ފަހަތުން އަރައި މޮޅުވެ ރެއާލަށް ހަމަޖެހުމެއް

Mar 11, 2023, 6:44 PM
ރެއާލްގެ ވިނީޝިއުސް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ރެއާލްގެ ވިނީޝިއުސް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މެޑްރިޑް (މާޗް 11) - ސްޕެނިޝް ލީގުގައި އެސްޕަންޔޯލުން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 3-1 އިން މޮޅުވެ، ރެއާލް މެޑްރިޑުން ހަމަޖެހުމެއް ހޯދައިފި އެވެ.

މިއީ ލީގުގައި އެންމެ ފަހުން ރެއާލް ކުޅުނު ތިން މެޗުގެ ތެރެއިން ހޯދި ފުރަތަމަ މޮޅެވެ. މި މޮޅާ އެކު، ރެއާލް ވަނީ ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ހަ ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ބާސެލޯނާ އަށް 24 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 25 މެޗުން 56 ޕޮއިންޓް ލިބިފަ އެވެ.

ރެއާލް ދަނޑުގައި މިރޭ ފުރަތަމަ ލީޑުނެގީ އެސްޕަންޔޯލުންނެވެ. މެޗުގެ އަށް ވަނަ މިނިޓްގައި އެސްޕަންޔޯލްގެ ރުބެން ސަންޗޭޒް ނެގި ހުރަހަކަށް އަރައި، އޭރިއާތެރެއިން ހޮސޭލޫ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މެޗުގެ 22 ވަނަ މިނިޓްގައި ރެއާލުން އެއްވަރުކުރި ގޯލު ޖެހީ ވިނީޝިއުސް ޖޫނިއާ އެވެ. ޓޯނީ ކްރޫސް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ވިނީޝިއުސް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ލީޑުނެގި އެވެ. މެޗުގެ 39 ވަނަ މިނިޓްގައި މި ލަނޑު ޖެހީ އެޑާ މިލިޓާއޯ އެވެ. މިއީ އައުރެލިން ޗުއަމެނީ ނެގި ހުރަހަކަށް ފުންމައިގެން އަރައި، މިލިޓާއޯ ބޮލުންޖެހި ގޯލެކެވެ. ރެއާލަށް ތިން ޕޮއިންޓް ޔަގީންވީ މެޗުގެ އިތުރު ވަގުތުގައި މާކޯ އަސެންސިއޯ ޖެހި ގޯލުންނެވެ. އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ބޯޅަ އަސެންސިއޯ ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފަ އެވެ.

އަންނަ ހަފްތާގައި ލީގުގައި އެލް ކްލަސިކޯ މެޗު ކުޅެން ޖެހުމުގެ ކުރިން ބާސެލޯނާ އިން އަލުން ނުވަ ޕޮއިންޓަށް ލީޑުފުޅާކުރަން ފުރުސަތު އެބައޮތެވެ. އެއީ މާދަމާރޭ އެތުލެޓިކް ބިލްބާއޯގެ މައްޗަށް ކުރިހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox