އަބޫބަކުރުގެފާނުގެ ވެރިކަމުގެ މުހިންމު ސިޔާސަތުތަކާއި ބައެއް ފިޔަވަޅުތައް

އަބޫބަކުރުގެފާނުގެ ވެރިކަމުގެ މުހިންމު ސިޔާސަތުތަކާއި ބައެއް ފިޔަވަޅުތައް

"އެއަށްފަހު ދަންނަ އެވެ. އޭ އެންމެހާ މީސްތަކުންނޭވެ! ފަހެ ހަމަކަށަވަރުން އަހުރެން ތިޔަބައިމީހުންގެ މައްޗަށް ވެރިކުރެވިއްޖެ އެވެ. އެކަމަކު އަހުރެންނަކީ ތިޔަބައިމީހުންކުރެ އެންމެ ހެޔޮ މީހާކަމުގައި ނުވަމު އެވެ. ފަހެ އަހުރެން ރަނގަޅަށް ކަންތައްކޮށްފިނަމަ އަހަރެންނަށް އެއްބާރުލުންދޭށެވެ. ގޯސްކޮށް ކަންތައްކޮށްފިނަމަ ތިޔަބައިމީހުން އަހަރެން ސީދާކުރާހުށިކަމެވެ. ތެދުވެރިކަމަކީ އަމާނަތެކެވެ. ދޮގުވެރިކަމަކީ ހިޔާނަތެކެވެ. ބަލިކަށި މީހާއަށް އޭނާގެ ހައްގު މާތް ﷲ ގެ ވާގިފުޅާއެކު އަހުރެންނަށް ހޯދައިދެވެންދެން އޭނާ ވާނީ އަހަރެންގެ ގާތުގައި ގަދަފަދަ މީހެއްކަމުގަ އެވެ. އަދި ގަދަފަދަ މީހާގެ އަތުން އަނެކާގެ ހައްގު މާތް ﷲ ގެ ވާގިފުޅާއެކު އަހަރެންނަށް ހޯދައި ނުގަނެވޭހާ ހިނދަކު އޭނާ ވާހުށީ އަހަރެންގެ ގާތުގައި ބަލިކަށި މީހެއްކަމުގަ އެވެ. ﷲ ގެ މަގުގައި ޖިހާދުކުރުން އެއްވެސް ބަޔަކު ދޫކޮށްލައިފިނަމަ، އެބަޔަކަށް މާތް ﷲ ނިކަމެތިކަން ނުޖައްސަވައި ނުވެ އެވެ. އަދި ގައުމެއްގައި ފާހިޝް ކަންކަން ފެތުރިއްޖެނަމަ، އެބަޔަކުގެ ތެރޭގައި މާތް ﷲ ބަލާތައް އާންމުނުކުރައްވައި ނުވެ އެވެ. ﷲ އާއި އެކަލާނގެ ރަސޫލާއަށް އަހުރެން ކިޔަމަންވީހާ ހިނދެއްގައި ތިޔަބައިމީހުން އަހަރެންނަށް ކިޔަމަންވާށެވެ! ﷲ އާއި އެކަލާނގެ ރަސޫލާއަށް އަހުރެން އުރެދިއްޖެނަމަ، އަހުރެންނަށް ކިޔަމަންތެރިވުމެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ."

މިއީ ޚަލީފާ އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ވެރިކަން ފައްޓަވަމުން އެކަލޭގެފާނުގެ ސިޔާސަތުތައްކަމުގައި މީސްތަކުންނަށް ބަޔާންކޮށްދެއްވި ކަންކަމެވެ. ޝައްކެތް ނެތެވެ. ދުނިޔެ ދުށް ވަރަށް ގިނަ ވެރިން އެބައިމީހުންގެ ސިޔާސަތުތައް ވިދާޅުވުމުގައި ވެސް މިފަދަ އަދި މިޔާ އެއްގޮތް ވަރަށް ގިނަ އިބާރާތްތައް ބޭނުންކުރައްވާފައި ހުރެ އެވެ. ތަފާތަކީ މަދު މީހަކަށް މެނުވީ ބަޔާންކުރެވޭ ސިޔާސަތުތަކާ އެއްގޮތަށް ކަންކުރެވިފައި ނުއޮންނަ ކަމެވެ.

ކޮންމެއަކަސް އަބޫބަކުރުގެފާނުގެ ދެއަހަރާއި ތިން މަސްދުވަހުގެ ޚިލާފަތުގެ ކުރު މުއްދަތުގައި އެކަލޭގެފާނު ކަނޑައެޅުއްވި މިސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކުރެއްވި ކަމާމެދު އެއްވެސް މުސްލިމަކު ދެބަހެއް ނުވެ އެވެ. އަބޫބަކުރުގެފާނު ޚަލީފާކަމަށް އިސްކުރެވުނު ގޮތާމެދު ސުވާލު އުފެއްދި ބައެއް މުސްލިމުންވެސް އިތުރު އެކަލޭގެފާނުގެ ޚިލާފަތު ކުރިޔަށް ގެންދެވި ގޮތުގެ އަދުލުވެރިކަމާމެދު ކުޑަ ނަމަވެސް ސުވާލެއް ނުއުފައްދަ އެވެ.

މާތް ނަބިއްޔާގެ ހަޔާތްޕުޅުގައި، މުޅި އަރަބި ކަރަ އެކީއެކަށް އިސްލާމީ ދައުލަތުގެ ތެރެއަށް ވަދެއްޖެ އެވެ. އަރަބި ކަރައަށް ނިސްބަތްވާ ނުފޫޒުގަދަ އެންމެހާ ގަބީލާތަކެއް އިސްލާމްވެފައިވާތީ އެވެ. ނަމަވެސް އޭގެ ތެރެއިން މަދުބަޔަކު ނަމަވެސް ބައެއް މީހުންނަކީ، އިސްލާމީ ދައުލަތުގެ ބާރުވެރިކަން ފެނި އެނޫން އެހެން ގޮތެއް ނެތިގެން ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން ތިބި މީހުންނެވެ. މާތް ނަބިއްޔާ ސުވަރުގެވަޑައިގަތުމާއެކު މިބައިމީހުންގެ މުނާފިގުކަން ފާޅުކޮށްގަތީ ދާދި އަވަހަށެވެ. އެހެންކަމާއެކު އަބޫބަކުރުގެފާނުގެ ޚިލާފަތުގެ އެންމެ ފުރަތަމަ ކަމަކަށްވީ، މުރުތައްދުވީ މީހުންނާ ހަނގުރާމަކޮށް، އިސްލާމީ ދައުލަތުގެ ބާރުވެރިކަން ވިއްސިވިހާލިވެގެން ނުދާނެ ގޮތެއްގެ މައްޗަށް ބަދަހިކަން ހޯދައިގަތުމެވެ. އެކަން އިތުރު އެކަލޭގެފާނު ކާމިޔާބުކުރެއްވީ، މާތް ނަބިއްޔާ ސުވަރުގެވަޑައިގަންނަވަމުން، ފައްޓަވާފައިވާ އެއްވެސް ކަމަކަށް މަޑުޖެއްސެވުމެއްވެސް ގެންނެވުމަކާ ނުލަ އެވެ.

މާތް ނަބިއްޔާ ސުވަރުގެވަޑައިގެންނެވިއިރު، ރޯމަނުންނާ ހަނގުރާމައަށް ފޮނުވުމަށް މާތް ސަހާބީ އުސާމާގެ ކޮމާންޑަރުކަމުގައި ރުކުރުވާލާފައި އޮތް ލަޝްކަރު އެއްވެސް ފަސްޖެހުމެއް ނެތި ޝާމްކަރައާ ދިމާއަށް ފޮނުވާލެއްވިއެވެ. ވަށައިގެން މުރުތައްދުވީ މީހުންނާ ހަނގުރާމަކުރަމުންދާ ދުވަސްވަރެއްގައި ރޯމަނުން ފަދަ ދުނިޔޭގެ ގަދަ ބާރަކާ ކުރިމަތިލައިގަތުމަކީ ސިޔާސީ ގޮތުން އެންމެ ބުއްދިވެރި ގޮތް ނޫންކަމުގައި ބައެއް ސަހާބީން ލަފާދެއްވިނަމަވެސް، އަބޫބަކުރުގެފާނު ވިދާޅުވީ މާތް ނަބިއްޔާ ބަންނަވާފައިވާ ގޮށެއް މޮއްސަވައި ނުލައްވާނެކަމުގަ އެވެ.

ވެރިކަމުން ފުރަތަމަ އަހަރުގެ ތެރޭގައި މުރުތައްދުވީ މީހުންގެ ފިތުނަ ނިވާލެއްވީ ޚާލިދު ބުނު ވަލީދުގެ ކޮމާންޑަރުކަމުގެ ދަށުގައި ކުރެވުނު ގަދަފަދަ ހަނގުރާމަތަކަކުންނެވެ. ނަބީކަމަށް ދައުވާކުރި މުސައިލަމަތުލްކައްޒާބު މަރާލެވުނީ މިހަނގުރާމަތަކުގެ ތެރެއިންނެވެ. އެހަނގުރާމަތަކުގެ އެންމެ ބޮޑު ހިތާމައަކަށްވީ ކީރިތި ގުރުއާން ހިތްޕުޅުން ދަސް ގިނަ އަދަދެއްގެ ސަހާބީން ޝަހީދުވެގެން ދިއުމެވެ. އެޔާއެކު ކީރިތި ގުރުއާން ލިޔެ ޖަމާކުރުމުގެ މަސައްކަތް ފައްޓަވައި އެކަން ކުރެއްވި އެވެ. އެކަމަކީ ވެސް މާތް ނަބިއްޔާއަށްފަހު އަލަށް އުފަންވި ކަމަކަށްވީހިނދު އެކަމާބެހޭ ގޮތުން ވެސް ލައްކަ ގިނަ ބަހުސް މުސްލިމުންގެ ތެރޭގައި ހިނގި އެވެ.

ފާރިސުންނާއި ރޯމަނުން ކުރަމުންދިޔަ ހަނގުރާމަތަކުގެ ބުއްދިވެރި ދަނޑިވަޅަށް ވިސްނާވަޑައިގެން މުސްލިމުންގެ ލަޝްކަރު އެއްފަހަރާ ދެ ދިމާއަށް ފޮނުއްވި އެވެ. ޚާލިދު ބުނު ވަލީދުއާއި މުޘައްނާ ބިން ޙާރިޘަތުގެ ކޮމާންޑަރުކަމުގައި ފާރިސުންނާ ދިމާއަށް ފޮނުއްވި ލަޝްކަރު އިރާގުގެ ބޮޑު ސަރަހައްދުތައް ފަތަހަކޮށް އިސްލާމީ ދައުލަތުގެ ދަށަށް އެތަންތަން ގެނަ އެވެ. ޔަޒީދު ބިން ސުފްޔާނާއި ޢަމްރޫ ބުނުލްޢާޞް ފަދަ ބޭކަލުންގެ ކޮމާންޑަރުކަމުގައި ޝާމްކަރައާ ދިމާއަށް ފޮނުއްވި ލަޝްކަރު އެސަރަހައްދުގެ ބޮޑު ބައި އިސްލާމީ ދައުލަތުގެ ދަށަށް ގެނައީ ރޯމަނުންނާ ކުރިމަތިލައި ފަތަހަ ހޯދައިގެންނެވެ.

މީހަކު ސުވާލުކޮށްފާނެ އެވެ. ބޭނުމަކީ ކޮބާހެއްޔެވެ؟ ބޭނުމަކީ އެސަރަހައްދުގައި ދިރިއުޅޭ އިންސާނުންނަށް އިސްލާމީ ދައުވަތަކީ ކޮބައިކަން ބަޔާންކޮށްދިނުމުގެ މަގު ހޯދުމެވެ. އެޒަމާނުގެ ކާފަރުންގެ ވެރިކަންތަކުގައި މިޒަމާނާ އެއްފަދައިން، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެހެން ދީންތަކުގެ މީހުން އެބައިމީހުންގެ ދީންތަކުގެ ވާހަކަ ދެއްކުމުގެ މިނިވަންކަމެއް ނެތް ތާނގައި، އިންތިހާއަށް ވެރިންނަށް އަޅުވެތިކުރުމުގެ ސަގާފަތް އޮތްކަން ތާރީހުން ފެންނާން އޮވެ އެވެ. އިންސާނުންނާ ހަމައަށް ހައްގު މަގު ބަޔާންކޮށްދިނުމުގެ މަގު ބަންދުވެއްޖެނަމަ އެކަމަށްޓަކައި ޖިހާދުކުރުން ލާޒިމުވާނެކަމާމެދު އިލްމުވެރިންގެ މެދުގައި ހިލާފެއް ނެތެވެ.

އަބޫބަކުރުގެފާނު ކުރެއްވީ ދެއަހަރާއި ތިން މަސްދުވަހުގެ ކުރު ވެރިކަމެކެވެ. މުރުތައްދުވީ މީހުންގެ ފިތުނަ އެކީ އެކަށް ނައްތާލައްވައި ގަބަލިއްޔަތުގެ ކަނިތަކާ އެކީ ނިވާލައްވައި، އިސްލާމީ ދައުލަތް އަލުން ބަދަހިކޮށްލެއްވި އެވެ. އިރާގުކަރައާއި ފާރިސްކަރައިގެ ބިންތަކުން ބައެއް ފަތަހަކުރައްވައި އިސްލާމީ ދައުލަތުގެ ދަށަށް ގެންނެވި އެވެ. މުޅި ޝާމްކަރައާއި ފާރިސްކަރަ އެކީއެކަށް ފަތަހަވެގެންދިއުމުގެ ބިންގާ އެޅުނީ އެހިސާބުންނެވެ.

ފަތަހަވެ މުސްލިމުންގެ ބެލުމުގެ ދަށަށް އައި ރަށްތައް ހިންގެވީ ވަރަށް ބޮޑަށް ލާމަރުކަޒީ އުސޫލަކުންކަމަށް ޒަމާނީ ބައެއް މުއައްރިޚުން ވިދާޅުވެފައި ވެ އެވެ. އެގޮތަށް ވިދާޅުވަނީ، ފަތަހަކުރެއްވުނު ތަންތަނަށް ސީދާ އަބޫބަކުރުގެފާނު ވަޑައިގެންފައި ނުވުމާއި، އެތަންތަނަށް ޚަލީފާ ކަނޑައެޅުއްވި އަމީރުން ކަންތައްކުރަންވީ ގޮތުގެ ކުދިކުދި ތަފުސީލުތައް ގަވާއިދުން އަރުއްވާފައިވާކަން އެނގެން ނެތުމާއި، އެފަދަ އަމީރުން ސްޕަވައިޒްކުރުމުގެ ދައުރު އެހާ ބޮޑަށް ފެންނާނެ ރިވާޔަތްތަކެއް ނެތުމުންނެވެ. އެކަމަކު އަޅުގަނޑުގެ ނަޒަރުގައި އަބޫބަކުރުގެފާނުގެ ވެރިކަން ހިންގަވާފައިވަނީ ލާމަރުކަޒީކޮށް ނުވަތަ މަރުކަޒީކޮށްނޭ ވެސް ދެންނެވޭކަށް ނެތެވެ. އެޔަށްވުރެ އެކަލޭގެފާނުގެ ޚިލާފަތުގެ މުއްދަތު ކުރެވެ. އިރާގުކަރައާއި ފާރިސްކަރައިގެ ފަތަހަތަކުގެ ކުރީކޮޅު އެކަލޭގެފާނު އަވަހާރަފުޅުވެއްޖެ އެވެ.

މާތް ނަބިއްޔާގެ ދުވަސްވަރުގައިވެސް އެކި ރަށްރަށަށް ނުވަތަ ސަރަހައްދުތަކަށް އަމީރުންގެ ގޮތުގައި ބޭބޭކަލުން ވެރިކުރައްވާފައި ވެ އެވެ. އަދި ބައެއް ބޭބޭކަލުން އެކި ސަރަހައްދުތަކަށް ނުވަތަ ރަށްތަކަށް މާތް ނަބިއްޔާ ގާޒީންގެ ގޮތުގައި ވެސް ފޮނުއްވި އެވެ. އެހެންނަމަވެސް މާތް ނަބިއްޔާ ހުންނެވި ތަނުގައި ގާޒީއަކީ އިތުރު އެކަލޭގެފާނެވެ. ހަމަ އެއުސޫލުން ޚަލީފާ އަބޫބަކުރުގެފާނުގެ ޚިލާފަތުގައި އެކި ސަހަރައްދުތަކަށް ގާޒީން ކަނޑައެޅުއްވި ނަމަވެސް، އަބޫބަކުރުގެފާނު ހުންނަވައިފި ސަރަހައްދެއްގައި ގާޒީއަކީ ޚަލީފާ އެވެ. މި ނިޒާމަށް ބޮޑު ބަދަލެއް ގެންނެވީ އަބޫބަކުރުގެފާނެވެ. އެގޮތުން، މުސްލިމުން އެންމެންގެ މައްޗަށް ޚަލީފާ ފިޔަވައި ގާޒީއެއްގެ ގޮތުގައި އުމަރުގެފާނު ކަނޑައަޅުއްވި އެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ޤަޟާއީ ބާރުގެ މުސްތަގިއްލުކަމުގެ ބިންގާ އެޅުއްވީ މުސްލިމުންގެ ފުރަތަމަ ޚަލީފާ އެވެ. ހަމަ މިއުސޫލުން މުސްލިމުންގެ ބައިތުލްމާލު ބެލެހެއްޓެވުމަށް، އަބޫޢުބައިދާ ބުނުލްޖައްރާޙް ކަނޑައެޅުއްވި އެވެ.

ޚަލީފާ އަބޫބަކުރުގެފާނުގެ ޚަލީފާކަން ކުރިޔަށް ގެންދެވުމުގައި، ކޮންމެ ބޮޑު އަދި ކުޑަކަމެއްގައި ބޮޑެތި ސަހާބީންގެ ގޮތުގައި ބެލެވޭ ނުފޫޒުގަދަ ސަހާބީންނާ މަޝްވަރާކުރެއްވުމަކީ، އެކަލޭގެފާނުގެ އާދަފުޅެއްކަމުގައި ހެއްދެވި އެވެ. އާދޭހެވެ! އެހެން ގޮތަކަށް ދަންނަވާނަމަ އަބޫބަކުރުގެފާނުގެ ހިލާފަތުގައި މަޝްވަރާ މަޖިލީހެއްވެސް އޮތެވެ. އެމަޖިލީހުގެ މެންބަރުންނަކީ ސަހާބީންކުރެ ބޮޑެތި ބޭބޭކަލުންނެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox