ނަޝީދުގެ ތާއީދާ ނުލާވެސް އެއްބުރުން އިންތިހާބު ކާމިޔާބުކުރާނަން: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް (ކ)، އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު (ވ) - ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް (ކ)، އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު (ވ) - ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ ނުލާވެސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއާއި އެމްޑީއޭ އާއެކު މިއަދު މުލިއާގޭގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވީ، ރައީސް ސޯލިހަށް އަދި އެމްޑީޕީއަށް ނަޝީދުގެ ތާއީދު ވަރަށް ބޭނުންތެރި ކަމަށެވެ.

ނަމަވެސް ނަޝީދުގެ ތާއީދާ ނުލާވެސް ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އެ (ނަޝީދުގެ ތާއީދު) ނުލިބިއްޖެ ކަމަށް ވިޔަސް އަޅުގަނޑުމެން އިންތިހާބު ކާމިޔާބުކުރާނަން، އަޅުގަނޑުމެން ބޭނުންވަނީ ރައީސް ނަޝީދާވެސް އެއްކޮށްގޮސް އިންތިހާބު ކާމިޔާބުކުރަން،" ފައްޔާޒު ވިދާޅުވި އެވެ.

ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބު ވެވަޑައިގަތުމަށްފަހު ނަޝީދު ވަނީ އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް އުފައްދަވާފަ އެވެ. އަދި އެ ފެކްޝަނުގެ ތާއީދު ރައީސް ސޯލިހަށް ނުލިބޭނެ ކަމަށްވެސް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އަދި، ކުރިއަށް އޮތް އިންތިހާބުގައި އެ ފެކްޝަނުން ތާއީދުކުރާނެ ކެންޑިޑޭޓެއް އިއުލާނުކުރާނެ ކަމަށްވެސް ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުގައިވެސް ހުންނެވި ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަޝީދުގެ ފެކްޝަނުން މިހާރު އަންނަނީ ކުރިއަށް އޮތް އިންތިހާބުގައި ޖުމްހުރީ ޕާޓީއާއެކު މަސައްކަތް ކުރުމަށް މަޝްވަރާ ކުރަމުންނެވެ. ޖޭޕީއިން ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ނުހަދައި އެ ޕާޓީއިން ކެންޑިޑޭޓަކު ނެރުމަށް ނިންމާފަ އެވެ.

ނަޝީދުގެ ތާއީދު އެހެން ކެންޑިޑޭޓަކަށް ލިބުމާމެދު ދެކޭގޮތް ހިއްސާކުރައްވަމުން ފައްޔާޒު ވިދާޅުވީ، ނަޝީދަށް އަދި އެމަނިކުފާނާއެކު ތިބި އެމްޑީޕީގެ މެންބަރުންނަށް ދަންނަވަން ބޭނުންވަނީ ބާކީ ނުވުމަށް ކަމަށެވެ. އަދި ޕާޓީގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް އަދިވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދޭނެ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

"އެންމެން ބޭނުންވާ ހުރިހާ ކަމެއް ހާސިލް ނުވެދާނެ، ދެމީހުންނަށް އެއްފަހަރަކާ ވެރިކަމެއް ނުކުރެވޭނެ، އެހެންވީމާ އެކަންކަމަށް ވިސްނާވަޑައިގެން އަޅުގަނޑުމެން ދިވެހިރާއްޖެއާއި ދިވެހި ގައުމާއި، ދިވެހި ރައްޔިތުންނަށްޓަކާ ކުރިއަށް ދެވޭނެ ގޮތެއް ހޯދަން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ޕާޓީގެ ތެރޭގައި އޮތް ހިޔާލުތަފާތުވުންތަކާމެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި ފިޔަވަޅު އެޅުންފަދަ ކަންކަމަކީ އެހާބޮޑަށް ވިސްނާ ކަމެއް ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox