"ސޫޝީ ޓެރާ" ވީޑިއޯތަކާ ގުޅިގެން ޖަޕާނުގައި ބަޔަކު ހައްޔަރުކޮށްފި

ވީޑިއޯތައް އާއްމުވުމުން ގިނަ ބަޔަކު ނުރުހުން ފާޅުކުރި. -- ފޮޓޯ: އޭއެފްޕީ

ވީޑިއޯތައް އާއްމުވުމުން ގިނަ ބަޔަކު ނުރުހުން ފާޅުކުރި. -- ފޮޓޯ: އޭއެފްޕީ

މުޅި ދުނިޔޭގައި ވެސް މަގްބޫލު ޖަޕާނުގެ ސޫޝީއާ ގުޅޭ ސާފުތާހިރުކަން ކުޑަ އަމަލުތައް ހިންގައި އޭގެ ވީޑިއޯތައް ދައުރު ކުރި މައްސަލައިގައި ޖަޕާނުގެ ފުލުހުން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ މަހު އެންމެ ފުރަތަމަ އާއްމުވި ވީޑިއޯގައި ފެންނަނީ ސޫޝީ ރޭލެއްގައި މީހަކު ސޯއި ސޯސް ފުޅިއެއްގައި ދޫ ލާ މަންޒަރެވެ. އެ ވީޑިއޯ ފެނި ގިނަ ބަޔަކު ނުރުހުން ފާޅުކުރި އެވެ.

ކޫރާ ސޫސީ ރެސްޓޯރެންޓެއްގައި ސޯއިސޯސް ފުޅީގެ އިތުރުން އެ ރެސްޓޯރެންޓުގައި ބޭނުންކުރާ ތަށިތަކުގައި ކުޅު ހާކާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.

އޭގެ ފަހުން ސޫޝީ ރެސްޓޯރެންޓުތަކުގައި މީހުން ގަސްދުގައި ސާފުތާހިރުކަން ކުޑަ އަމަލުތައް ހިންގައި ވީޑިއޯ ސޯޝަލް މީޑިއާއަށް އަޕްލޯޑްކުރި އެވެ.

ޖަޕާނުގެ ބޮޑެތި ސޫޝީ ރެސްޓޯރެންޓުތަކުން ވަނީ އެ ތަންތަނުގެ ކާބޯތަކެތީގެ ސާފުތާހިރުކަން ނަގައި ނުލުމަށް ގޮވާލައި، އެކަން ކުރަމުންދާ މީހުން ހުއްޓާލުމަށް އެދިފަ އެވެ.

ޖަޕާނުގެ ރެސްޓޯރެންޓުތަކުގައި "ކޮންވެޔާ ބެލްޓު" މެދުވެރިކޮށް ސޫޝީ ފޯރުކޮށްދެ އެވެ. ވީޑިއޯތައް އާއްމުވުމުން ބައެއް ރެސްޓޯރެންޓުތަކުން ވަނީ އެ ހިދުމަތް ހުއްޓާލައިފަ އެވެ.

އިރުމަތީގެ ޖަޕާނުގެ ޗައުޝިމަރޫ ރެސްޓޯރެންޓު ޗެއިނުން ބުނީ ކަސްޓަމަރަކު އިނގުރު އަސާރަ ފުޅިއެއްގެ ތެރެއަށް ސިނގިރޭޓެއް ލީ ފަހުން ކޮންވެޔާ ބެލްޓު ހިދުމަތް ހުއްޓާލާފައިވާ ކަމަށެވެ.

ޖަޕާނަކީ ސާފުތާހިރުކަމާއި ކާބޯތަކެއްޗާ ގުޅިގެން ގެންގުޅޭ ރީތި އާދަތަކަށް ޒަމާނުއްސުރެ މަޝްހޫރު ގައުމެކެވެ. އެހެންވެ، "ސޫޝީ ޓެރަރިޒަމް" ވީޑިއޯތަކާ މެދު އާއްމުން ހިތްހަމަނުޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox