މި އުފެއްދެނީ އަނިޔާވެރި އަމަލުތަކަށް ހޭނިފައިވާ މުޖުތަމައެއްތަ؟

މި އުފެއްދެނީ އަނިޔާވެރި އަމަލުތަކަށް ހޭނިފައިވާ މުޖުތަމައެއްތަ؟

މީގެ ފަންސަވީހަކަށް އަހަރު ކުރިން، މީހަކު މަރާލާފައި އޮއްވާ ފެނުނު ވާހަކަ އަޑުއިވިއްޖެނަމަ، އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު އެކަމާ ހިތާމަކުރާނެ އެވެ. އެވަރު ނުބައި އަމަލެއް ކުރި މީހެއްގެ ހާލަތާ މެދު ކަންބޮޑުވެ ނުރުހުން ފާޅުކުރާނެ އެވެ. މަގުހިނގަން ޖެހިލުންވެ، ގައުމުގެ ހާލަތާ މެދު ހިތާމަ ކުރާނެ އެވެ. އެހެން ނަމަވެސް މިހާރު، މީހެއްގެ މަރެއްގެ ވާހަކަ އަޑުއިވުނަސް، ބަޔަކަށް ބޮޑު އަނިޔާއެއް ކުރި ވާހަކަ އަޑުއިވުނަސް، "އެހެންތަ؟" އަކުން ފުއްދާލަން އަހަރެމެންނަށް އުނދަގުލެއް ނޫނެވެ. އެރޭ ނިންޖަކަށްވެސް ބުރުލެއް ނާރަ އެވެ. ހަމަޖެހިލައިގެން މަގު ހިނގާކަށްވެސް ޖެހިލުމެއް ނުވެ އެވެ. އެ މަންޒަރުތައް ފެންނަ ފޮޓޯ ނުވަތަ ވީޑިއޯ ފެނުނަސް، ދެވަނަ ފަހަރަށް ބަލާލަންވެސް ޖެހިލުމެއް ނުވެ އެވެ.

މިއީ ކޮންކަހަލަ ބަދަލެއް ހެއްޔެވެ؟ ކުށްކުރުމާއި އަނިޔާވެރިކަމަށް އަހަރެމެން ހޭނެނީ ހެއްޔެވެ؟ ހަބަރާއި މައުލޫމާތު ފެތުރުމުގެ އެކި އުސޫލުތަކާއި ގަވާއިދުތަކުގައި އަނިޔާވެރި މަންޒަރުތައް، ކިއެއްތަ، ލޭ ފެންނަ ފޮޓޯއެއް ވެސް ޝާއިއު ކުރެވެނީ ވަކި މިންގަނޑުތަކެއް ބަލައިގެންނެވެ. އެއީ އަނިޔާ ލިބުނު މީހާ އާއި އޭނާގެ އާއިލާއަށް އިހުތިރާމު ކުރުމަށާއި، އެފަދަ މަންޒަރުތަކުން އާއްމުންނަށް ކޮށްފާނޭ އަސަރަކަށް ވިސްނާފަ އެވެ.

އެހެންނަމަވެސް މިއަދު، މި ގޮތަށް ފަރުވާތެރިވުމުގެ މާބޮޑު ފައިދާއެއް އެބައޮތްހެއްޔެވެ؟ ފިލްމުތަކާއި ޑްރާމާތަކުގައި ހަގީގަތާ އެއްގޮތްކޮށް އެ ދައްކަނީ މީހުން މަރައި، އެމީހުންގެ ހަށިތަކަށް ގެއްލުންދީ، އެފަދަ ކަންކަން ކުރާ ގޮތްތަކުގެ ތަފްސީލެވެ. ގިނަ ފަހަރަށް މި ކަންކަން ހުށަހަޅާފައި ހުންނަނީވެސް ކުށްކުރާ މީހާގެ ނަޒަރުންނެވެ. އޭނާ އެ ކުރި ކުށަށް ބަހަނާތަކެއް ލިބޭނޭ ގޮތަށެވެ. ނަތީޖާއަކަށް ވަނީ ކުށްކުރާ މީހުންނަށް ހަމްދަރުދީ އުފެދުމެވެ. ކުށުގެ ވެށީގެ މަންޒަރުތަކަށް ލޯތައް ހޭނުމެވެ. އަނިޔާ ލިބޭ ފަރާތުގެ ހައްގުގެ މަތިން ހަނދާންނެތުމެވެ. ހަގީގަތުގައި މި ފަދަ މަންޒަރު ފެނުމުންވެސް، މާ ބޮޑު އަސަރުތަކެއް ނުކުރުމެވެ. ކުށްކުރުމާއި އަނިޔާއަކީވެސް މުނިފޫހިފިލުވުމުގެ ވަސީލަތަކަށް ބަދަލުވުމެވެ. ދިވެހިންވެސް ކުށްކުރުމަށް "ޑީސެންސިޓައިޒް" ވަނީ ތޯއްޗެކެވެ.

ޑީސެންސިޓައިޒް ވުމަކީ ތޯއެވެ؟ ޑީސެންސިޓައިޒް ވުމަކީ، ތިމާ އެކަމަކާ ބިރުގަނެ ޖެހިލުންވާ ކަމެއް ކަމުގައިވާނަމަވެސް، އެ ފެނި، އެއަށް ހުށަހެޅޭ މިންވަރު އިތުރުވެގެންގޮސް، އެއިން ތިމާއަށް ކުރާ އަސަރު ކުޑަވުމެވެ. ކުޑަ މިސާލެކެވެ. ފާތުން އަކީ ބުޅާދެކެ ވަރަށް ބިރުގަންނަ މީހެކެވެ. ބުޅަލެއް ފެނިއްޖިއްޔާ ފިޔަވަޅު މައްޗަށް ހުއްޓި، ގަނޑުވާ ކުއްޖެކެވެ. މައްސަލައަކީ ފާތުންގެ ގޭދޮށު ކަންމަތީ ކުދިންކޮޅު ވަރަށް ގިނަ ބުޅާ ގެންގުޅޭ މައްސަލައެވެ. އެ ބުޅާތައް ހުންނަނީ މަގުމައްޗަށް ދޫކޮށްލާފަ އެވެ. ފާތުން އޮފީހަށް ދާން ދޮރޯށި ހުޅުވާލާއިރަށްވެސް ފެންނަނީ ހުސް ބުޅަލެވެ. ފުރަތަމަ ދެތިން ހަފުތާ ވަންދެން ފާތުން ދޮރުން ނިކުމެ އޮފީހާ ހަމައަށް ދާންޖެހެނީ އެހެން މީހެއްގެ އެހީ ހޯދައިގެންނެވެ. އެކަމަކު މިހެން އުޅެމުން ހައެއްކަ މަސް ދުވަސް ވީ އިރު، ފާތުން އަށް އެކަނި އޮފީހަށް ދެވެ އެވެ. އަދިވެސް ބުޅާ ދެކެ ބިރުގަނެ އެވެ. އެހެންނަމަވެސް ކުރިން އެވާ ވަރެއް ނުވެއެވެ. ފާތުން، ގޭދޮށު ބުޅާތަކަށް ޑީސެންސިޓައިޒް ވީއެވެ.

ކުށްކުރުމަށް ޑީސެންސިޓައިޒްވުމޭ ނުވަތަ ހޭނުމޭ މި ބުނަނީ މި މާނައިގައެވެ. މިސާލަކަށް މަގުމަތިން ހިނގާފައި ދަނިކޮށް ގުރޫޕު މާރާމާރީއެއް ހިންގާ މަންޒަރު ފެނުމުން، އެކަން ރިޕޯޓުކުރަން އުޅުމުގެ ބަދަލުގައި ނުވަތަ ހުއްޓުވަން އުޅުމުގެ ބަދަލުގައި އަޅާނުލައި ދިޔުމާއި، ނުފެންނަ ކަމަށް ހަދައިގެން ހުރުމާއި، އެ ކަންތައް ހުއްޓުވަން ނޫޅެ ފޮޓޯނަގައި ވީޑިއޯކުރުން ފަދަ ކަންތައްތައް މިއީ ކުށްކުރުމަށް މުޖުތަމައު ހޭނެމުންދާކަމުގެ އަލާމާތްތަކެވެ.

މިފަދަ ކަންކަމަށް ހޭނުމުގެ ނޭދެވޭ ނަތީޖާ ދެގޮތަކަށް ފެނިދާނެ އެވެ. އެއްގޮތަކީ ކުށްކުރާ މަންޒަރު ފެނިހުރެ، އެ ކުށްތައް ރިޕޯޓުނުކުރުމާއި ކުށްކުރާ މީހުންނާ ދެކޮޅަށް ހެކިބަސް ދޭން ދެކޮޅުހެދުން ފަދަ ކަންކަމެވެ. އަނިޔާ ލިބޭ މީހާއަށް ހަމްދަރުދީ ވުމުގެ ބަދަލުގައި، އަނިޔާ ކުރި މީހާއަށް ބަހަނާ ނުވަތަ އުޒުރުތަކެއް ހޯދަން އުޅެވުމެވެ. އެހީތެރިވެދިނުމުގެ އާދަ ނެތެމުންދިޔުމެވެ. އެފަދަ ދަނޑިވަޅުތަކުގައި އަވަސްފަރުވާ ފަދަ މުހިއްމު ކަންކަމަށް އިސްނަގާނޭ މީހުން މަދުވުމެވެ.

ދެވަނަ ގޮތަކީ ދިގުމުއްދަތަކުން ފެންނަ ކަންކަމެވެ. އަނިޔާ ފެނި، އެ އަނިޔާއަށް ހޭނިފައިވާ މީހެއްނަމަ، އަނިޔާ ކުރުމަށް ޖެހިލުންކުޑަވާ ކަމަށް ބައެއް ދިރާސާތަކުން އެދައްކާ ނަތީޖާ އެވެ. އިޖުތިމާއީ ހާލަތެއްގައި "ޕެތަލޮޖިކަލް އެޑެޕްޓޭޝަނެވެ". އަނިޔާފެނި އެއަށް ހޭނިފައިވާ މީހެއްގެ ވިސްނުމާއި ސިކުނޑިއަށް އަންނަ ބަދަލުތަކުގެ ސަބަބުން، އޭނާ ކަންކަމާ މެދު ވިސްނާ ގޮތާއި، އޭނާގެ އަމަލުތަކަށް ނުވަތަ އޭނާ ފަންކްޝަންކުރާ ގޮތަށް ބަދަލު އައުމެވެ. އަނިޔާވެރި އަމަލުތަކަށް ހޭނިފައިވާ މީހުން ގިނަވުމަކީ، ސީދާ ގޮތެއްގައި އަނިޔާވެރިކަން އިތުރުވުމަށް ބާރުދޭ ކަމެއްކަމަށް ސާބިތުކުރެވޭ ތަހުލީލުތަކެއް ކުރެވިފައި ނުވާ ނަމަވެސް، މިއީ ސަމާލުވާން ޖެހޭ ކަމެކެވެ.

މިއަދުގެ މުޖުތަމަޢަކީ އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކައި، އަޑުއުފުލާ މުޖުތަމައެކެވެ. އެހެންނަމަވެސް، ނުވަދިހައިގެ އަހަރުތަކުގައި ބޮސްނިޔާގެ ހަނގުރާމައިގެ މަންޒަރުތައް ފެނުމުން ކުރި އަސަރު މިއަދު ސޫރިޔާގެ މަންޒަރުތައް ފެނުމުން ކުރޭތޯ އަމިއްލަ ނަފުސާ ސުވާލުކުރަމާ ހިނގާށެވެ. ކަންމިހެން އޮތް އިރު، އަދުގެ ޖީލުން އަނިޔާ މާނަކޮށް ސިފަކުރާ ގޮތާއި އިއްޔެގެ ޖީލުން އަނިޔާ މާނަކޮށް ސިފަކުރާ ގޮތް ތަފާތު ބާވައެވެ؟ މުސްތަގުބަލުގެ ޖީލުތަކަށް އަނިޔާކަމުގައި ބެލޭނީ ކޮން މިންވަރެއް ބާވައެވެ. އަނިޔާވެރި މަންޒަރުތަކާއި ވާހަކަތަކަށް ހުށަހަޅައިގެން މި ތަރުބިއްޔަތު ކުރެވެނީ އެންމެ އެދެވޭ މުޖުތަމައު ބާވައެވެ؟ މިއީ ހައްލެއް ބޭނުންވާ ކަމެއް ބާވައެވެ؟ ނުވަތަ މިއީ މިޒަމާނުގެ ފަންނިއްޔާތާއި ސަގާފަތުގައި ނައިސް ނުދާނެ ބަދަލެއް ބާވައެވެ؟ މި ސުވާލުތައް އުފައްދާންވީ ވަގުތު ޖެހި ފާއިތުވެސް ވެއްޖެ ނޫންހެއްޔެވެ؟

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox