ފިޔަވަޅު ނާޅާ ފަހަތަށް ޖެހެނީ ނަޝީދަށް ކުރާ އިހުތިރާމުގެ ސަބަބުން: ފައްޔާޒު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު (ވ)، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) - ފޮޓޯ: މުހައްމަދު ޝާބިން / އަދަދ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު (ވ)، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) - ފޮޓޯ: މުހައްމަދު ޝާބިން / އަދަދ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ތެރޭގައި ވަކި ފެކްޝަނެއް ހައްދަވައިގެން، ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ކުރައްވާ މަސައްކަތާމެދު މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވަނީ ނަޝީދަށް ކުރައްވާ އިހުތިރާމުގެ ސަބަބުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ އާއި އެމްޑީއޭއާއެކު އަންގާރަ ދުވަހު މުލިއާގޭގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވީ، ނަޝީދަކީ އެ ޕާޓީ އުފެއްދުމުގައި އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި އިސް ރޯލެއް އަދާކުރެއްވި ބޭފުޅެއްކަން އެމްޑީޕީއިން އަދިވެސް ބަލައިގަންނަ ކަމަށެވެ.

ނަޝީދުގެ އަމަލުތަކާމެދު އެމްޑީޕީއިން މިހާތަނަށް ފިޔަވަޅެއް އަޅާފަ ނުވާ ސަބަބުވެސް ފައްޔާޒު ވަނީ އިއްޔެ ބަޔާންކޮށްދީފަ އެވެ.

"އަޅުގަނޑުމެންގެ އިހުތިރާމު ރައީސް ނަޝީދަށް އެގޮތަށް ދިނުމުގެ ގޮތުން އަޅުގަނޑުމެން އަދި ބައެއް ފަހަރު ފަހަތަށް ޖެހިލައިގެން މި ތިބެނީ، ކަންބޮޑުވެގެނެއްވެސް ނޫން ބިރަކުންވެސް ނޫން، އަޅުގަނޑުމެން އަޅަންޖެހިއްޖެ ފިޔަވަޅެއް އެ ހާލަތަކަށް ގޮސްފި ކަމަށް ވެއްޖިއްޔާ ކޮންމެ ބޭފުޅަކާ ދޭތެރޭވެސް އަޅާނަން," ފައްޔާޒު ވިދާޅުވި އެވެ.

ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބު ވެވަޑައިގެންނެވި ފަހުން ނަޝީދު ވަނީ އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް އުފައްދަވާފަ އެވެ. އަދި އެ ފެކްޝަނުގެ ތާއީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނުލިބޭނެ ކަމަށް ވެސް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، ކުރިއަށް އޮތް އިންތިހާބުގައި އެ ފެކްޝަނުން ތާއީދުކުރާނެ ކެންޑިޑޭޓެއް އިއުލާނުކުރާނެ ކަމަށް ވެސް ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަޝީދުގެ ފެކްޝަނުން މިހާރު އަންނަނީ ކުރިއަށް އޮތް އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު މަސައްކަތް ކުރުމަށް މަޝްވަރާ ކުރަމުންނެވެ. ޖޭޕީއިން ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ނުހަދައި އެ ޕާޓީއިން ކެންޑިޑޭޓަކު ނެރުމަށް ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox