ލަޕޯޓާގެ މެސެޖް: "ބާސެލޯނާ އަކީ ކުށްވެރިންގެ ގޮތުގައި ލޭބަލް ނުކުރޭ!"

Apr 10, 2023, 6:43 AM
ބާސެލޯނާގެ ރައީސް ލަޕޯޓާ: އޭނާ ވަނީ ތަހުގީގު ނިމެންދެން ބާސެލޯނާ އަކީ ކުށްވެރިންގެ ގޮތުގައި ލޭބަލް ނުކުރަން ގޮވާލާފައި.

ބާސެލޯނާގެ ރައީސް ލަޕޯޓާ: އޭނާ ވަނީ ތަހުގީގު ނިމެންދެން ބާސެލޯނާ އަކީ ކުށްވެރިންގެ ގޮތުގައި ލޭބަލް ނުކުރަން ގޮވާލާފައި.

ބާސެލޯނާ (އޭޕްރީލް 10) - ސްޕެނިޝް ލީގުގެ ރެފްރީ ކޮމިޓީގެ ކުރީގެ ނައިބް ރައީސް އެންރިކޭޒް ނެގްރެއިރާގެ ހިއްސާ އޮންނަ ކުންފުނި، ޑަޒްނިލް 95 އަށް ބާސެލޯނާ އިން ފައިސާ ދިން މައްސަލައިގެ ތަހުގީގު ކުރިއަށްދާ ދަނޑިވަޅުގައި އެ ކްލަބަކީ ކުށްވެރިންގެ ގޮތުގައި ލޭބަލް ނުކުރަން ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނާ ގާތްގުޅުމެއް އޮންނަ ރެފްރީ ނެގްރެއިރާގެ ހިއްސާ އޮންނަ ޑަޒްނިލް 95 އަށް ބާސެލޯނާ އިން ވަނީ 2001 އިން 2018 އަށް ޖުމްލަ އެކު، ނުވަ މިލިއަން ޑޮލަރު ދީފަ އެވެ. ޑަޒްނިލް 95 އަށް ބާސެލޯނާ އިން އެކި ފަަހަރު މަތިން ދިން މި ފައިސާތަކާ ގުޅޭ ލިޔެކިޔުންތަކުގައި ފުށުއެރުން ގިނަ ކަންކަން ހިމެނޭއިރު، ސްޕެއިނުގެ ޓެކްސް އޮތޯރިޓީން ވެސް ވަނީ މައްސަލަތަކެއް ފެންމަތިކޮށްފަ އެވެ. ސްޕެނިޝް ލީގުގެ ފައިނޭންޝިއަލް ޔުނިޓުންނާއި ޔުއެފާ އިން ވެސް އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ދާދި ފަހުން ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން ދެއްވި އިންޓަވިއުއެއްގައި ވަނީ ބާސެލޯނާގެ މި މައްސަލަ އަކީ "ފުޓްބޯޅައިގައި މިހާތަނަށް ފެނުނު އެންމެ ބޮޑު އެއް މައްސަލަ" ކަމަށް ވިދާޅުވެފަ އެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ ބާސެލޯނާއާ ދެކޮޅަށް މި މައްސަލަ ނިމުމުގެ ފުރުސަތު ބޮޑުކަން ދޭހަވާ މޭރުމުން ވާހަކަ ދައްކައިފަ އެވެ.

"މިހާރު މި އޮތީ ޕްރީޖުޑިސް އެއް، އަހަރެމެން ކުށްވެރިންގެ ގޮތުގައި ނިންމައިފި. އަހަރެމެން ގައިގައި ކުށްވެރިންގެ ލޭބަލް ޖަހައިފި، އެކަމަކު، ދެ އިދާރާ އަކުން އޭގެ ތަހުގީގު އެ ދަނީ ކުރިއަށް، އަހަރެން ގޮވާލަން، ތަހުގީގަށް ފަހު، ވާހަކަ ދައްކަން ހުރިހާ ފަރާތަކުން ވެސް މަޑުކޮށްލަން،" ކަޓަލޫނިއާ ރޭޑިއޯ އަކަށް ލަޕޯޓާ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ލަޕޯޓާ ވިދާޅުވީ ބާސެލޯނާ އިން ގޯހެއް ހަދާފައިނުވާނެކަން ޔަގީންކަމަށާއި މި މައްސަލައިގައި އެ ޓީމަށް ފިޔަވަޅު އަޅަން ނިންމިޔަސް، އެ ނިންމުމާ ދެކޮޅަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ދާނެ ކަމަށެވެ.

މި ދައުވާ ކުރާ މައްސަލައާ ގުޅޭ މުއްދަތަށް ބަލާއިރު، ބާސެލޯނާގެ ދެ ވަނަ ދައުރެއްގައި ރައީސްކަން ކުރައްވަމުން އަންނަ ޖޮއާން ލަޕޯޓާގެ އިތުރުން ބާސެލޯނާގެ ކުރީގެ ދެ ރައީސުން ކަމަށްވާ ސަންޑްރޯ ރޮސެލް އާއި ހޯސޭ މާރިއާ ބާޓޮމެއުއާ ވެސް މައްސަލަ ބަލާ ތަހުގީގީ އިދާރާތަކުން ސުވާލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox