ޝެވްޗެންކޯ އެދެނީ ޗެލްސީން މުޑްރިޗާ މެދު އަވަހަށް ގޮތެއް ނުނިންމައި ކެތްތެރިވާން

Mar 25, 2023, 8:28 AM
ޝެވްޗެންކޯ އެދެނީ ޗެލްސީން މުޑްރިޗާ މެދު އަވަހަށް ގޮތެއް ނުނިންމައި ކެތްތެރިވާން

ލަންޑަން، (މާޗް 25) - މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ޗެލްސީއާ ގުޅުނު ޒުވާން ކުޅުންތެރިޔާ މިކައިލޯ މުޑްރިކާ މެދު އެކުލަބުން ކެތްތެރިވުމަށް ޔޫކްރެއިނާއި ޗެލްސީގެ ކުރީގެ ފޯވާޑް އަންދްރޭ ޝެވްޗެންކޯ ބުނެފި އެވެ.

އާސެނަލުން ފާރަލައިގެން ތިއްބައި ފަހު ވަގުތު މުޑްރިކް ޗެލްސީ އަށް ބަދަލުވީ 89 މިލިއަން ޕައުންޑް (100 މިިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގަ އެވެ. މިހާތަނަށް ޗެލްސީ އަށް އޭނާ ވަނީ ހަތް މެޗު ކުޅެދީފަ އެވެ. މި ހަ މެޗުގައި އޭނާ އަށް ގޯލެއް ނުޖެހުނުއިރު ކުރެވުނީ އެންމެ އެސިސްޓެކެވެ.

މުޑްރިކް އާ ގުޅޭގޮތުން ޗެލްސީގެ ކުރީގެ ފޯވާޑް ޝެވްޗެންކޯ ބުނީ މުޑްރިކަކީ ވަރަށް ހުނަރުވެރި ޒުވާން ކުޅުންތެރިއެއް ކަމަށާއި، ޗެލްސީއާއިއެކު އުއްމީދީ ކުރިމަގެއް މުޑްރިކަށް އޮތް ކަމަށް ގަބޫލުކުރާކަމަށެވެ.

އޭނާ ބުނީ ޗެލްސީއާ އެކު މުޑްރިކަށް މިއީ ބޮޑު ކެރިއަރެއްގެ ފެށުން ކަމަށާއި، މި ދަނޑިވަޅުގައި ސަޕޯޓަރުންނާއި ކުލަބުން ވެސް އޭނާއާ މެދު ކެތްތެރިވާން ޖެހޭ ކަމަށެވެ.

"މުޑްރިކްގެ ފުރަތަމަ ފިޔަވަޅު ވަރަށް ރަނގަޅު. ޗެލްސީި އަށް އައުމަކީ ރަނގަޅު ނިންމުމެއް. މުސްތަގްބަލަށް ޗެލްސީން ޓީމެއް އެ ބިނާ ކުރަނީ. މި ދަނޑިވަޅުގައި މުޑްރިކް ހިތްވަރާ އެކު މަސައްކަތްކޮށްފި ނަމަ އޭނާ އަށް ރަނގަޅު ފުރުސަތެއް ލިބޭނެ" 2006 އިން 2007 އަށް ޗެލްސީ އަށް ކުޅުނު ޝެވްޗެންކޯ ބުންޏެވެ.

ޗެލްސީ އިން މުޑްރިކާ އެކު ހަދާފައިވާ ކޮންޓްރެކްޓާ ގުޅޭގޮތުން ޝެވްޗެންކޯ ބުނީ އަށް އަހަރުގެ ކޮންޓްރެކްޓެއްގައި މުޑްރިކް ސޮއިކުރުމުން ފުރަތަމަ ހައިރާންވި ކަމަށާއި، އެއީ ކުލަބުތަކުން ވަރަށް ނުކުރާ ކަމެއް ކަމަށެވެ. ނަމަވެސް އޭގެއިން އަންގައިދެނީ ކުރިމަގަށް ޗެލްސީން އިސްކަންދޭ މިންވަރު ކަމަށާއި، އެ ކުލަބުން އިންވެސްޓް އެ ކުރަނީ ކުރިމަގަށް ކަމަށެވެ.

އިޓަލީގެ އޭސީ މިލާނުން ޝެވްޗެންކޯ ޗެލްސީ އަށް 2006 ވަނަ އަހަރު ބަދަލުވީ އޭރު ކުލަބުގެ ރެކޯޑު ފީ އަކަށެވެ. ދެ ސީޒަންގައި އޭނާ 22 ގޯލު ޖެހި ނަމަވެސް އެ ކުލަބުގައި އެންމެ އެދެވޭ ކުޅުމެއް ޝެވްޗެންކޯ އަށް ނުދެއްކުނެވެ.

ޝެވްޗެންކޯ ބުނީ މުޑްރިކްގެ އުމުރުގައި ޗެލްސީ އަށް އޭނާ އަށް ބަދަލުވެވުނު ނަމަ ޕްރިމިއާ ލީގުގައި މާ ރަނގަޅު ކުޅުމެއް ދެއްކުނީސް ކަމަށެވެ.

ކުޅުން ހުއްޓާލުމަށް ފަހު ޝެވްޗެންކޯ ފުރަތަމަ ނުކުންނަން ބޭނުންވީ ސިޔާސީ މައިދާނަށެވެ. އެކަމަކު، ފަހުން ފުޓްބޯޅަ ކޯޗިން އަށް އިސްކަންދިނުމަށް ފަހު ވަނީ ޔޫކްރެއިންގެ ގައުމީ ޓީމަށް ކޯޗުކޮށްދީފަ އެވެ. އެ ގޮތުން، 2016 އިން ފެށިގެން 2021 އަށް އޭނާ ޔޫކްރެއިންގެ ކޯޗަކަށް ހުރިއިރު، އޭނާ ވަނީ 2020ގެ ޔޫރޯ ކުއާޓާ ފައިނަލަށް ޔޫކްރެއިނ ގެންގޮސްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox