ގާސިމް އެމްއާރުއެމްއަށް ހުށަހެޅީ އެމްޑީޕީއާ ނުގުޅި ޖޭޕީއާއެކު ކޯލިޝަނެއް ހެދުމަށް

ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް (ކ) އަދި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން (ވ) - ފޮޓޯ: ޖޭޕީ

ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް (ކ) އަދި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން (ވ) - ފޮޓޯ: ޖޭޕީ

އެމްއާރުއެމް ގެ އިސްވެރިން މިއަދު ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރެއްވީ ގާސިމްގެ ދައުވަތަކަށް ކަމަށާއި އޭނާ ހުށަހެޅުއްވީ ރިޔާސީ އިންތިހާބުގައި މި ސަރުކާރާ ނުގުޅި ޖޭޕީއާއެކު ކޯލިޝަން ހެދުމަށް ކަމަށް އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

މިއަދުގެ ބައްދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފާރިސް "އަދަދު" އަށް ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ގާސިމް ވަނީ މި މަހުގެ ތެރޭގައި ޖޭޕީގެ ކައުންސިލުން ރިޔާސީ އިންތިހާބުގާ ކެންޑިޑޭޓަކު ނެރެން ނިންމި ނިންމުން ހިއްސާކުރައްވާފަ ކަމަށެވެ.

"އެއާއެކު އެހެން ޕާޓީތަކާ އެކީ މަސައްކަތް ކުރުމުގެ ފުރުސަތެއް އޮތްތޯ ބެއްލެވުމުގެ މަސްއޫލިއްޔަތުވެސް އޮނޮރަބަލް ގާސިމްއާ ހަވާލުކުރައްވާފަ އޮތް ކަމަށް ވިދާޅުވި، އެއީ ކޯލިޝަނެއް އުފެއްދުން ކަމުގަ ވީ ނަމަވެސް، ދެން އެކަމުގަ އެމްއާރުއެމްގެ ޒައީމާއި އަޅުގަނޑާ އެކު ބައްދަލުކުރެއްވީ،" ފާރިސް ވިދާޅުވި އެވެ.

އަދި، ގާސިމްގެ ދައުވަތު ގަބޫލުކޮށް އެމްއާރުއެމްއިން އެމަނިކުފާނާ ބައްދަލުކުރީ ރިޔާސީ އިންތިހާބުގައި ޖޭޕީއާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް އޮތްތޯ ބެލުމަށް ކަމަށްވެސް ފާރިސް ވިދާޅުވި އެވެ.

"މިހާރު މި ހިނގަމުންދާ ކޯލިޝަނުގެ ތަޖުރިބާތަކާ ބެހޭގޮތުން ވެސް ވާހަކަ ދެކެވުނު [މިއަދުގެ ބައްދަލުވުމުގައި] ވަކި ގޮތަކަށް ނިންމިފައެއް ނުވޭ، އެބޭފުޅުންވެސް އެއްބަސްވެލެއްވި ގޮތަކަށް ނިންމޭނީ އިތުރަށް މަޝްވަރާކޮށްގެން ކަމަށް"

ފާރިސް ވިދާޅުވީ ޖޭޕީއާއެކު އެ ޕާޓީއިން އިތުރު މަޝްވަރާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން، ދެ ޕާޓީގެ ވިސްނުން ހުރި ގޮތް ބަލާ، ގައުމަށް ގެންނަންޖެހޭ އިސްލާހުތަކާ މެދު ތަފުސީލުކޮށް މަޝްވަރާކޮށްފައި އެ ދެ ޕާޓީއިން އެކުގައި މަސައްކަތް ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

ރައީސް ސޯލިހާ ވާދަކޮށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ބަލިވެވަޑައިގެން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް އުފައްދާ އެ ފެކްޝަނުން ރައީސް ސޯލިހަށް ތާއީދު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި، ނަޝީދުވެސް ޖޭޕީއާ އެކު މަސައްކަތް ކުރުމަށް ދަނީ މަޝްވަރާކުރަމުންނެވެ.

ނަޝީދާއެކު ޖޭޕީއިން މަސައްކަތް ކުރަން ނިންމައިފި ހާލަތެއްގައި އެމްއާރުއެމްގެ ސްޓޭންޑަށް ބަދަލެއް އަންނާނެތޯ "އަދަދު" އިން ސުވާލު ކުރުމުން ފާރިސް ވިދާޅުވީ، ވަކި ސިޔާސީ ލީޑަރެއް ނުވަތަ ސިޔާސީ ޕާޓީއަކާއެކު މަސައްކަތް ނުކުރާނެ ކަމަށް ވިދާޅުވާން މި ދަނޑިވަޅުގައި ދަތި ކަމަށާއި އެ ޕާޓީއިން އަބަދުވެސް ބަލާނީ ގައުމަށް ހެޔޮއެދޭ ގޮތް ކަމަށެވެ.

މި ސަރުކާރުގެ ކޯލިޝަނުގައި މިހާރުވެސް އޮތް އެމްއާރުއެމް އިން އިއްޔެ ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކޮށްފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެދި ރައީސް ސޯލިހު، އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ސިޓީފުޅެއް ފޮނުއްވާފައި ވީ ނަމަވެސް އިއްޔެގެ ބައްދަލުވުމުގައި އެކަމާ މެދު އެ ޕާޓީން ގޮތެއް ނިންމާފައި ނުވެ އެވެ.

މިހާރު ސަރުކާރުގެ ކޯލިޝަނުގައި އޮތް ޕާޓީތަކުގެ ތެރެއިން ރައީސް ސޯލިހާއެކު އަންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ނިންމާފައިވަނީ އަދާލަތު ޕާޓީއިން އެކަންޏެވެ. ދެން އެ ކޯލިޝަނުގައި އޮތް ޖޭޕީއިން ވަނީ ރައީސާއެކު ކޯލިޝަން ނުހަދާ އަންނަ އިންތިހާބުގައި ވަކިން ނުކުންނަން ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox