ކުޅުންތެރިންގެ ޝަކުވާ ބޮޑު: ނިއު އިން ނުދީ ހުރި މުސާރައިގެ ކަންކަން އަވަސްކުރަނީ

ކުޅުންތެރިންގެ ޝަކުވާ ބޮޑު: ނިއު އިން ނުދީ ހުރި މުސާރައިގެ ކަންކަން އަވަސްކުރަނީ

މި އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އާ ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކުރަމުން އަންނައިރު، އެ ކްލަބަށް ކުރިން ކުޅުނު ކުުޅުންތެރިންނަށް ނުދީ އޮތް މުސާރައިގެ ކަންކަން އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އެފްއޭއެމުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ނިއު ސަސްޕެންޑް ކުރީ ބިދޭސީ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދީ އޮތުމުންނެވެ. އޭގެ ފަހުން ބިދޭސީ ކުޅުންތެރިންގެ މުސާރަ ނުދޭ މައްސަލައިގައި ފީފާ އިން ނިއު ސަސްޕެންޑްކުރީ ބިދޭސީ ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށެވެ. އެފްއޭއެމުން ނިއުގެ ސަސްޕެންޝަން އުވާލީ 1251 ދުވަސް (ތިން އަހަރާއި ފަސް މަހާއި ހަތަރު ދުވަސް) ފަހުން، މިދިޔަ އަހަރުގެ ޖުލައި 1 ވަނަ ދުވަހު ބޭއްވި އެފްއޭއެމް އެކްސްކޯ ބައްދަލުވުމެއްގަ އެވެ. އެކްސްކޯ އަށް ނިއުގެ ސަސްޕެންޝަން އުވާލުމުގެ ބާރު ދިނީ މިދިޔަ އަހަރު ބޭއްވި އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ކްލަބްތަކުންނެވެ.

ސަސްޕެންޝަން އުވާލުމަށް އޭރު ނިއު އިން ކުރި އެއް ކަމަކީ އެ ކްލަބުން މުސާރަ ނުދީ ތިބި ދިވެހި ކުޅުންތެރިންނަށް ބަހާލައިގެން މުސާރަ ދޭނެ ގޮތުގެ ތާވަލަކާ އެކު އެއްބަސްވުންތަކެއް ހެދީ އެވެ. ބައެއް ކުޅުންތެރިން ވަނީ "ކްލަބް ލޯބީ"ގައި ދޭން ޖެހޭ މުސާރައިގެ އެއް ބައި އުނިކޮށްދީފަ އެވެ. އަނެއް ބައި ކުޅުންތެރިން ބަހާލައިގެން ކްލަބަށް ފަސޭހަވާ ގޮތަށް ފައިސާ އަނބުރާ ދިނުމުގެ ފުރުސަތު ދިނެވެ. އެއީ ވެސް ކްލަބްގެ އެ ވަގުތުގެ ހާލަތަށް ބަލައި، މާލީ ގޮތުން ލުޔެއް ދީ ސަސްޕެންޝަން ހާލަތުން އަރައިގަންނަން ދިން ފުރުސަތެކެވެ.

އެކަމަކު، އެ ގޮތަށް ނިއުގެ މެނޭޖްމަންޓުން އެއްބަސްވުން ހަދައި، ނުވަ ވަރަކަަށް މަސް ވީ އިރު ވެސް ނިއު އިން އެ ކުޅުންތެރިންގެ މުސާރަ ދީފައިނުވެ އެވެ.

ނިއު އިން މުސާރަ ދޭން ޖެހޭ ކުޅުންތެރިއަކު، "އަދަދު" އަށް ބުނީ، އޭރު ނިއު ސަސްޕެންޝަނުން ސަލާމަތްވާން އެހީވުމުގެ ގޮތުން ކުޅުންތެރިން ކޮށްދިން ކަންތައްތަކުގެ ބަދަލުގައި ކްލަބުން މިހާރު ކަންތައް ކުރަނީ ހީކުރި ގޮތާ ހިލާފަށް ދެރަކޮށް ކަމަށެވެ. އެއީ، މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޅެން ނިއު އިން އާ ކުޅުންތެރިން ކްލަބަށް ސޮއިކުރުވަނީ ކޮންމެ ވެސް ވަރަކަށް އެޑްވާންސް ދީފައިކަން އެނގިފައިވާ ކަމަށާއި އޭގެ ބަދަލުގައި އެންމެ މުހިންމު ކަމަކީ ނިއު އިން ފުރަތަމަ ދޭން ޖެހޭ އެއްޗެއް ދީފައި، ދަރަނި އަދާކުރުން ކަމަށް ފެންނާތީ އެވެ.

ނިއުގެ އިންތިހާބަށް ފަހު މީޑިއާގައި ޗެއާމަން ވާސިފް ވާހަކަ ދައްކަވަނީ: ދަރަނީގެ ކަންކަން ވަރަށް އަވަހަށް ހައްލުކުރާނެ ކަމަށް ވިދާޅުވި.--- ފޮޓޯ: އިމޭޖަސް،އެމްވީ

ނުދީ ހުރި މުސާރަ ކަންކަން ވަރަށް އަވަހަށް ނިންމައިދޭނަން: ޗެއާމަން

ނިއުގެ ކުރީގެ ކުޅުންތެރިންގެ ތެރެއިން، އަލީ އަޝްފާގު (ދަގަނޑޭ) ވަނީ އެ ކްލަބުން އޭނާ އަށް ނުދީ އޮތް މުސާރަ އަށް ވާ ފައިސާ އަންނަ އަހަރުގެ ނިޔަލަށް ބަހާލައިގެން ދައްކާ ގޮތަށް ކޮންޓްރެކްޓެއް ހަދައިފަ އެވެ.

ދަގަނޑޭ، އަށް ނިއު އިން ދޭން ޖެހޭ މިލިއަނެއްހާ ރުފިޔާ ބަހާލައިގެން ދޭ ގޮތަށް އޭނާ އިތުރު އެއްބަސްވުމެއް ހެދީ ހުރިހާ ގޮތަކުން ވިސްނުމަށް ފަހު އެވެ. މިއީ ދަގަނޑޭގެ ފަރާތުން ފެނިގެންދިޔަ ކްލަބުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށް ނިއުގެ ޗެއާމަން، އަހުމަދު ވާސިފް ވަނީ "އަދަދު" އަށް ވިދާޅުވެފަ އެވެ.

މިދިޔަ އަހަރު ނިއުގެ ކުރީގެ ކުޅުންތެރިންނާ އެކު ވެވުނު އެއްބަސްވުމާ އެއްގޮތަށް އެ ކުޅުންތެރިންނަށް މުސާރަ އަދާކުރެވިފައިނުވާ ގޮތާ ބެހޭގޮތުން ސުވާލުކުރުމުން ވާސިފް ވިދާޅުވީ އެ ފައިސާ އަދާނުކޮށް، ނިއު އަށް މި އަހަރުގެ ދެ ވަނަ ޑިވިޝަނުގައި ވާދަނުކުރެވޭނެ ކަމަށާއި މިހާރު މަސައްކަތް ކުރަމުން އަންނަނީ ވީ އެންމެ އަވަހަށް އެ ފައިސާ ކުޅުންތެރިންނަށް ދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް އަޝްފާގު މި އޮތީ އެ ފައިސާ ބަހާލައިގެން ދައްކަން އާ ކޮންޓްރެކްޓެއް ހަދައިދީފައި. ދެން، އެއީ ކޮންމެ ކުޅުންތެރިއަކަށް ވާނެ ކަމެއް ނޫންކަން ވެސް އެނގޭ. ދެން، ފައިސާ ދޭން ޖެހޭ ކުޅުންތެރިންނަށް ދޭން ޖެހޭ އަދަދު ޖުމްލަ އެއްކޮށް ބަލާއިރު 348،000 ރުފިޔާ ވަރު މި އުޅެނީ، އެހެންވީމަ، އެ ވަރުގެ އަދަދަކީ ނިއު އިން ނުދެއްކިގެން އުޅޭ ވަރުގެ އެމައުންޓެއް ނޫން ހަގީގަތުގައެއް،" ވާސިފް ވިދާޅުވި އެވެ.

"މަސައްކަތް މި ކުރަނީ ހަ ރޯދަ ނިމުމުގެ ކުރިން. ނޫނީއްޔާ އެ އަށް ވުރެން ވެސް އަވަހަށް މުސާރަ ދޭން ޖެހިފައި ތިބި ކުޅުންތެރިންނަށް އެ ފައިސާ ދޭން. އެ ކަންތައްތަކަށް ވަރަށް އަވަސް ހައްލެއް އަންނާނެ،"

ސަސްޕެންޝަނުން ނިއު ސަލާމަތްވާން ކުރި މަސައްކަތުގެ ތެރެއިން ސަރުކާރުގެ އެއްބާރުލުން އެ ކްލަބަށް ލިބުނު ކަމަށް ވާސިފް ވަނީ މިދިޔަ އަހަރު ނިއުގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު މީޑިއާގައި ވިދާޅުވެފަ އެވެ.

ނިއު އިން މުސާރަ ނުދޭތީ މައްސަލަ ހިފައިގެން ފީފާ އަށް ދިޔަ ކުޅުންތެރިންނާއި ނިއުގެ ކޮންޓްރެކްޓްގައި ތިބެ، މުސާރަ ނުލިބި މާލީ ގޮތުން ނުތަނަވަސްކަމަކަށް ދާން ޖެހި އެފްއޭއެމަށް ސިޓީ ލި ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާގެ ކަންކަން ހަމަޖެއްސުމަށް ނިއު އަށް ސަރުކާރާ ގުޅުން ހުރި ގިނަ ފަރާތްތަކުން ފައިސާ ހަމަޖެހިގެންދިޔަ ކަމަށް އޭރު އެކި ކްލަބްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް، ނިއު ސަސްޕެންޝަނުން ސަލާމަތްވީ ގާތްގަނޑަކަށް ހަތް މިލިއަނެއްހާ ރުފިޔާގެ ދަަރަނިން ސަލާމަތްވެގެންކަން އެނގިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox