އަންހެނުންގެ ދުވަހާ ގުޅުވައިގެން ހިދުމަތްތަކުން 50 ޕަސެންޓުގެ ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފެމިލީ ޑެންޓަލް ކެއާއިން ފަށައިފި އެވެ.
މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަން ހާއްސަ ކޮށްފައިވަނީ އަންހެނުންނަށް އެކަންޏެވެ.
ޕްރޮމޯޝަނުގެ މުއްދަތުގައި ޑިސްކައުންޓު ލިބޭނީ އެ ކުލިނިކުން ފަރުވާ ހޯދުމަށް އަސަންދައިން ކެނޑުމަށްފަހު ދައްކަންޖެހޭ ފައިސާއިންނެވެ.

ފެމިލީ ޑެންޓަލް ކެއާގެ ފަރުވާދޭ ކޮޓަރިއެއް -- ފޮޓޯ: ފައިލް
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވި އެ ކުލިނިކުން ދަތުގެ އެކި މައްސަލަތަކަށް ދޭ ގިނަ ފަރުވާތައް ލިބެ އެވެ. އެއީ:
- ސްކޭލިން އެންޑު ޕޮލިޝިން
- ދަތް ސާފުކުރުން
- ރޫޓު ކޭނަލް ޓްރީޓްމަންޓް
- މެޓަލް ސެރަމިކް ކުރައުން
- ޒާކޯނިއާ ކުރައުން
- ފިކްސްޑު ޕާޝަލް ޑެންޗާ
- އާރުޕީޑީ
- ކޮމްޕުލީޓު ޑެންޗާ
- ދަތް އުފުރައިދިނުން
- ކޮމްޕޮސިޓް ފިލިން
- ގުލާސް އަޔޮނޯމާ ފިލިން
- އޯތޮޑޮންޓިކް ބުރޭސް
ފެމިލީ ޑެންޓަލް ކެއާއަކީ ސައްތައިންސައްތަ އަންހެނުންގެ ހިއްސާ އޮންނަ މައު ހޯލްޑިން ޕްރައިވެޓު ލިމިޓެޑުން ހިންގާ ކުލިނިކެކެވެ.
ފެމިލީ ޑެންޓަލް ކެއާ ހުންނަނީ ގަލޮޅު ދަނޑުގެ އިރުމަތީ މަގުގައި ހުންނަ ސަންއީސްޓުގެ ދެވަނަ ފަންގިފިލާގަ އެވެ.
ކުލިނިކުން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން އެޕޮއިންޓުމަންޓު ހެއްދުމަށް ގުޅާނީ، އެ ކުލިނިކުގެ ނަންބަރު، 7954089 އަށެވެ.
ކުލިނިކު ހުޅުވައިފައި ހުންނާނީ ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށް އަދި ހަވީރު 5:00 އިން ރޭގަނޑު 9:00 އަށެވެ.










