ހުލާސާކޮށް އިއްޔެ: ނަޝީދަށް ފިޔަވަޅު ނާޅާ ސަބަބު

Mar 23, 2023, 4:12 AM
މިދިޔަ އަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ސޯލިހު، ނަޝީދު އަދި ފައްޔާޒު. -- ފޮޓޯ: އަދަދު

މިދިޔަ އަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ސޯލިހު، ނަޝީދު އަދި ފައްޔާޒު. -- ފޮޓޯ: އަދަދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކި ފެކްޝަނެއް ހައްދަވައިގެން، ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ކުރައްވާ މަސައްކަތާމެދު ފިޔަވަޅެއް އަޅާފައި ނުވަނީ ނަޝީދަށް ކުރައްވާ އިހުތިރާމުގެ ސަބަބުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ އާއި އެމްޑީއޭއާއެކު އަންގާރަ ދުވަހު މުލިއާގޭގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ނަޝީދަކީ އެ ޕާޓީ އުފެއްދުމުގައި އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި އިސް ރޯލެއް އަދާކުރެއްވި ބޭފުޅެއްކަން އެމްޑީޕީން އަދިވެސް ބަލައިގަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ އިހުތިރާމު ރައީސް ނަޝީދަށް އެގޮތަށް ދިނުމުގެ ގޮތުން އަޅުގަނޑުމެން އަދި ބައެއް ފަހަރު ފަހަތަށް ޖެހިލައިގެން މި ތިބެނީ، ކަންބޮޑުވެގެނެއްވެސް ނޫން ބިރަކުންވެސް ނޫން، އަޅުގަނޑުމެން އަޅަންޖެހިއްޖެ ފިޔަވަޅެއް އެ ހާލަތަކަށް ގޮސްފި ކަމަށް ވެއްޖިއްޔާ ކޮންމެ ބޭފުޅަކާ ދޭތެރޭވެސް އަޅާނަން،" ފައްޔާޒު ވިދާޅުވި އެވެ.

ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބު ވެވަޑައިގެންނެވި ފަހުން ނަޝީދު މަސައްކަތް ކުރައްވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ހުފައްދަވައިގެން. އެ ފެކްޝަނުގައި ރައީސް ސޯލިހު އައްޔަން ކުރައްވާފައިވާ ބައެއް މިނިސްޓަރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނެ އެވެ.

ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުގެ ތާއީދު، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނުލިބޭނެ ކަމަށް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ކުރިއަށް އޮތް އިންތިހާބުގައި އެ ފެކްޝަނުން ތާއީދުކުރާނެ ކެންޑިޑޭޓެއް އިއުލާނުކުރާނެ ކަމަށް ވެސް ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަޝީދުގެ ފެކްޝަނުން މިހާރު އަންނަނީ ކުރިއަށް އޮތް އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު މަސައްކަތް ކުރުމަށް މަޝްވަރާ ކުރަމުންނެވެ. ޖޭޕީއިން ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ނުހަދައި އެ ޕާޓީއިން ކެންޑިޑޭޓަކު ނެރުމަށް ނިންމާފަ އެވެ.

މުހިންމު ބައެއް ހަބަރު

ކުވެއިތު ފަންޑުގެ އެހީގައި ތަރައްގީ ކުރާ ހަތް ހޮސްޕިޓަލަށް ފަންޑު ހަމަޖެހޭނެ ކަމަށް އާ ތާރީހެއް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމާ ގުޅިގެން އެ ޕާޓީ އަށް ނިސްބަތްވާ މެމްބަރުން ސަރުކާރުގެ މަގާމުތަކުން ވަކިކުރަންޖެހޭ ކަމަށް، ނުވަތަ ވަކިވާންޖެހޭ ކަމުގެ އަޑުތައް ގަދަވެފައިވާއިރު، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އޭނާއަކީ އެ ޕާޓީގެ ދަފުތަރުގައި އޮތް މީހެއް ނޫން ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރާއްޖޭގެ ޖަލުތައް ބެލެހެއްޓެވި އިސްތަފާ އިބްރާހިމް މަނިކު މިއަދު އަވަހާރަވެއްޖެ އެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ކުރީގެ ނައިބު ރައީސް އަހުމަދު ގައިސް އައްޔަންކޮށްފި އެވެ.

މާލޭ ކެފޭއެއްގެ ތެރޭގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުންދިޔަ އިބްރާހިމް ފައިހް ނިޒާމް 30 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ޖުމްހޫރީ ޕާޓީ އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުން މިރޭ ބައްދަލު ކުރައްވައި، މެނިފެސްޓޯއެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅު ނާޅަނީ އެ މަނިކުފާނަށް ކުރައްވާ އިހުތިރާމުގެ ސަބަބުންކަން ފާހަގަ ކުރައްވައި އެމްޑީޕީގެ ޗެއާޕާޝަން ފައްޔާޒު އިސްމާއީލް ވިދާޅުވީ؛

އަޅުގަނޑުމެންގެ އިހުތިރާމު ރައީސް ނަޝީދަށް އެގޮތަށް ދިނުމުގެ ގޮތުން އަޅުގަނޑުމެން އަދި ބައެއް ފަހަރު ފަހަތަށް ޖެހިލައިގެން މި ތިބެނީ، ކަންބޮޑުވެގެނެއްވެސް ނޫން ބިރަކުންވެސް ނޫން، އަޅުގަނޑުމެން އަޅަންޖެހިއްޖެ ފިޔަވަޅެއް އެ ހާލަތަކަށް ގޮސްފި ކަމަށް ވެއްޖިއްޔާ ކޮންމެ ބޭފުޅަކާ ދޭތެރޭވެސް އަޅާނަން،"

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox