އީގަލްސްގެ ތާރީހަށް ބަލައި މެސެޖެއް ދެމުން ސާންތީ ބުނީ ޕްރެޝަރު އޮތީ މާޒިޔާ އަށް ކަމަށް

Apr 2, 2023, 11:32 AM
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސާންތީ ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސާންތީ ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މީގެ ކުރިން އީގަލްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗުތަކަށް ބަލާއިރު، އީގަލްސް އަށް ހިތްހަމަޖެހިލެވޭނެ ތާރީހެއް އެބައޮތް ކަމަށާއި މި ވަގުތުގެ ހާލަތަށް ބަލާއިރު، މި މެޗުގެ ޕްރެޝަރު އޮތީ މާޒިޔާ އަށް ކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

ހައެއްކަ އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން އީގަލްސްގެ ކޯޗުކަމާ ހަވާލުވި ސާންތީ، ދެ ވަނަ ފަހަރަށް އެ ޓީމުގައި ކުރާ މަސައްކަތުގައި ފުރަތަމަ ޗެލެންޖަކަށްވާނީ މާދަމާރޭ ކުޅޭ އެފްއޭ ޗެރިޓީ ޝީލްްޑް މެޗުގައި މާޒިޔާއާ ބައްދަލުކުރަން ޖެހޭ މެޗެވެ.

ޝީލްޑް މެޗުގެ ކުރިން މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާންތީ ވަނީ މި ވަގުތުގެ ހާލަތާއި މާޒީގައި މި ދެ ޓީމު ބައްދަލުކުރި މެޗުތަކަށް އަލި އަޅުވާލައި މުހިންމު ވާހަކަތަކެއް ދައްކައިފަ އެވެ.

"މާޒިޔާ އާއި އީގަލްސްގެ އެބައޮތް ތާރީހެއް ދެއްތޯ، މާޒިޔާ އާއި އީގަލްސްގެ ތާރީހަށް ބަލާއިރު އީގަލްސްގެ ކޮޅަށް ފުދޭ ވަރަކަށް ނަތީޖާތަށް ވެސް އެނބުރިފައި އެބައޮތް، މާޒިޔާ ވަރަށް ވަރުގަދަކޮށް އޮއްވައި ވެސް. އެކަން ތަކުރާރުވުން ވެސް އެކަށީގެންވޭ،" އީގަލްސް އާއި މާޒިޔާގެ މެޗުތަކަށް އިޝާރާތްކޮށް ސާންތީ ބުންޏެވެ.

"ތެދުވާހަކައެއް ތިބުނީ މާޒިޔާގައި މި ތިބީ އެންމެ ފަހުން ޕާކިސްތާން ގައުމީ ޓީމާ އެކު ކުޅުނުއިރު ވެސް އަޅުގަނޑު ދެކެނީ އެއީ މާޒިޔާ އަށް ލިބުނު ފްރެންޑްލީ މެޗެއް ކަމަށް. ހުރިހާ ގޮތަކުން ވެސް ވަރުގަދަކޮށް އެ މީހުން އެ އޮތީ،"

ސާންތީ ބުނީ ކޯޗެއްގެ ހައިސިއްޔަތުން އޭނާ ގަބޫލުކުރާ އެއް ކަމަކީ، ކިތަންމެ މޮޅު ޓީމަކާ އެކީ ކުޅޭއިރު ވެސް ފައިދާނެގޭނެ ކޮންމެ ވެސް ކަހަލަ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އީގަލްސްއާ ކުރިން ހަވާލުވިއިރު، ވިސްނަން ޖެހުނީ ޒުވާން ކުޅުންތެރިންތަކެއް ލައިގެން ޓީމެއް އުފެއްދުމުގެ މަަސައްކަތް ކަމަށާއި، އެކަމަކު، އެ ހާލަތު މިހާރު ބަދަލުވެ، އޭނާ އަށް ވެސް އޮތީ ނަތީޖާ ނެރެން ކުރަން ޖެހޭ މަސައްކަތަށް ފޯކަސް ކުރުން ކަމަށް ސާންތީ ވަނީ ބުނެފަ އެެވެ.

މިހާރު މާޒިޔާގައި އެ ހުރި އާ ކޯޗު، ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް އަކީ މި ސަރަހައްދުގެ ވެސް ތަޖުރިބާ ހުރި ކޯޗެއް ކަމަށާއި އާ ވިސްނުންތަކަކާ އެކު އޭނާ ވެސް މަސައްކަތް ފަށައި، ރަސްމީ ފުރަތަމަ މެޗަށް ނުކުންނައިރު، ހުރިހާ ގޮތަކުން ވެސް ވިސްނަން ޖެހޭނެ ކަމަށް ސާންތީ ގަބޫލުކުރެ އެވެ.

"ބޮޑު ޕްރެޝަރު އޮތީ މާޒިޔާ އަށް"

މި މެޗުގެ ޕްރެޝަރުގެ ވާހަކަ ދައްކާއިރު، އީގަލްސް އަށް އޮތް ބޮލުގެ ރިހުމަކީ މާޒިޔާއާ އަޅާކިޔާއިރު، ރަނގަޅު ލެވަލެއްގެ މެޗުތަކެއް ލިބިފައިނެތުމެވެ.

"ދެ ގޮތަށް ވެސް ބެލޭ ޕްރެޝަރެއްގެ ގޮތުގައި، އަޅުގަނޑުމެންނަށް ގައިމުވެސް ކޮމްޕެޓިޓިވް މެޗެއް ނުލިބޭ. އަޅުގަނޑުމެން ކުޅުންތެރިން މިނެކިރާލަން ޕްރެޝަރުގައި ކުޅެލަން މެޗެއް ނުލިބޭ. ތިން ހަތަރު މެޗެއް 19 އަހަރުން ދަށުގެ ޓީމާ އެކީ މި ކުޅުނީ އިތުރު އެއްވެސް މެޗެއް ނުލިބޭ ކްލަބަކާ އެކީ ކުޅެލަން. މާޒިޔާ އެއާ ހިލާފު ދެ ހަފްތާގެ ކޭމްޕެއް ސައުދީ އަރަބިއްޔާގައި ކޮށްފި، ތިން ހަތަރު މެޗެއް ކުޅުނު، ދެން އަދި 21 ވަނަ ދުވަހު މެޗެއް ކުޅެފި. މި ހުރިހާ ކަމަަށް ބަލާއިރު ޕްރެޝަރު އެ ކޮޅަށް އޮތީ،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ އީގަލްސް އިން މާޒީގައި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުގައި ނަތީޖާ ނެރެފައި ހުރީ އެ ހުންނަ ކޯޗަކަށް ބަލައިގެން ކުރާ ކަމަކަށް ވުރެ، ކުޅުންތެރިން އަމިއްލަ އަށް މި މެޗަށް ހާއްސަކޮށް އެ ކުރިއަށްގެންދާ ތައްޔާރީއާ ބަހައްޓާ ސަމާލުކަން ކަމަށެވެ.

"މާޒިޔާއާ އެކު ކުޅޭއިރު ވަރަށް އެހެން ކަހަލަ ޖޯޝެއް އިނދޭ ހަގީގަތުގައި ކުޅުންތެރިން ތަންކޮޅެއް ބޮޑަށް އެ މީހުން އިނީޝިއޭޓް ނަގައިގެން، މިހާރު ވެސް ޕްރެކްޓިހުގައި ހަމަ މެޗު ކައިރިވާ ވަރަކަށް ކުުޅުންތެރިން އަމިއްލަ އަށް މި ކަން ބޭނުންވެގެން އުޅޭ. އެއީ ކަންނޭނގެ އަސްލު މީގެ މި އިންނަ ކަމަކީ. ކުޅުންތެރިން މާޒިޔާއާ ދޭތެރޭގައި އެ ދެކޭ ގޮތް، އެ މީހުން އަތުން މޮޅުވާން އެ ނެރޭ ޖޯޝް އެއީ އަސްލު އިންނަ ކަމަކީ. ޑަބަލް މަސައްކަތް ވެސް މި ކުރަނީ،" އީގަލްސްގެ ކޯޗަކަށް ހުރެ މީގެ ކުރިން މާޒިޔާ ކައިރިން ނަތީޖާ ނެރުނު އެއް ކޯޗު ކަމަށްވާ ސާންތީ ބުންޏެވެ.

އީގަލްސްއާ މި ފަހަރު ހަވާލުވެ، ނަތީޖާ ޕްރެޝަރު ސާންތީ އަށް ވެސް އޮންނާނެ ނޫންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސާންތީ ބުނީ "ފުޓްބޯޅައިގެ ބިއުޓީ އަކީ ޕްރެޝަރުގައި މަސައްކަތް ކުރުން" ކަމަށެވެ. މީގެ މާޒިޔާ އަށް ޕްރެޝަރު ބޮޑުވާ ސަބަބު ސާންތީ ވަނީ ކިޔައިދީފަ އެވެ.

"މާޒިޔާ އަށް ޕްރެޝަރު ބޮޑުވަނީ އެ މީހުން ކުރި ހަރަދާއި އެ މީހުންގެ ތިބި ޕްލޭޔަރުންނާ އެ ކުރި ކޭމްޕްތަކާއި ކުޅުނު މެޗުތަކާއި މާޒީގައި މި ހޯދާފައި އޮތް ކާމިޔާބީތަކާ މި ހުރިހާ އެއްޗަކަށް ބަލާއިރު، މާޒިޔާ އަށް އެ ޕްރެޝަރު އޮންނާނީ އަޅުގަނޑުމެންނަށް އެ ޕްރެޝަރެއް އަދި ނެތޭ މި ދަންނަވަނީ،" ސާންތީ ބުންޏެވެ.

މި ސީޒަނުގައި އީގަލްސް އިން މާޒިޔާ އަށް ދިޔަ ތިން ކުޅުންތެރިން ކަމަށްވާ އަހުމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) ނެތްތަން ފޫބައްދަން އުނދަގޫވާނެ ކަމަށާއި އެކަމަކު، އީގަލްސް އަކީ އަބަދުވެސް އެއްކޮށް ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން އެ ހުންނަ ގޮންޖެހުންތަކަށް ހައްލު ހޯދާ ޓީމެއް ކަމަށް ސާންތީ ވަނީ ބުނެފަ އެވެ.

އާ ސީޒަނަށް އީގަލްސް އިން ގެނައި ބައެއް ކުޅުންތެރިންގެ ރިލީސް ހަމަޖެއްސުމުގައި މި ވަގުތަށް އުނދަގޫތަކެއް އެބަހުރިކަން ފާހަގަކޮށް ސާންތީ ބުނީ އެ އަށް ވެސް އަވަސް ހައްލެއް އަންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

އީގަލްސް އާއި މާޒިޔާ އިން ޗެރިޓީ ޝީލްޑް މެޗެއްގައި މި ބައްދަލުކުރަނީ ދެ ވަނަ ފަހަރު އެވެ. އެ ގޮތުން، 2020 ވަނަ އަހަރު ޑިސެމްބަރު މަހު އީގަލްސް އިން ވަނީ ފަހަތުން އަރައި 3-2 އިން މާޒިޔާ ބަލިކޮށް ޝީލްޑް އުފުލާލައިފަ އެވެ. މާޒިޔާ އަކީ އެންމެ ގިނަ ފަހަރު ޝީލްޑް އުފުލާލި ޓީމެވެ. އެ ޓީމުން ވަނީ ހަަތަރު ފަހަރު ޝީލްޑް ކާމިޔާބުކޮށްފަ އެވެ.

މާޒިޔާ އާއި އީގަލްސް ކުޅޭ ޝީލްޑް މެޗު ފަށާނީ މާދަމާރޭ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox