މަރުގެ ހުކުމަށް ފަހު ބައި ގަރުނު ޖަލުގައި ހުރި މީހަކަށް އަލުން ޝަރީއަތް

ޖަޕާނުގެ އިވާއޯ ހަކަމާޑާ. -- ފޮޓޯ: އޭއެފްޕީ

ޖަޕާނުގެ އިވާއޯ ހަކަމާޑާ. -- ފޮޓޯ: އޭއެފްޕީ

މަރުގެ ހުކުމް ތަންފީޒު ކުރާނެ ދުވަހެއްގެ އިންތިޒާރުގައި ގާތްގަނޑަކަށް ބައި ގަރުނު ޖަލުގައި ހުރި ޖަޕާން މީހެއްގެ ޝަރީއަތް އަލުން ހިންގަން ނިންމައިފި އެވެ.

އުމުރުން 87 އަހަރުގެ އިވާއީ ހަކަމާޑާއަކީ މަރުގެ ހުކުމް ތަންފީޒު ކުރާނެ ދުވަހެއްގެ އިންތިޒާރުގައި އެންމެ ގިނަ ދުވަހު ޖަލެއްގައި ހުންނަން ޖެހުނު މީހާ އެވެ.

އޭނާގެ މައްޗަށް 1968 ވަނަ އަހަރު ހުކުމް އިއްވީ 1966 ވަނަ އަހަރު އޭނާއަށް ވަޒީފާ ދިން މީހަކާއި އޭނާގެ އަންހެނުން އަދި ދެ ދަރިން މަރާލި ކަމަށް ސާބިތުވުމުންނެވެ.

ކުރިން ޕްރޮފެޝަނަލް ބޮކްސިން ކުޅުންތެރިއެއްގެ ގޮތުގައި އުޅުނު ހަކަމާޑާ ކުށަށް އިއުތިރާފްވީ ހައްޔަރު ކުރިތާ 20 ދުވަސް ފަހުންނެވެ. ފަހުން ކޯޓުގައި އެ އިއުތިރާފް އަނބުރައި ގެންގޮސް، އޭނާ ބުނީ ތަހުގީގުގެ މަރުހަލާގައި އަނިޔާކުރި ކަމަށެވެ.

އެ މައްސަލައިގެ ޝަރީއަތް އަލުން ހިންގަން ނިންމި އިރު، ފަނޑިޔާރުން ބަލާނީ ގާތިލް ލައިގެން ހުރި ކަމަށް ބެލެވޭ ހެދުމައި ހުރި ލޭގެ ޑީއެންއޭ ހަކަމާޑާގެ ޑީއެންއޭއާ ދިމާވޭތޯ އެވެ.

ހަކަމާޑާގެ ވަކީލުން ބުނާ ގޮތުގައި އެ ޑީއެންއޭ ދިމާނުވެ އެވެ. އަދި މީގެ ކުރިން ޝަރީއަތް ހިންގީ ހެކި އުފައްދައިގެން ކަމަށް ވެސް ވަކީލުން ބުނެ އެވެ.

މީގެ ކުރިން 2014 ވަނަ އަހަރު ވެސް ކޯޓުން އަލުން ޝަރީއަތް ހިންގަން އަންގައި ހަކަމާޑާ މިނިވަން ކުރި އެވެ. އެހެން ނަމަވެސް ޓޯކިޔޯގެ ހައި ކޯޓުން އެ ނިންމުން ބާތިލްކުރި އެވެ.

ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ފަނޑިޔާރުން އެންގީ ހައި ކޯޓުން އަލުން މައްސަލަ ބެލުމަށެވެ. އެއަށްފަހު ހައި ކޯޓުން ނިންމީ އަލުން ޝަރީއަތް ހިންގުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox