އެމްޑީޕީ އޮތީ ބައިވެފަ، ސުޕަމެޖޯރިޓީއާއެކު ފަސް އަހަރު ތެރޭ ކަމެއް ނުވި: އަބްދުއްރަހީމް

Apr 9, 2023, 4:27 PM
އަބްރުއްރަހީމް މި ނޫހަށް އިންޓަވިއު ދެއްވަނީ: ވިދާޅުވީ ސަރުކާރަށް ބޮޑަށް ފާޑުކިޔަނީ އެމްޑީޕީ މެމްބަރުން ކަމަށް -- ފޮޓޯ: މިރާޝް ނިޝާމް/އަދަދު

އަބްރުއްރަހީމް މި ނޫހަށް އިންޓަވިއު ދެއްވަނީ: ވިދާޅުވީ ސަރުކާރަށް ބޮޑަށް ފާޑުކިޔަނީ އެމްޑީޕީ މެމްބަރުން ކަމަށް -- ފޮޓޯ: މިރާޝް ނިޝާމް/އަދަދު

ވެރިކަން ހިންގާ މައި ޕާޓީ އެމްޑީޕީ އޮތީ ބައިވެފައި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ފަސް އަހަރުގެ ދައުރެއް ނިމޭއިރު އެއްވެސް މަސައްކަތެއް ނުކުރެވުނު ކަމަށް އިދިކޮޅުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މި ނޫހުން ރޯދަ މަހު ގެނެސްދޭ ސިޔާސީ ޓޯކް ޝޯ "ކުޅިކޮށް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެމްޑީޕީ އެތެރޭގައި ވަރަށް ބޮޑު މައްސަލަތަކެއް އުޅޭ ކަމަށެވެ.

"އެމްޑީޕީ އޭގެ ޒާތުގައި މި އޮތީ ދެ ފަޅިވެފައި. ކެނޑިނޭޅި އަޅުގަނޑުމެންނަށް މި އަޑު އިވެނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް އިދިކޮޅަށްވުރެ ބޮޑަށް މި ސަރުކާރަށް ފާޑުކިޔަނީ އެމްޑީޕީ މެމްބަރުން. އެހެންވީމަ އެބައުޅެއެއް ނޫންތޯ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވިއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށްފަހު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުންދަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށެވެ. މިވަގުތު ނަޝީދު މަސައްކަތް ކުރައްވާތަން ފެންނަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމާއެކު އެވެ.

އެމްޑީޕީގެ ވާހަކަ އިތުރަށް ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ސޯލިހުގެ ފަސް އަހަރުގެ ދައުރު ނިމެން ގާތްވެފައިވާއިރު ވައުދުވި އެއްވެސް ކަމެއް ނުފުއްދޭ ކަމަށެވެ.

"މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައި އޮތީ. އަޅުގަނޑަކަށް ނުފެނުނު ތިބޭފުޅުން ވިދާޅުވި އެއްވެސް ކަމަކަށް އަމަލީ ސިފަ އައިތަނެއް. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރާނެ ކަމަށް ރަައީސް ސޯލިހު ވިދާޅުވި. ފަސްދޮޅަސް ފަސް މެމްބަރުންނާއެކު ފަސް އަހަރުގެ ދައުރެއް ފުރިހަމަވާއިރު އެކަމެއް ނުވި. ޝަރުއީ ނިޒާމް މިނިވަން ކުރައްވާނަމޭ ވިދާޅުވި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox