މަލާވީއަށް އައި ތޫފާނެއްގައި 200 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ތޫފާނުގައި މަގުތަކާއި ބްރިޖުތަކަށް ވަނީ ގެއްލުން ލިބިފައި. -- ފޮޓޯ: އީޕީއޭ

ތޫފާނުގައި މަގުތަކާއި ބްރިޖުތަކަށް ވަނީ ގެއްލުން ލިބިފައި. -- ފޮޓޯ: އީޕީއޭ

މި މަހު ދެކުނު އެފްރިކާ ސަރަހައްދަށް ކުރިމަތިވި ދެ ވަނަ ތޫފާނުގައި މަލާވީއިން 200 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ތޫފާން ފްރެޑީގެ ސަބަބުން ފެންބޮޑުވެ ގެތައް ބިމާ ހަމަވެފައިވާ އިރު، އެންމެ ގިނައިން މީހުން މަރުވީ މަލާވީގެ ކޮމާޝަލް ސެންޓަރު ބްލެންޓަޔާގަ އެވެ.

މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެ އެވެ. ފެންބޮޑުވުމުގެ ސަބަބުން މަލާވީގައި ހަލުވިކަމާ އެކު ކޮލެރާ ފެތުރުމުގެ ނުރައްކާ ބޮޑެވެ.

ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރި 10 ޑިސްޓްރިކްޓުގައި ކުއްލި ނުރައްކާ އިއުލާނުކޮށްފައިވާ އިރު، ރެސްކިއު ޓީމުތަކުގައި އެކަށީގެންވާ އަދަދަށް މީހުން ނެތެވެ.

މަރުވެފައިވާ މީހުންގެ ހަށިތައް ގިނަވުމުގެ ސަބަބުން ބްލެންޓަޔާ ސިޓީގެ މައި ހޮސްޕިޓަލަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ އިރު، އަނިޔާވެފައިވާ މީހުން ވެސް އެހާ ގިނަ އެވެ.

ހޮސްޕިޓަލުގެ މޯޗަރީ އެއްކޮށް ފުރިފައި ވާތީ އާއިލާތަކުން އަވަހަށް ހަށިތަކާ ހަވާލުވެ ޖަނާޒާގެ ކަންކަން ނިންމުމަށް ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.

މަލާވީގެ ސަރުކާރުން ބުނީ 20،000 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށެވެ. ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައިވާ އިރު، މަގުތައް ހަލާކުވެ ފެންބޮޑުވުމުގެ ސަބަބުން ނުދެވޭ ހިސާބުތައް ވެސް އެބަ ހުއްޓެވެ.

އެހެންވެ، މަރުވި މީހުންގެ އަދަދު އަދިވެސް އުފުލޭނެ ކަމަށް ލަފާކުރެވެ އެވެ. މަލާވީގެ ސަރުކާރުން ވަނީ ބައިނަލްއަގްވާމީ އެހީއަށް އެދިފަ އެވެ.

ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ބުނީ ފްރެޑީއަކީ މިހާތަނަށް ރިކޯޑް ކުރި އެންމެ ބާރުގަދަ "ޓްރޮޕިކަލް ސައިކްލޯން" ކަމަށެވެ. މިހާރު އެ ތޫފާނުގެ އަސަރު ކުރަނީ މޮޒަމްބީކްއަށެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި "ޓްރޮޕިކަލް" ތޫފާންތަކުން ކުރާ އަސަރު ގޯސްވަމުން ދަނީ މޫސުމީ ބަދަލާ ހެދި އެވެ. އެގޮތުން ތޫފާންތަކުގައި ވާރޭ ވެހޭ މިންވަރާއި ވައި ޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވަމުންދާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ތޫފާން ފްރެޑީ އެފްރިކާ ބައްރާ ހަމައަށް ފޯރީ ހުޅަނގު އުތުރު އޮސްޓްރޭލިއާއިން ފެށިގެން އިންޑިއާ ކަނޑުގައި 8000 ކިލޯމީޓަރު ދަތުރުކޮށްފަ އެވެ. އެފްރިކާގެ އައްސޭރިފަށާ ހަމައަަށް ފޯރި އިރު، ތޫފާނުގެ ބާރު ހުރީ ރެކޯޑު މިންވަރަށް އިތުރުވެފައި ކަމަށް މޫސުމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox