ފުރަތަމަ މެޗު ފަސްކޮށްފި، ޕްރެޒިޑެންޓްސް ކަޕް ފަށާނީ މާޒިޔާ - ޓީސީ ކުޅޭ މެޗުން

މިދިޔަަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މިދިޔަަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މިރޭ ފަށަން ހަމަޖެހިފައި އޮތް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް މާދަމާރޭ ފަށާގޮތަށް ފަސްކޮށްފި އެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަންގެ ފުރަތަމަ މުބާރާތުގެ ކުޅުން މިރޭ ފަށަން ހަމަޖެހިފައި އޮތީ އީގަލްސް އާއި ވެލެންސިއާގެ މެޗުންނެވެ.

މިރޭ ފަށަން ހަމަޖެހިފައި އޮތް ޕްރެޒިޑެންޓްސް ކަޕްގެ މެޗުތައް ފަސްކުރީ އެފްއޭއެމްގެ ކޮމްޕެޓިޝަންސް ޑިޕާޓްމަންޓުގެ ހެޑް އިސްމާއީލް ރިޔާޒްގެ ތުއްތު ދަރިފުޅު ނިޔާވުމާ ގުޅިގެން އެވެ. ރިޔާޒްގެ ދަރިފުޅު ނިޔާވީ ކުއްލި ގޮތަކަށް ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

ޕްރެޒިޑެންސް ކަޕްގެ މެޗުތައް ފަސްކުރިކަން ފާހަގަކުރަމުން އެފްއޭއެމްގެ އޮފިޝަލް މީޑިއާ ގްރޫޕުގައި ލިޔެފައިވަނީ ރިޔާޒްގެ ދަރިފުޅު ނިޔާވުމުގެ ހިތާމައިގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަސްކޮށްފައިވާ ކަމަށާއި މުބާރާތް ފަށާނީ މާދަމާ ކުޅޭ މެޗުން ކަމަށެވެ. އަދި މިއަދު ބާއްވަން ހަމަޖެހިފައި އޮތް ފުރަތަމަ ދެ މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްވެސް ވަނީ މާދަމާ އަށް ފަސްކޮށްފަ އެވެ.

އަށް ޓިމާ އެކު ޕްރެޒިޑެންސް ކަޕް ބާއްވަން ކުރިން ނިންމި ނަމަވެސް މާލީ ހާލަތު އޮތްގޮތުންނާއި ކްލަބް ލައިސަންސިން ކަންކަން އަދި ފުރިހަމަނުކުރެވޭތީ ކުލަބު ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން މިފަހަރު މުބާރާތުގައި ބައިވެރިނުވެ އެވެ.

ހަ ޓީމްގެ މެދުގައި މުބާރާތް ކުޅޭނީ ދެ ގްރޫޕަށް ޓީމްތައް ބަހާލައިގެން ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމަށް ސެމީގެ ޖާގަ ލިބޭ ގޮތަށެވެ.

ފުރަތަމަ ގްރޫޕްގައި ހިމެނެނީ ވެލެންސިއާ އާއި އީގަލްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ދެ ވަނަ ގްރޫޕްގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކްލަބް އަދި ބުރު ސްޕޯޓްސް ކްލަބް އެވެ. މިއީ، މި ފަހަރު ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ބުރުން ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ޓީމުތަކުގެ ތެރެއިން ސީޒަނަށް އެންމެ ފުރަތަމަ ޕްރެކްޓިސް ފެށީ މާޒިޔާ އިންނެވެ. އޭގެ ފަހުން އީގަލްސް އިން ޕްރެކްޓިސްތައް ފެށި އެވެ. އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ބުރުން ޕްރެކްޓިސް ފެށީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ވެލެންސިއާ އިން ޕްރެކްޓިސް ފެށީ މީގެ ހަތަރު ދުވަސް ކުރިންނެވެ. ސަސް އިން ޕްރެކްޓިސް ފެށި މީގެ ތިން ދުވަސް ކުރިންނެވެ. މުބާރާތް ފެށެން އެއް ދުވަހަށް ވެފައި އޮއްވާ ޓީސީ އިން ވެސް ވަނީ ރޭ ޕްރެކްޓިސް ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox