ބަދަލުވަމުންދާ ރޯދަ އާދަކާދަ

ބަދަލުވަމުންދާ ރޯދަ އާދަކާދަ

ކުރީ ހަފުތާގެ ބަޔާ ގުޅޭ

ރޯދަ ވީއްލުން

އެ ޒަމާނުގައި ރަމަޟާން މަހު އަންހެން ވެރިން އާންމުކޮށް ތިބެނީ ގޭގަ އެވެ. މެންދުރުފަސް ވުމާއެކު އެ މީހުން ބަދިގެއަށް ވަދެ ރޯދަ ވީއްލުމަށް ކާބޯތަކެތި ތައްޔާރު ކުރުމުގެ މަސައްކަތް ފަށާނެވެ. އެ މީހުންނަކަށް މެންދުރު ފަސްވުމުން ބަދިގެއަކުން ނުނިކުމެވޭނެ އެވެ. ރޯދަ ވީއްލުމުގައި އެންމެ އާންމު އެއްޗެއްގެ ގޮތުގައި ތައްޔާރު ކުރަނީ ބިންބި ފެންފޮޅި އާއި ކޮންވެސް ބާވަތެއްގެ ރިހައެކެވެ. މީގެ އިތުރުން ހުނިހަކުރު ފަތަފޮޅިއަކީ ރޯދަ ވީއްލުމަށް އެންމެ ހާއްސަ އެކައްޗެވެ.

ކުޑަކުދިންގެ ރޯދަ ވީއްލުން

ރަށުގެ ހުރިހާ ކުޑަކުދިން ރޯދަ ވީއްލުމަށް ވަރަށް ބޮޑަށް ތައްޔާރު ވެއެވެ. އެ ކުދިންނަށް ލިބޭ ކޮންމެ ކާ އެއްޗެއް ރޯދަ ވީއްލުމަށް ރައްކާ ކުރެ އެވެ.

Advertisement

ރޯދަ ވީއްލުމަށް ތައްޔާރުވުމުގެ ގޮތުން ފަތިހު އެ ކުދިން ހޭލައެވެ. އެއަށްފަހު ފުޅިބައްތި ހިފައިގެން މޭވާއަޅާ ގަސް ގަސްދޮށަށް ހިނގަ އެވެ. މި ގޮތުން އާންމުކޮށް ހޮވާ އުޅެނީ ކުންނާރާއި ފޭރާއި އަދި މަދު ފަދަ މޭވާ އެވެ. މި ގޮތަށް ހޮވާއިރު ގިނައިން ހޮވެނީ އެއްބައި ވައު ކައިފައި ހުންނަ މޭވާ އެވެ. ވާ ކައިފާ އޮންނަ ބައި އަނގައިން ނަގާ އެއްލާލުމަށްފަހު ރޯދަ ވީއްލުމަށް ރައްކާ ކުރެއެވެ.

ރޯދަ ވީއްލަން ގެންދިއުމަށްޓަކައި ކޮންމެ ކުއްޖަކު ކުރުނބައެއް ހޯދަ އެވެ. މި ކުރުނބާ ވަރަށް ރީއްޗަށް މަށާ ނާށިގަނޑުގައި ބިއްލޫރި ކޮޅަކުން ކަހައި އޮމާން ކުރެއެވެ. މީގެ އިތުރުން ރޯދަ ވީއްލަން ގޭގައި ހަދާ ކޮންމެ ބާވަތަކުން އެއްޗެއް ގެންދެއެވެ. ކުރުނބާ ފިޔަވާ ހުރިހާ އެއްޗެއް ކޮންމެވެސް އެއްޗަކަށް އަޅަ އެވެ. މި ގޮތުން ގޮށިޖޯޑެއް ނުވަތަ ފަތްގަނޑެއް ފަދަ އެއްޗެއް ބޭނުން ކުރެއެވެ. އަދި ކޮންމެ ކުއްޖަކުވެސް ގޮނޑުދޮށުން ހޮވާފައި ހުންނަ ބިއްލޫރި ފުޅި ރީއްޗަށް ދޮވެ ސާފު ކުރުމަށްފަހު ފެން އަޅަ އެވެ. އަދި އެ ފެން މީރު ކުރުމަށްޓަކައި ފުޅިއަށް ހުވަނދުމާ އަޅައެވެ. ގިނަ ކުދިން ތިބޭނީ އިރުއޮއްސޭތަން ފެންނަ ހިސާބު އަތިރިމަތީގަ އެވެ. އިރު އޮއްސޭތަން ފެނުނަސް ސަންގު ފުންމުމުން ނޫނީ އެއްވެސް ކުއްޖަކު ރޯދައެއް ނުވީއްލަ އެވެ. އަދި އެހެން މީހަކުވެސް ސަންގުގެ އަޑު ނީވޭހާ ހިނދަކު ރޯދައެއް ނުވީއްލަ އެވެ.

ރޯދަ ވީއްލުމަށް ފަހު އަވަށުގެ އަންހެނުންނާއި ކުޑަކުދިންގެ އިތުރުން ފިރިހެނުންވެސް ތަފާތުއެކި ކުޅިވަރުތައް ކުޅެން ނުކުމެ އެވެ. މި ގޮތުން ފީކޯތް ކުޅުމާއި ފަން ކުޅުމާއި، އަދި ގަނޑުފިއްލާފަދަ ކުޅިވަރުތައް ކުޅެ އެވެ. މި ކުޅިވަރު ކުޅުމަށްޓަކައި "ރަށްމެދަށް" ނުކުންނަންވުމުން ރަށުތެރެއަށް މީހަކު ނުކުމެ ގޮވާލައެވެ.

އަޅުކަން

ރަމަޟާން މަހަކީ އަޅުކަމުގެ މަހެއްގެ ގޮތުގައި ދެކެނީ މަދުބައެކެވެ. އެހެން ކަމުން އަޅުކަން ކުރުމުގައި އެހެން މަސްތަކާ ވަކި ތަފާތެއް ނެތެވެ. މަހުގެ ފުރަތަމަ ކޮޅު މިސްކިތްތަކަށް އެނގުން ވިޔެއްކަމަކު މަސް ނިމިގެން ދަނީ “ބޮނޑު ނަގުލަށެވެ.” ނަމާދަށް ގޮސް ޤުރުއާން ކިޔަވާ އުޅެނީ ކުރީގައިވެސް މިސްކިތަށް އަރާ އުޅުނު މަދު މީސްކޮޅެވެ. ގިނަ މީހުން ދުވާލު ތިބޭނީ ހޮޅުއަށި ތަކުގައެވެ. އިރު އޮއްސުމާއެކު ހާރުކާންވާންދެން އަންހެނުންނާއި ފިރިހެނުން އުޅޭނީ އެކި ކަހަލަ ކުޅިވަރު ތަކުގައެވެ. ހާރު ކައިގެން ނިދަނީ ނަމާދަށް ވެސް ނުގޮހެވެ.

ރޯދައަށް ތިބޭއިރު ރޯދަ ގެއްލޭ ކަންތައްތައް ވަރަށް ގިނަ އެވެ. ކުޅުތިއްކެއް ދިރުމަކީވެސް ރޯދަ ގެއްލޭ ކަމެކެވެ. އެހެންކަމުން ރޯދައަށް ތިބެގެން ވަރަށް ގިނައިން ކުޅުތަޅައެވެ. އަދި ނިޔަތް ކިޔަން ހަނދާން ނެތުމަކީވެސް ރޯދަ ނުލިބޭ ކަމެކެވެ. ހާރު ކެއަސް ނިޔަތް ކިޔަން ހަނދާން ނެތިއްޖެނަމަ އެ ދުވަހު ރޯދައަކަށް ނުހުރެއެވެ. ހަނދާން ނެތިގެން އެއްޗެއް ކެވުނަސް އެހިސާބުން އެރޯދަ ގެއްލެއެވެ. އަދި ރޯދައަށް ހުރި ކުއްޖަކު ނިޔަތް ދަސްކުރުމަށްޓަކައި، ދުވާލު ނިޔަތް ކިޔާލިއަސް ރޯދަ ގެއްލެއެވެ.

ރޯދަ ގެއްލުނަސް އެއިން މަދު މީހަކު މެނުވީ ދުވާލު ސިއްރުންވެސް އެއްޗެއް ކައިބޮއި ނަހަދަ އެވެ. އެކިއެކި ސަބަބުތަކާހުރެ ރޯދަމަސް ނިމޭފަހުން ފަސް ރޯދަ ނުވަތަ ހަ ރޯދަ އަލުން ހިފަން ނުޖެހޭ މީހަކު ދާދި މަދުވާނެ އެވެ.

ރަމަޟާން މަހަށް ހަނދުބެލި ފަދައިން ފިތުރު އީދަށްވެސް ހަނދުބެލުން އޮވެ އެވެ. ހަނދުބަލަން ތިބެގެން ކިޔާއުޅޭ އެއްޗެއް މިތާ ލިޔެލާނަމެވެ. "ރޯދައަށް ހަނދުބަލާއިރު އިބިލީސް އަރުވާ ޖަހައިގެން ހުންނާނީ ހަނދާ ދިމާއަށް، ވިލާ އަރުވާށެވެ. އީދަށް ހަނދުބަލާ އިރު އިބިލީސް އަރުވާ ޖަހައިގެން ހުންނާނީ ހަނދާ ދިމާއިން، ވިލާ ދުރު ކުރާށެވެ." އެއީ ރޯދަމަހު ކާން ނުލިބިފައި އީދު އައުމުން ކާން ލިބޭނެތީ އެވެ. ރޯދަމަހަށް ހަނދުބެލުމާއި އީދަށް ހަނދުބެލުމުގައި ތަފާތަކީ އީދަށް ހަނދު ފެނުމުން ރަށުތެރޭގައި ފަޓާސްޖަހާ ހަވާ އެރުވުމުގެ ކުޅިވަރު އޮންނަ ކަމެވެ. އަދި ޒުވާނުންނަށް އީދު "ބޯކިބާ ފޮރުވުމުގެ" މަޖާ ކުޅިވަރު އެރޭ އޮންނަ ކަމެވެ.

އަހަރުމެންގެ ދިރިއުޅުމުގެ ހުރިހާ ކަމަކަށް ބަދަލުތައް އަންނަމުންދާ ފަދައިން މިއަދު ވަނީ މި ހުރިހާ ކަމަކަށް ބަދަލުއައިސް ބަދަލުވެ ނިމި ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox