ޔުނައިޓެޑް ވިއްކާލަން ކިޔާ އަގަކީ 7.3 ބިލިއަން ޑޮލަރު: މިއީ ރެކޯޑް އަގެއް!

Mar 23, 2023, 6:50 AM
ޔުނައިޓެޑް ވިއްކާލަން ކިޔާ އަގަކީ 7.3 ބިލިއަން ޑޮލަރު: މިއީ ރެކޯޑް އަގެއް!

މެންޗެސްޓާ (މާޗް 23) - މެންޗެސްޓާ ޔުނައިޓެޑްގެ ވެރިންގެ ގޮތުގައި ތިބި އެމެރިކާގެ މަހުޖަނުން ކަމަށްވާ ގްލޭޒާ އާއިލާ އިން އެ ކްލަބް ވިއްކާލަން ކިޔާ އަގަކީ 7.3 ބިލިއަން ޑޮލަރު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑް ގަންނަން ބިޑް ކުރަން ދިން ފުރުސަތު އަނެއްކާ ވެސް އިތުރުކޮށްދީފައިވާއިރު، އިނގިރޭސި ބިލިއަނަރު ޖިމް ރެޓްކްލިފް އާއި ގަތަރުގެ ބޭންކް، ކިއުއައިބީގެ ޗެއާމަން، ޝެއިހް ޖަސީމް ބިން ހަމަދު އަލް ތާނީ ވެސް އެންމެ ފުރަތަމަ ހުށަހެޅި ބިޑް އިތުރު ކުރަން ވަނީ ނިންމައިފަ އެވެ.

އަނެއްކާ ވެސް ބިޑް ކުރަން ދިން ފުރުސަތުގެ މުއްދަތު އިތުރުކުރަން ނިންމާފައިވަނީ ކޮން ތާރީހެއްގެ ނިޔަލަށް ކަމެއް ސާފެއް ނުވެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގްލޭޒާ އާއިލާ އިން ޔުނައިޓެޑް ވިއްކާލަން ކިޔާ އަގު އުޅެނީ 7.3 ބިލިއަން ޑޮލަރުގަ އެވެ. މިއީ މިހާތަނަށް ކްލަބެއް ވިއްކާލަން ކިޔާފައިވާ އެންމެ ބޮޑު އަގެވެ. މީގެ ކުރިން އެންމެ އަގުބޮޑުކޮށް ނިމުނު އިނގިރޭސި ކްލަބްގެ ޑީލަކީ އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ 5.2 ބިލިއަން ޑޮލަރަށް ޗެލްސީ ގަތުމެވެ.

ގަތަރުގެ ނުފޫޒު ގަދަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ، ޝެއިހް ޖަސީމް ބިޑް ކޮށްފައިވަނީ އޭނާގެ ނައިންޓޫ ފައުންޑޭޝަން ކުންފުނީގެ ފަރާތުންނެވެ. ޖަސީމްގެ ވިސްނުމަކީ ޔުނައިޓެޑްގެ ދަރަނީގެ ގޮތުގައި މި ވަގުތު އޮތް 620 މިލިއަން ޑޮލަރު އެއްކޮށް އަދާކުރުމަށް ފަހު، އެ ކްލަބް ކުރިން އޮތް ލެވަލަށް ދެވޭނެ ވަރަށް ކްލަބަށް އިންވެސްޓް ކުރުން ކަމަށެވެ. އަދި ޖަސީމްގެ ބިޑްގެ ޖުމްލަ އަގަކީ ފަސް ބިލިއަން ޑޮލަރު ކަމަށްވާއިރު، އޭނާ ބޭނުންވަނީ މެޖޯރިޓީ ހިއްސާދާރަކަށް ވުމަށް ފަހު، ޔުނައިޓެޑްގެ އަންހެން އަދި ފިރިހެން ޓީމު ވެސް އެންމެ މަތީ ލެވަލްގައި ބޭއްވޭ ވަަރަށް އިންވެސްޓް ކުރުމަށެވެ.

ޔުނައިޓެޑްގެ ސަޕޯޓަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ރެޓްކްލިފް ބޭނުންވަނީ ގްލޭޒާ އާއިލާގެ 69 ޕަސެންޓް ހިއްސާ އެވެ. އަދި އެ ހިއްސާ ގަތުމަށް ފަހު، ގްލޭޒާ އާއިލާ އިން ކްލަބް ހިންގަމުން އައި މޮޑެލް ބަދަލުކޮށް، ވީހާވެސް ބޮޑަށް ސަޕޯޓަރުން ބޭނުންވާ ގޮތަށް ކްލަބްގެ ކަންކަން ކުރިއަށް ގެންދިއުމަކީ ރެޓްކްލިފްގެ ވިސްނުމެކެވެ. އެކަމަކު، ޝެއިހް ޖަސީމްގެ ބިޑާ އެއްވަރުގެ އަގެއް ޔުނައިޓެޑް ގަންނަން ހުށަހަޅަން ރެޓްކްލިފް ބޭނުންނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox