އެއް ޕަސެންޓްގެ ފުރުސަތެއް އޮތަސް ކްލޮޕް ހުރީ އެ އަށް މަސައްކަތް ކުރަން

Mar 15, 2023, 6:17 AM
އެއް ޕަސެންޓްގެ ފުރުސަތެއް އޮތަސް ކްލޮޕް ހުރީ އެ އަށް މަސައްކަތް ކުރަން

މެޑްރިޑް (މާޗް 15) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ރެއާލް މެޑްރިޑްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް މިރޭ ނުކުންނައިރު ލިވަޕޫލަށް މުބާރާތުގައި ކުރިއަށް ދިއުމަށް އޮތީ "އެއް ޕަސެންޓް"ގެ ފުރުސަތެއް ކަމުގައި ވިޔަސް އެ އަށް ވެސް މަސައްކަތް ކުރާނެ ކަމަށް ލިވަޕޫލް ކޯޗު ކްލޮޕް ބުނެފި އެވެ.

މި ދިޔަ މަހު ލިވަޕޫލް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި އެ ޓީމުން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ރެއާލް ވަނީ ފަހަތުން އަރައި 5-2 އިން މޮޅުވެފަ އެވެ. އެހެންކަމުން، މިރޭ ރެއާލް ދަނޑުގައި މަދުވެގެން ތިން ގޯލުގެ ތަފާތުން މޮޅުވެގެން ނޫން ގޮތަކަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިވަޕޫލަށް ނެތެވެ.

މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުނީ މީގެ ތިން ހަފްތާ ކުރިން ލިވަޕޫލް ދަނޑުގައި އެ ނުކުތް ނަތީޖާއާ އެކު ރެއާލަަށް ވަނީ ގާތްގަނޑަކަށް ކުއާޓާ ފައިނަލުގެ ޖާގަ ލިބިފައި ކަމަށެވެ.

"އެ މެޗަށް ތިން ހަފްތާ ފަހުން އަހަރެމެން މި ތިބީ ދެ ވަނަ ލެގު ކުޅެން އައިސް. އެންމެ ޕަސެންޓެއްގެ ޗާންސެއް (ފުރުސަތެއް) އޮތަސް. އަހަރެން ބޭނުން އެ އަށް ވެސް މަސައްކަތް ކުރަން. ޔަގީންކަމާ އެކު ބުނަން ކެރޭ ވާހަކަ އަކީ އަހަރެމެން މި ތިބީ ވަރަށް އުނދަގޫ ޓީމަކާ ދެކޮޅަށް ކުޅެން އައިސް، މި މެޗުގެ އެއްވެސް ކަމެއް ފަސޭހައެއް ނުވާނެ،" ކްލޮޕް ބުންޏެވެ.

އަނިޔާގެ ސަބަބުން ލިވަޕޫލުން މި މެޗުގައި ކުޅޭނީ ސްޕެއިނުގެ ޒުވާން މިޑްފީލްޑަރު، ސްޓެފަން ބަޖެޓިޗް އާއި ކެޕްޓަން ޖޯޑަން ހެންޑަސަން ނުލަ އެވެ.

ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ލިވަޕޫލް 7-0 އިން މޮޅުވި ނަމަވެސް އެންމެ ފަހުން ކުޅުނު މެޗުގައި ރެލިގޭޝަން ޒޯނުގައި އޮތް ބޯންމައުތު އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ. ލިވަޕޫލް މި ފަހަރު ރަށުންބޭރުގައި ކުޅޭ މެޗުތަކުގައި އޮތީ ދަށް ރެކޯޑެކެވެ.

ކްލޮޕް ބުނީ ރެއާލް ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރު، ނެގެޓިވް ވިސްނުމެއް އަންނަ ފަދަ ވާހަކަތަކެއް ދައްކަން ބޭނުންނުވާ ކަމަށެވެ.

ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ އޭނާގެ ޓީމުން މެޗަށް ނުކުންނާނީ ފުރަތަމަ ލެގުގައި އެ ހިނގާދިޔަ ކަންތައްތަކަށް މާ ބޮޑަށް ނުވިސްނައި އުނދަގޫ މެޗެއް ކުޅެންޖެހޭނެ ކަމަށް އެ އަށް ތައްޔާރުވެގެން ކަަމަށެވެ.

ލީގުގައި ރެއާލުން މި ހަފްތާގައި ކުޅުނު މެޗުގައި ރެއާލްގެ ކެޕްޓަން، ކަރީމް ބެންޒެމާ އަނިޔާގެ ސަބަބުން ނުކުޅުނު ނަމަވެސް މިރޭ ލިވަޕޫލާ ދެކޮޅަށް ފިޓް ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

ރެއާލް ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox