އައިޖީއެމްއެޗުން ކާބަންޑައިއޮކްސައިޑް ހުސްވެ، އާންމު ސާޖަރީތައް ހުއްޓިފައި!

އައިޖީއެމްއެޗްގައި ކުރި ސާޖަރީއެއްގެ ތެރެއިން؛ ހޮސްޕިޓަލަށް ގޭސް ނުލިބޭތާ ތިން ހަފްތާ ވަނީ ވެފައި-- ފޮޓޯ: އައިޖީއެމްއެޗް

އައިޖީއެމްއެޗްގައި ކުރި ސާޖަރީއެއްގެ ތެރެއިން؛ ހޮސްޕިޓަލަށް ގޭސް ނުލިބޭތާ ތިން ހަފްތާ ވަނީ ވެފައި-- ފޮޓޯ: އައިޖީއެމްއެޗް

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަށް ބޭނުންވާ ކާބަންޑައިއޮކްސައިޑް ނުލިބޭތާ ތިން ހަފުތާވެ، އާންމު ސާޖަރީތައް ހުއްޓާލާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ކާބަންޑައިއޮކްސައިޑް އާންމުކޮށް ބޭނުން ކުރަނީ ލެޕަރޮސްކޮޕް ނުވަތަ ބަނޑުގައި ލޯވަޅު އަޅައިގެން ކުރާ ސާޖަރީތަކުގަ އެވެ. އޭގެ ތެރޭގައި އެޕެންޑިކްސް ސާޖަރީ، ގޯލްސްޓޯންސް ސާޖަރީ ފަދަ ކުދި ސާޖަރީތަކުގަ އެވެ.

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް މިއަދު "އަދަދު" އަށް ވިދާޅުވީ ގޭހުގެ ސްޓޮކް ނުލިބޭތީ ފާއިތުވީ ތިން ހަފުތާ ތެރޭގައި ހިފަހައްޓަމުން ދިޔައީ އެ ހޮސްޕިޓަލްގައި ހުރި ގޭހުން ކަމަށެވެ. އާންމު ސާޖަރީތަކުގެ ތެރެއިން ކާބަންޑައިއޮކްސައިޑް ބޭނުންކޮށްގެން ކުރަންޖެހޭ ފަސް ސާޖަރީ ދުވާލަކު އެވްރެޖުކޮށް ކުރާ ކަމަށާއި ނަމަވެސް މިހާރު ގޭސް ހުރީ އެމަޖެންސީ ކޭސްތަކުގައި ސާޖަރީ ކުރެވޭނެ ވަރަށް ކަމަށް ސަލީމް ވިދާޅުވި އެވެ. އެއީ ދެ ފުޅި ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

"އެހެންވެ އާންމުކޮށް ކުރަންޖެހޭ ސާޖަރީތަކުގައި މީހުން އެޑްމިޓް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

ކާބަންޑިއޮކްސައިޑް ގޭސް އައިޖީއެމްއެޗަށް ސައިޕްލައިކޮށް ދެނީ މޯލްޑިވްސް ގޭހުންނެވެ. ގޭހުގެ ސްޓޮކް ހުސްވީ މޯލްޑިވްސް ގޭސްގެ ޝިޕްމެންޓް އައުން ލަސްވެގެން ކަމަށް ސަލީމް ވިދާޅުވި އެވެ.

އެހެންވެ، އަމިއްލަ ހޮސްޕިޓަލަކަށް ގެނެސްފައިވާ ކާބަންޑައިއޮކްސައިޑް ޝިޕްމެންޓެއް މާލޭ ބަނދަރުގައި އެބަ އޮތް ކަމަށާއި އެ ޝިޕްމެންޓް ގޭސް ލިބޭތޯ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެ ޝިޕްމެންޓުން ވެސް [ގޭސް] ލިބޭތޯ. ނަމަވެސް އެ ޝިޕްމެންޓު ވެސް ހުސް ނުކުރެވޭތާ ހަތަރު ދުވަސް ވެއްޖެ،" ސަލީމް ވިދާޅުވި އެވެ.

"މިއީ އައިޖީއެމްއެޗްގެ މައްސަލައެއް ނޫން. ސަޕްލަޔަރުގެ މައްސަލައެއް."

މިކަމާ ގުޅޭ ގޮތުން މޯލްޑިވްސް ގޭހުގެ ބަހެއް އަދި ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox