ކަނޑޫދޫ މިރުހުގެ އަގު އަތްފޯރާފަށަށް، ކަރާގެ އަގު އެއްވަރެއްގައި

ބާޒާރުގެ ގޮޅިއެއްގައި ކަނޑޫދޫ މިރުސް ވިއްކަން އަތުރާފައި -- ފޮޓޯ: އަދަދު

ބާޒާރުގެ ގޮޅިއެއްގައި ކަނޑޫދޫ މިރުސް ވިއްކަން އަތުރާފައި -- ފޮޓޯ: އަދަދު

ރޯދަ މަހުގެ ފުރަތަމަ ދުވަހާ ހިލާފަށް މިއަދު ތޮއްޑޫ ކަރާ ބާޒާރުގައި ތިޔާގިވެއްޖެ އެވެ. ހުރިހާ ގޮޅިތައެއްގައި ވެސް ވަރުވަރުން އަތުރާފައި ހުއްޓެވެ. އެހެނަސް އަގަކަށް ބަދަލެއް ނާދެ އެވެ. ރޯދައިގެ ފުރަތަމަ ދުވަހުވެސް މިއަދުވެސް ތޮއްޑޫ ކަރަލުގެ އަގު ހުރީ ކިލޯއެއް 30ރ. އަށެވެ.

"މިއަދު ވެސް ގެނައި ތޮއްޑޫއިން ކަރާ، އިއްޔެ ވެސް، އެކަމަކު އަހަރުމެންނަށް ގަންނަން ލިބޭ އަގަށް ފައިދާއެއް ލާފައިތާ ވިއްކޭނީ، އެމީހުން އަގު ކިޔަނީ 25ރ. އަށް 26ރ. އަށް،" ބާޒާރުގައި ގޮޅިއެއް ހިންގާ، ސީދިބޭ ބުންޏެވެ.

ތޮއްޑޫއިން މާލެއަށް ގެނައި ކަރާ، ކިރާފައި ބާލަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ތޮއްޑޫއިން މާލެއަށް ގެނައި ކަރާ، ކިރާފައި ބާލަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ތޮއްޑޫއިން މާލެއަށް ގެނައި ކަރާ، ކިރާފައި ބާލަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރޯދަ މަހުގެ ހަމަ ކޮންމެ ދުވަހަކު ވެސް ތޮއްޑޫއިން މާލެއަށް ކަރާ ގެނެ އެވެ. ނަމަވެސް އާންމުކޮށް ތޮއްޑޫ ކަރާގެ އަގު ހެޔޮ ވަނީ ރޯދައިގެ ފުރަތަމަ ހަފުތާ ނިމުމުން ކަމަށް އެހެން ގޮޅިއެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ބުންޏެވެ.

ކަރާގެ އަގު އެކަންޏެއް ނޫނެވެ. އެހެން ގިނަ އެއްޗެތީގެ އަގަކަށް ވެސް މާބޮޑު ބަދަލެއް ނާދެ އެވެ. ގިނަ ތަކެތީގެ އަގު އެއްވަރެއްގައި ހިފަހައްޓާފައި ހުރިއިރު، ފޭރާއި ދޮންކެޔޮ ފިޔަވައި އަގު ބޮޑުވި އެއްޗެއް ފާހަގައެއް ނުވެ އެވެ. އާދައިގެ ދޮންކެޔޮ ކިލޯއެއްގެ އަގު ހުރީ 65ރ. އަށެވެ. ފޭރު ކިލޯއެއްގެ އަގު ބޮޑުވީ 80ރ. އިން 85ރ. އަށެވެ.

އެހެނަސް ކުއްޅަފިލާ ފަތާއި ކޮޕީފަތް ބޮނޑިއަކުން ފަސް ރުފިޔާ ވީ އަގު ހެވެވެ. ކުރުނބާ، ގަބުޅިކާށީގެ އަގުތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. އެހެނަސް ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި އާ، ރީތި ކުރުނބާ ލިބޭނެ ކަމަށް ވިޔަފާރިވެރިން ބުންޏެވެ.

ބެލެވުނު ގޮތާ ހިލާފަށް ކަނޑޫދޫ މިރުހުގެ އަގު ބޮޑެއް ނުވި އެވެ. އެ ރަށު ދަނޑުވެރިން ހެއްދި މިރުސްކޮޅު މާލެއާ ހަމައަށް މިއަދު ވާސިލުވުމާ އެކު ކުރިން ގެނެސްފައި ހުރި މިރުސްކޮޅު ވިއްކާލުމަށް އަގު ހެޔޮ ކުރީ އެވެ. މިދިޔަ ރޯދައަށް ގެނައި މިރުހުގެ އަގު ހުރީ 150ރ. އަށް ކިލޯއެކެވެ. މިއަދުގެ މިރުސް ކިލޯއެއް ހުރީ 350ރ. އަށެވެ.

މަސްމާރުކޭޓަށް އެކިވައްތަރުން ފުދޭވަރަށް މަސްވެރިން މަސް އަރުވާފައި އެބަ އޮތެވެ. ދިވެހި ކަނޑުމަހުގެ އަގު ބޮޑުތަނުން ކުޑަ އެވެ. ފަސްރޮނގުދެމި ކަޅުބިލަމަސް ކިލޯއެއްގެ އަގު އުޅެނީ 30ރ. އަށެވެ. ކަންނެލި ކިލޯއެއް 25ރ. އަށް ވެސް ދީފާނެ ކަމަށް މަސްވެރިން ބުންޏެވެ.

މަސްދޯނިފަހަރުން މާލެއަށް މަސް ބާލަނީ -- ފޮޓޯ: އަދަދު
މަސްދޯނިފަހަރުން މާލެއަށް މަސް ބާލަނީ -- ފޮޓޯ: އަދަދު

މަސްދޯނިފަހަރުން މާލެއަށް މަސް ބާލަނީ -- ފޮޓޯ: އަދަދު

މާނިޔަ މަހުގެ އިތުރުން ވަގުތުން ފިހެލެވޭ ގޮތަށް ތައްޔާރު ކޮށްފައި ހުރި ރަތްމަހާއި ގިނިމަހުގެ އިތުރުން މުޑަހަނދި ވެސް ހުއްޓެވެ. ޅިޔަ ޖަހައި ތައްޔާރުކޮށްފައި ހުރި ބޮޑު ހަންޖެއް ވެސް މާނިޔާ މަހެއް ވެސް އުޅެނީ 100ރ. އަށެވެ. ހެޔޮވަރުގެ ފަލަ ރަތްމަހެއްގެ އަގު ހުރީ 300ރ. އަށެވެ.

މިއަދު ވެސް ތެލު އަޅާލައިގެން ކާ ސައިޒުގެ މުށިމަހާއި ރިއްމަހުގެ އިތުރުން ރެއްސާއި ކުދި މުގުރާން ވެސް ވިއްކަން އެބަހުއްޓެވެ. ރެހި ޖޯޑެއްގެ އަގު 10ރ. އަށް ހުރިއިރު، ކުދި މުށިމަސް ވިއްކަނީ ރުފިޔާއެއްގެ މަގުންނެވެ. ތަންފުކެއް ބޮޑެތި މުށިމަސް ހުރީ 20ރ. އަށް 15 މަހެވެ. އެއަށްވުރެެ ބޮޑުނަމަ، 20ރ. އަށް 4 މަހެވެ.

ބާޒާރުމަތީގައި މިއަދު މީގެ ކުރީ ދެދުވަހަށްވުރެ މީހުންގެ ބާރު ބޮޑެވެ. ވިޔަފާރިވެރިން ބުނަނީ މި ހަފުތާ ނިމި އާ ހަފުތާއަށް ފެށޭއިރު، އަގުތައް މިއަށްވުރެ ހެޔޮވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox