އަމްޖަދު ވަކިކުރީ އެމްޑީޕީއާ ދެކޮޅަށް ދައުވާކުރި ފަހުން، މައްސަލަ ބެލެން ޖެހޭނެ: ވަކީލު

އަމްޖަދު ވަކިކުރީ އެމްޑީޕީއާ ދެކޮޅަށް ދައުވާކުރި ފަހުން، މައްސަލަ ބެލެން ޖެހޭނެ: ވަކީލު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އަލީ އަމްޖަދު އެ ޕާޓީން ވަކިކޮށްފައި ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ކަމަށާއި އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް އޭނާގެ ވަކީލުން މިއަދު ކޯޓުގައި ބުނެފި އެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ބެލޭނެ މައްސަލައެއް ނޫން ކަމަށް އެމްޑީޕީން އިޖުރާއީ ނުކުތާއެއް ހުށަހަޅާފައިވެ އެވެ. އެ ގޮތުން ފާހަގަ ކުރި އެއް ނުކުތާއަކީ ވެސް މައްސަލަ ހުށަހެޅީ އެމްޑީޕީގެ މެންބަރެއް ނޫން ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެކެވެ.

މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި، މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލު ދިޔާނާ ސައީދު ވިދާޅުވީ އޭނާގެ ކްލައިންޓަކީ އެމްޑީޕީގެ މެންބަރެއް ނޫން ކަން ސާބިތު ކުރަން ވެގެން ހުށަހަޅާފައިވާ އިލެކްޝަންސް ކޮމިޝަންގެ ރެކޯޑުތަކުން ވެސް އެނގެން އޮތީ އޭނާ އެމްޑީޕީގެ ރަޖިސްޓްރީގައި އޮތް ކަން ކަމަށެވެ.

އިދާރީ ކުށެއް ކަމަށް ބުނެ ކޮމިޝަންގެ ދަފްތަރުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރި އަލީ އަމްޖަދު ޕާޓީގެ ދަފްތަރުން އުނިކުރީ ފެބްރުއަރީ 22، ގަ އެވެ. އެއީ ސިވިލް ކޯޓަށް އޭނާ މައްސަލަ ހުށަހެޅިތާ ހަތް ދުވަސް ފަހުގެ ތާރީހެއް ކަން ދިޔާނާ ފާހަގަ ކުރެއްވި އެވެ.

މި މައްސަލާގައި އެމްޑީޕީން ހުށަހަޅާފައިވާ އެ ނުކުތާއަށް ބަހުސްކުރުން ވަނީ ނިމިފަ އެވެ. މައްސަލަ ބައްލަވާ ގާޒީ އައިޝަތު އަޒުފާ އަބްދުުލްޣަފޫރު ވިދާޅުވީ ހުށަހެޅިފައިވާ ނުކުތާތައް ދިރާސާކޮށް އަދި އެއަށް ދީފައިވާ ރައްދުތައް ވެސް ދިރާސާކޮށް އެ ކަމުގައި ޝަރީއަތުން ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދިފައިވީ ނަމަވެސް ކޯޓަށް މައްސަލަ ނުބެލޭނެ ކަމަށް އޮތް ބަހުސާ މެދު ގޮތެއް ނިންމުމަށް ފަހު ވަގުތީ އަމުރާ މެދު ގޮތެއް ނިންމަން ކޯޓުން ނިންމާފައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް؛

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 61 އިންސައްތަ އެވެ. ދެން އެ އިންތިހާބުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ އެވެ.

ރައީސް ސޯލިހަށް ތާއީދުކުރައްވަން ނަޝީދު އަދި ނުނިންމަވަ އެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ގޮފިތަކެއް އުފައްދައި، އެ ގޮފިތަކަށް 50،000 މީހުން ވެއްދުމަށެވެ. އަދި ތާއީދުކުރާނެ ކެންޑިޑޭޓެއް ފަހުން ކަނޑައެޅޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީ އަލުން ބާއްވައިދޭން ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާއިރު، ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީއާ އެކުގަ އެވެ. ޖޭޕީއާއެކު މެނިފެސްޓޯއެއް ހެދުމުގެ މަސައްކަތް ވެސް ފަށާފައިވެ އެވެ.

އެމްޑީޕީގެ ލީޑާޝިޕަށް އައި ބަދަލު؛

2008، 2013 އަދި 2018 ގައި ވެސް އެމްޑީޕީގެ ޕްރައިމަރީން ރިޔާސީ ކެންޑިޑޭޓް ގޮތުގައި ނިންމީ ނަޝީދެވެ. ނަމަވެސް 2018 ވަނަ އަހަރު، ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ވާދަނުކުރެވޭނެތީ، ރައީސް ސޯލިހަށް ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމީ އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. އޭގެ ފަހުން އެ ޕާޓީގެ އެތެރޭގައި ބޭއްވި ކޮންމެ އިންތިހާބެއް ވެސް، ނަޝީދުގެ ފެކްޝަންގެ މައްޗަށް ސޯލިހުގެ ފެކްޝަން ކުރި ހޯދާފައިވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކޮށް، ޕާޓީގެ އެންމެ ބާރުގަދަ އެއް މަގާމުގައި ހުންނެވީ ވެސް ރައީސްގެ އެންމެ އެއް އަރިސް ވަޒީރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އަދި އެމްޑީޕީގެ އެންމެ އިސް ގުނަން ކަމަށްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުތަކަށް ފަހު އެ މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ ރައީސް ސޯލިހަށެވެ. އަދި ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ ވެސް އޮތީ ރައީސަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox