ ސުވާލުތަކާއި، ރާއްޖޭގެ ކުޅިވަރު ސިޔާސަތާ ގުޅޭ އެކިއެކި ސުވާލުތަކަށް ޖަވާބު ދެއްވި އެވެ.

އެ ގޮތުން، މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަަަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ މުޅި ރާއްޖޭގައި ހޯމް އެންޑް އަވޭ ލީގެއް ބޭއްވުމަކީ މިހާރު މި އޮތް މިނިސްޓްރީ ބަޖެޓުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ލާރި ނެތިއްޔާ ކިހިނެއް އަޅުގަނޑުމެން ހޯމް އެންޑް އަވޭ ކުޅޭނީ ރާއްޖޭގައި. ކިހިނެއް އަޅުގަނޑުމެން އެކަން ކުރަނީ. އެއީކީ އެއް އަޅުގަނޑުމެން މިނިސްޓްރީގައި މި ހުރި ބަޖެޓުން ކުރެވޭނެ ކަމެއް ނޫން، ފުޓްބޯޅަ އަށް އެ ހުރިހާ ލާރިއެއް ދޫކޮށްލާފައި އެހެން ކުޅިވަރުތައް ދޫކޮށްލާ ވަރުގެ ކަމެއް ކަމަށް އަދިއެއް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" މަހުލޫފް ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން މިނިސްޓަރު މަހުލޫފް (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް.

އެފްއޭއެމުން 2024 ވަނަ އަހަރު ދިވެހި ރާއްޖޭގެ ފުޓްބޯޅަ ލީގު މުޅި ރާއްޖެ އަށް ފުޅާކޮށްގެން ކުރިއަށްދާ ފޯމެޓަކުން ހޯމް އެންޑް އަވޭ ސިސްޓަމަށް ކުޅެން ރާވައި ކޮލިފިކޭޝަން ވެސް އޮތީ ފަށައިފަ އެވެ، އެ ކަމަށް މިނިސްޓްރީގެ އެއްބާރުލުން ލިބޭނެ ކަމަށް މިނިސްޓަރު މަހުލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި އެއީ ސަރުކާރުން ރާއްޖޭގައި ރާއްޖޭގެ ކުޅިވަރު ސިޔާސަތު ބައްޓަން ކޮށް ތަރައްގީ ކުރާއިރު، ރަށްރަށުގައި ޓާފް ދަނޑު އަޅައިގެން ކުރިއަށްގެންދާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ތެރެއިން ކުރެވޭނެ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެކަމަކު މިއަދު މިނިސްޓަރު ވިދާޅުވީ "ތި ލީގަކީ (ހޯމް އެންޑް އަވޭ ލީގަކީ) މިހާރު އޮތް ބަޖެޓުން އަތުޖެހޭ ވަރަށް ވުރެ މާ ބޮޑު މަސައްކަތެއް،" ކަމަށެވެ.

މިނިސްޓަރު ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ލ. ގަމު ޒޯން ސްޓޭޑިއަމްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ޕާކިސްތާން ކުޅުނު ފީފާ ރެޖިސްޓާޑް އެކުވެރިކަމުގެ މެޗަކީ، ސިޓީ އަކުން ބޭރުގައި (މާލެ އާއި އައްޑޫ ފިޔަވަައި އެހެން ތަނެއްގައި) ކުޅެވުނު ފުރަތަމަ އިންޓަނޭޝަނަލް މެޗު ކަމަށްވާތީ، އެއީ ފުޓްބޯޅަ ފުޅާކުރުމުގެ މަސައްކަތުގައި ކުރިއެރުމެއް ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދާކަން ފާހަަގަކޮށް އެކަމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް އޮޅުންފިލުވަން އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުކަން ކުރިން ކުރެއްވި، އަދި މިހާރު ރައްޔިތުންގެ މަޖިލީހުންގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު، ހުސެއިން މުހައްމަދު ލަތީފް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ މައްސަލަ އުޅެނީ އެއް ވަނަ ޑިވިޝަނުގައި ކަމަށާއި ފުޓްބޯޅައިގެ ތަރައްގީ އަށް ސަރުކާރުން ބޮޑު މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ.

އެ ގޮތުން، މި ސަރުކާރު އައި ފަހުން، ފަސް އަހަރު ތެރޭ 100 ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތަށް އިޝާރާތްކުރައްވައި، މިނިސްޓަރު މަހުލޫފް ހިއްސާކުރެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ އެކު ދިޔަ ބައްދަލުވުމަކާ ގުޅޭ ވާހަކަ އެކެވެ.

"އިންފަންޓީނޯއާ ދިމާވެގެން ފުޓްބޯޅަ ދަނޑު އަޅާވާހަކަ ބުނީމަ ހުރީ ކޮސްވެފަ. އެހެންނު ވާނީ ކުޑަކުޑަ ގައުމެއްގައި 300 މީހުންނަށް ވެސް އެބަ އަޅާދެން ދަނޑު. އުސޫލެއްގެ ގޮތުން. ސަރުކާރުގެ ތެރެއިން ފުޓްބޯޅަ ކުރިއަރުވަން ވަރަށް ބޮޑު އެހީތެރިކަމެއް އެބަ ލިބޭ. އެކަމަކު، އަޅުގަނޑުމެންގެ އެންމެ ޓޮޕް ލީގު ތެރޭގައި ދިމާވެގެން އުޅޭ މައްސަަލައެއް ގޮތަށް މި އަންނަނީ. އެކަމަށް ވެސް އަޅުގަނޑުމެންނަށް ދެވޭނެ ހުރިހާ އެއްބާރުލުމެއް މި ދަނީ އެފްއޭއެމަށް ދެމުން،" މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރު އެކަނި ވެސް 50 ވަރަކަށް ރަށުގެ ޓާފް ދަނޑު ހުޅުވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ފ. ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ)، މިއަދުގެ ޖަލްސާގައި ސުވާލުކުރެއްވިއިރު، ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއަރުވަން މިހާތަނަށް މި ސަރުކާރުން ކުރި މަސައްކަތުގެ ޖުމްލަ ހޭދަ ކިހާވަރަކަށް އަރާނެތޯ އެއްސެވުމުން، ޖަވާބުގައި މަހުލޫފް ވިދާޅުވީ އެއް ބިލިއަން ރުފިޔާ އަށް ވުރެ އިތުރު ވާނެ ކަމަށް ބެލެވޭ ކަމަށެެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ މީހުންނާ މައްސަލައެއް ނެތް، ސްޕޯޓްސް ޓޫރިޒަމަށް ވެސް ކަންކަން ކުރެވޭ

ކުޅިވަރު ގާނޫނުގެ ތެރެއިން، ވުޖޫދުވި ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ ބައި ހިމެނޭ ގޮތަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރައްވާ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު، ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މި މަހު ހަތަރު ވަނަ ދުވަހު އެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އެކި ޖަލްސާތަކުގައި މިނިސްޓަރު މަހުލޫފް ވަނީ ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް، މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަން އުވާލާ ވާހަކަ ދައްކަވަނީ އެ ތަނުގައި ތިބި ބަޔަކާ އޮތް ސިޔާސީ ހިޔާލުތަފާތުވުމެއްގެ ސަބަބުން ނޫން ކަމަށެވެ.

"ސްޕޯޓްސް ކޯޕަރޭޝަންގެ މައްސަލަ އަކީ އަޅުގަނޑުމެން ފެށުނީއްސުރެ ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ އެއްވެސް ގައުމެއްގައި ސްޕޯޓްސް ކުންފުންޏެއް އޮތްތަނެއް ނުފެނޭ. ސްޕޯޓްސް ކައުންސިލްތަކުން މަަސައްކަތް ކުރާ ތަން ފެނޭ. އެކަމަކު، އަޅުގަނޑުމެން ދިރާސާ ކުރިއިރު ރާއްޖޭން ބޭރުގައި އެ ގޮތަށް ކޯޕަރޭޝަނެއް ހަދައިގެން މަސައްކަތް ކުރާތަނެއް ނުފެނޭ،" މަހުލޫފް ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި އަޅުގަނޑުމެންނާ ސްޕޯޓްސް ކޯޕަރޭޝަންގައި ތިބި މީހުންނާ އެއްވެސް މައްސަލައެއް އޮވެގެނެއް ނޫން. ސިޔާސީ ހިޔާލުތަފާތުވުމެއް އޮވެގެނެއް ނޫން. އެކަމަކު، އަޅުގަނޑަށް ފެނުނު ބައެއް ބޭފުޅުން ބަހުސްގައި މި އުޅެނީ އެތަނުގައި ތިބި ބޭފުޅުން ސިޔާސީ ހިޔާލު ތަފާތުވުމެއްގައި ބަދަލުކުރަން ކަމަށް. އެކަމަކު، އެއީ އެ ކަހަލަ އެއްވެސް ކަމެއް ނޫން،"

ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ކުރިއަރުވަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަަކާ ގުޅޭގޮތުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ އެ ކަމަށް ވެސް މިނިސްޓްރީން ކުރެވޭ ވަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"(ސްޕޯޓްސް ޓުއަރިޒަމާ ގުޅޭގޮތަށް މިނިސްޓްރީން) މި ވަގުތު ކުރާ ކަމަކީ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ހޯސްޓްކުރުން މިދިޔަ އަހަރު އެކަނި ނުވަ ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވިން މި އަހަރު ވެސް މިހާހިސާބަށް އައިއިރު، ވޮލީބޯޅައިގެ ދެ މުބާރާތެއް ބާއްވައިފިން، މި މަހު 22 ގައި ބާއްވަން ދުނިޔޭގެ އެންމެ ޓޮޕްގައި ތިބި 16 ބިލިއާޑް ކުޅުންތެރިން އައިސްގެން ރާއްޖޭގެ ކުޅުންތެރިންނާ އެކު ކުޅޭ މުބާރާތެއް،" މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ދެން ވިދާޅުވީ މިދިޔަ ދެ އަހަރު ތެރޭ ބައިނަލްއަގުވާމީ ކުޅިވަރު ސަހުސިއްޔަތުތައް ގެނެސްގެން ކުރިއަށްދިޔަ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ވެސް ރާއްޖެ ވަރަށް ބޮޑަށް އިސްތިހާރުވެގެންދިޔަ ކަމަށެެވެ.

މަހުލޫފް ވިދާޅުވީ ސްޕޯޓްސް ޓުއަރިޒަމް ވަރުގަދަ ކުރަން ޔޫތު މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީ އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox