އައިބީބީ އިން ތައާރަފު ކުރީ މުދާ އުފުލުމަށް އިންގިލާބީ ދެ އުޅަނދު

މެރިން އެކްސްޕޯގައި ހުރި އައިބީބީގެ ސްޓޯލް. އެ ސްޓޯލް ހުންނަނީ އެކްސްޕޯއިން ހުޅުމާލެ ހޮސްޕިޓަލަށް ނުކުންނައިރު، ކަނޤތެފަޅީގައި -- ފޮޓޯ: އައިބީބީ

މެރިން އެކްސްޕޯގައި ހުރި އައިބީބީގެ ސްޓޯލް. އެ ސްޓޯލް ހުންނަނީ އެކްސްޕޯއިން ހުޅުމާލެ ހޮސްޕިޓަލަށް ނުކުންނައިރު، ކަނޤތެފަޅީގައި -- ފޮޓޯ: އައިބީބީ

"މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެ"

"މުދާ އުފުލާ ދޯންޏެއް ދިޔަވެ އަޑިއަށް ދަނީ"

މީގެ ކުރީގެ ހަބަރު ސުރުހީތަކެކެވެ. މަދުން ނަމަވެސް އިވޭ ބިރުވެރި ވާހަކަ އެކެވެ. ހިތަށް އަސަރު ކުރުވާ ހިތްދަތި ވާހަކަ އެކެވެ. ގިނަފަހަރު އަހަރުމެންނަށް ހަމްދަރުދީގެ ކަޅިން ހަމައެކަނި އޮޑީވެރިޔާއަށް ބަލައިލެވުނު ނަމަވެސް ހަގީގަތުގައި އަޑިއަށް އެދަނީ އެތައް ބައެއްގެ ވިޔަފާރި އެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތެވެ. އެތައް އާއިލާއެއްގެ ހުވަފެންތަކެވެ. އެތައް ދަރީންނެއްގެ މުސްތަގުބަލެވެ.

އެފަދަ ގިނަ ހާދިސާތައް ހިނގާފައި ހުންނަ ގޮތަށް ނަޒަރު ހިންގާލުމުން ސާފުވާން އޮންނަނީ ދެތިން މަންޒަރެކެވެ. ބައެއް ފަހަރު އެންމެ އެކަށީގެންވާ ގޮތަށް ސަލާމަތީ ކަންކަން ބެލެހެއްޓިފައި ނުހުންނަ ކަމެވެ. އަނެއްބައި ފަހަރު ފަރުވާކުޑަ ކަމެވެ. ދެން އޮންނަނީ މުދާ އުފުލަން ބޭނުން ކުރި އޮޑީގެ ދެރަކެމެވެ.

މިހާރު ކުރިއަށްދާ މެރިން އެކްސްޕޯގައި އައިބީބީއިން ގެނެސްދެނީ އެފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވާނެ މަގެކެވެ. ރިސޯޓު ސަޕްލައިއަށް ހާއްސަ އާރުއެސް85 އާއި މުދާ އުފުލުމަށް ހާއްސަ ސީ95 އެވެ.

އައިބީބީގެ އާރުއެސް85 މޮޑެލް
އައިބީބީގެ އާރުއެސް85 މޮޑެލް

އައިބީބީގެ އާރުއެސް85 މޮޑެލް

އައިބީބީއިން މުޅީން އަލަށް ތައާރަފު ކުރި އެ ދެ މޮޑެލަކީ 17 އަހަރުގެ ތަޖުރިބާއާ އެކު އެތައް ބައެއްގެ ޝަކުވާތައް އަޑުއެހުމަށްފަހު ތައްޔާރު ކުރި ދެ މޮޑެލެވެ. އެންމެ ޒަމާނީ ސިފަތައް ހިމަނައިގެން ފަރުމާ ކޮށްފައިވާ އެ ދެ އުޅަނދުގައި މިހާރު އާންމުކޮށް މުދާ އުފުލުމަށް ބޭނުން ކުރާ އުޅަނދުތަކާ ތަފާތު އެތައް ކަމެއް ހިމެނެ އެވެ. މެރިން އެކްސްޕޯގައި ހުރި އައިބީބީގެ ސްޓޯލު ވެސް ހާއްސަ ކޮށްފައި ހުރީ އެ ދެ އުޅަނދަށެވެ.

"އަޅުގަނޑުމެން މި ދެ ވެސެލް އެންމެ ފަހުގެ ޑިޒައިނަށް ތައްޔާރު ކުރީ ވަރަށް ގިނަ ރިސޯޓު ސްޕަލައި ވެސެލްތަކުގައި މަސައްކަތް ކުރާ ކެޕްޓަނުންނާއި ފަޅުވެރިންނާ ވެސް ވާހަކަ ދައްކާފައި ކަންބޮޑުވުންތަކަށް ބަލާފައި،" އައިބީބީގެ މެނޭޖިން ޑިރެކްޓަރު، ހަސަން ރައީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ގިނަ ބޭފުޅުން ފާހަގަކުރީ ބައެއް ފަރާތްތަކުން ބަންނަ އޮޑީގެ ހަލް ޑިޒައިނުގައި ހުންނަ އުނި ކަންކަމުގެ ސަބަބުން އޮޑި ކަނޑަށް ބަލިވުމާއި އޮޑި ބަނދަރުކޮށްފައި ފައިބައިގެން ދާއިރު، ބަރާކޮށްފައި ހުންނަ މުދާ އެންމެ އެކަށީގެންވާ ގޮތަކަށް ރައްކާ ނުކުރެވޭ ކަމުގެ ޝަކުވާ އާއި ފިނި ކޮންޓޭނަރަށް މުދާ ބަރު ކުރާއިރު ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ކަމަށެވެ.

އެ ދެ އުޅަނދު ޑިޒައިން ކޮށްފައިވަނީ އެ ކަންކަމަށް ހައްލު ލިބޭނެ ގޮތަށް ކަމަށް ރައީފް ވިދާޅުވި އެވެ. އެގޮތުން އެ ދެ އުޅަނދަކީ ސެމީ ޑިސްޕްލޭސްމަންޓް ޑިޒައިނެއްގެ ހަލް ކަމަށާއި އެ ދެ އުޅަނދަކީ ވެސް ވަށައިގެން ބަންދު ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ދެ އުޅަނދު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އާރުއެސް85 އުޅަނދު ފަރުމާ ކޮށްފައި ވާނީ ފަސޭހަކަމާއިއެކު މުދާ ބަރުކޮށް ބޭލޭނެ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

އައިބީބީގެ ސީ95 މޮޑެލް
އައިބީބީގެ ސީ95 މޮޑެލް

އައިބީބީގެ ސީ95 މޮޑެލް

"އޭގެއިތުރުން ވެސް އަޅުގަނޑުމެން ވާނީ އެބޭފުޅުން ފާހަގަ ކުރި ހުރިހާ ކަންކަމަކަށް ވެސް ހައްލު ލިބޭނެ ގޮތަށް މި ދެ އުޅަނދު ފަރުމާ ކޮށްފައި،" ރައީފް ވިދާޅުވި އެވެ.

"އެކްސްޕޯއަށް މި ދެ މޮޑެލް މި ތައާރަފު ކުރީ މިހާރުވެސް ބައެއް ރިސޯޓުތަކުން އެބަ އުޅޭ މުދާ އުފުލުމަށް ބޭނުން ކުރަން ރަނގަޅު އޮޑިދޯނިފަހަރު ނުލިބިގެން، މިހާރުވެސް އަޅުގަނޑުމެންގެ ބޯޓު ޔާޑުގައި މީގެ ދެ ބޯޓު ބަންނަމުން މިދަނީ."

އާރުއެސް85

އެންމެ ފަހުގެ ޒަމާނީ ސިފަތައް އެކުލެވޭ ގޮތަށް ޑިޒައިން ކޮށްފައިވާ އާރުއެސް85 އަކީ ރިސޯޓު ސްޕްލައިއަށް ހާއްސަ އުޅަނދެކެވެ. ސަތޭކަ އިންސައްތަ ފައިބަރުން ތައްޔާރުކޮށްފައިވާ އެ ބޯޓުގައި ކޯލްޑު ސްޓޮރޭޖުގެ ގޮތުގައި 20 ފޫޓުގެ ދެ ފިނި ކޮންޓޭނަރު ހުރެ އެވެ. ނަމަވެސް ކަސްޓަމަރު ބޭނުންވެއްޖެނަމަ ދެ ކޯލްޑު ރޫމުގެ ބަދަލުގައި ޗިލަރު ނުވަތަ ފްރީޒަރު ވެސް އޭގައި ބަހައްޓައިދެ އެވެ. ވަށައިގެން ބަންދުކޮށް ތަޅުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެ އުޅަނދުގެ ފަހަތުގައި އިތުރު ރީފާ ކޮންޓޭނަރެއް ބެހެއްޓޭނެ ޖާގަ އޮވެ އެވެ. އޭގެއިތުރުން ކަސްޓަމަރުން ބޭނުންވާނެ ގޮތަކަށް އެ އުޅަނދު އައިބީބީ އިން ކަސްޓަމައިޒް ވެސް ކޮށްދެ އެވެ. އަދި މީގެ އިތުރުން އޮޑިގައި ކެޕްޓަނަށް ޚާއްސާ ކޮޓަރިއަކާއި އޮފީހެއްވެސް ޤާއިމްކުރެވިފައި ހުންނާނެއެވެ.

އިތުރު މައުލޫމާތު:

•އޮޑީގެ ދިގުމިން: 85 ފޫޓު

•އޮޑީގެ ފުޅާމިން: 27 ފޫޓު

•ފިނި ކޮންޓޭނަރުގެ ބޮޑުމިން: ދިގުމިނުގައި 20 ފޫޓު، ފުޅާމިނުގައި 8 ފޫޓު އަދި އުސްމިނުގައި 6.5 ފޫޓު

•އިންޖީނުގެ ބާރު: 500 ހޯސް ޕަވަރު

•އަންދާޒާ ކުރާ ދުވެލި: 13.2 ނޮޓު

•ބަރާ ކުރެވޭ ބަރުމިން: 155 ޓަނު

•ފަޅުވެރިންގެ ޖާގައިގެ އަދަދު: 8

ސީ95

ކޮންމެ މޫސުމެއްގައި ވެސް މުދާ ބަރާކޮށްގެން ދަތުރު ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މި އުޅަނދަކީ މުދާ އުފުލައި ސަޕްލައި ކުރުމުގެ މަސައްކަތަށް އިންގިލާބީ ބަދަލެއް ގެނުވާނެ މޮޑެލެއް ކަމަށް އައިބީބީ އިން ބުނެ އެވެ. އެއީ 100 އިންސައްތަ ފައިބަރުން ތައްޔާރު ކޮށްފައިވާ މި އުޅަނދަކީ މަތިން އެއްކޮށް ހާމައަށް އޮންނަ އޯޕަން ޑެކު ދޯންޏެކެވެ. ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ކަސްޓަމައިޒް ކޮށްދޭ އެ ދޯނީގެ ހަލްއަކީ އެންމެ ގަދަ ކަނޑުގައި ވެސް ޓެސްޓުކޮށް ކާމިޔާބު ހޯދައިފައިވާ ހަލް އެކެވެ.

އިތުރު މައުލޫމާތު:

• އޮޑީގެ ދިގުމިން: 95 ފޫޓު

• އޮޑީގެ ފުޅާމިން: 29 ފޫޓު

• އިންޖީނުގެ ބާރު: 550 ހޯސް ޕަވަރު

• އަންދާޒާ ކުރާ ދުވެލި: 13.5 ނޮޓު

• ބަރާ ކުރެވޭ ބަރުމިން: 200 ޓަނު

• ފަޅުވެރިންގެ ޖާގައިގެ އަދަދު: 7

މީގެ ސަތާރަ އަހަރު ކުރިން ވުޖޫދުވެގެން އައި އައިބީބީ އަކީ ރާއްޖޭގެ ކަނޑުތަކަށް ހެޔޮވަރު އޮޑިދޯނިފަހަރު ބަނުމުގައި ތަޖުރިބާކާރު ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ ރާއްޖޭގެ ބައެއް ބޮޑެތި ރިސޯޓުތަކުގައި ބޭނުން ކުރުމަށް އެކި ވަރުގެ އުޅަނދުތައް ބަނދެ ކަނޑަށް ބާލައިފަ އެވެ.

އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އެންމެ ރަނގަޅު، ކޮލެޓީ ޑިޒައިންތަކުގެ އުޅަނދުފަހަރު ކަސްޓަމަރުން އެދޭ ގޮތަށް ތައްޔާރު ކުރުމަށް ކަމަށް އައިބީބީ އިން ބުނެ އެވެ.

އައިބީބީ އިން ދޯނިފަހަރު ގަންނަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން 7882727 ނުވަތަ ފޯން 3315551 އަށް ގުޅައިގެން ނުވަތަ info@ibb.com.mv އަށް އީމެއިލްކޮށްގެން ކުރިއަށް ގެންދެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

Newsletter

Get the latest news delivered straight to your inbox