ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ ޕްރެޒިޑެންޓްސް ކަޕްގައި ނުފެންނާނެ

Apr 6, 2023, 7:15 PM
ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީ އާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗެއްގެ ތެރެއިން.

ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީ އާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗެއްގެ ތެރެއިން.

ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގައި މާލީ ހާލަތުގެ ސަބަބުން ކްލަބް ގްރީން ސްްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައިވެރިނުވަން ނިންމައިފި އެވެ.

ޔުނައިޓެޑް ވިކްޓަރީ އާއި ކްލަބް ގްރީން ސްޓްރީޓްސް މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ބައިވެރިނުވާތީ، މި ފަހަރުގެ މުބާރާތުގެ ގުރުއަތުލުން މިރޭ ބޭއްވިއިރު، ނިންމާފައިވަނީ ބައިވެރިވި ހަ ޓީމުގެ މެދުގައި މުބާރާތް ބޭއްވުމަށެވެ.

އެ ގޮތުން މުބާރާތުގައި ބައިވެރިވި ހަ ޓީމު ވަނީ ދެ ގްރޫޕަށް ބަހާލައިފަ އެވެ.

ފުރަތަމަ ގްރޫޕްގައި ހިމެނެނީ ވެލެންސިއާ އާއި އީގަލްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ސަސް އިން ޕްރެކްޓިސް ފެށީ މިރެ އެވެ. ދެ ވަނަ ގްރޫޕްގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކްލަބް އަދި ބުރު ސްޕޯޓްސް ކްލަބް އެވެ. މިއީ، މި ފަހަރު ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ބުރުން ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ޓީމުތަކުގެ ތެރެއިން ޕްރެކްޓިސް ނުފަށައި އޮތީ ޓީސީ އެެެވެ. ޓީސީން ދެ ދުވަހެއްގެ ތެރޭ ޕްރެކްޓިސް ފަށާނެ ކަމަށް ވަނީ މައުލޫމާތު ދީފަ އެވެ.

އެނގިފައިވާ ގޮތުގައި ޕްރެޒިޑެންޓްސް ކަޕްގައި ބައިވެރިނުވާން ޔުނައިޓެޑް ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް އިން ނިންމާފައިވަނީ އެ ކްލަބްތަކުގެ މާލީ ހާލަތު އޮތްގޮތުންނާއި ކްލަބް ލައިސަންސިން ކަންކަން އަދި ފުރިހަމަނުކުރެވޭތީ އެވެ.

އެ ގޮތުން، ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީން އަންނަނީ މިދިޔަ ސީޒަނުގައި ނުނިމި ހުރި މުސާރައިގެ ކަންކަން ނިންމައި، އާ ސީޒަނަށް ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ ތެރެއިން މި ވަގުތު، ޕްރީ ސީޒަން ޕްރެކްޓިސް ނުފަށައި އޮތީ ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީގެ އިތުރުން ޓީސީ އެވެ. ޓީސީ ވަނީ އާ ސީޒަނަށް ޕްރެކްޓިސް ފަށަން ކުރަން ޖެހޭ އެންމެ ފަހުގެ ކަންކަން ނިންމައިފަ އެވެ.

ޔުނައިޓެޑް ވިކްޓަރީ އަށް މިދިޔަ ސީޒަނުގައި އިރުޝާދުދިން ކޯޗު، އިހުސާން އަބްދުލް ގަނީ (ސާންތީ) މި ވަގުތު ހުރީ އީގަލްސްއާ ހަވާލުވެ އެވެ. ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު އަންނަނީ ރާއްޖޭގެ ފުޓްބޯޅަ ހާލަތާ ބެހޭގޮތުން ކަންބޮޑުވުންް ފާޅުކޮށް ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކުރަމުންނެވެ. އެ ގޮތުން، ނިސްތާރު ވަނީ ފުރަތަމަ ޑިވިޝަންގެ މެޖޯރިޓީ ކްލަބްތަކަށް ގަވާއިދުން ކުޅުންތެރިންނަށް މުސާރަ ނުދެވޭތީ ގިނަ ކުޅުންތެރިންތަކެއް ފުޓްބޯޅަ ދޫކޮށް ދާކަން ފާހަގަކޮށްފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ވާދަނުކުރިޔަސް، ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީން ވެސް މަސައްކަތް ކުރަމުން އަންނަނީ ވީ އެންމެ އަވަހަށް ޕްރީ ސީޒަން ޕްރެކްޓިސް ފެށުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox