އަމީނީ މަގު އެއްކޮށް ހަދާ ނިމުމުން ފެން ބޮޑުވުމުގެ މައްސަލަ ހައްލުވާނެ: އާރުޑީސީ

އަމީނީ މަގު ފުރަތަމަ ތިން ސެގްމެންޓުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އަމީނީ މަގު ފުރަތަމަ ތިން ސެގްމެންޓުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ތާރުއަޅާފައިވާ ބައިގައި ފެންބޮޑު ވަނީ އެ މަގު އެއްކޮށް ހަދާ ނުނިމޭތީ ކަމަށާއި، މަގު އެއްކޮށް ހަދާ ނިމުމުން ފެންބޮޑުވުމުގެ މައްސަލަ ހައްލުވާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.

އަމީނީ މަގުގެ ތާރު އެޅި ބައިގައި ފެންބޮޑުވެފައިވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އާރުޑީސީގެ އޮފިޝަލަކު މިއަދު "އަދަދު" އަށް ވިދާޅުވީ މެދުނުކެނޑި ބޯކޮށް ވާރޭ ވެހޭ ދުވަހެއްގައި ވާރޭ ވެހޭ ވަގުތު ފެން ބޮޑުވެފައި އޮތް ނަމަވެސް, ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެންގަނޑު އެއްކޮށް ހިނދޭނެ ކަމަށެވެ.

އަދި މަގު ހަދާ އެއްކޮށް ނިމުމުން އެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެން ހިންދާ ނިޒާމު އެއްކޮށް ފުރިހަމަ ވެގެންދާނީ އަމީނީ މަގު ނިމޭއިރު.. އަދި މުޅި މަގު ނިމޭއިރު ފެންހިންދާ ނިޒާމް އަޕްގްރޭޑް ކުރެވި އާ ޕަމްޕްތައް ވެސް ބެހެއްޓިގެންދާނެ," އޭނާ ވިދާޅުވި އެވެ.

އަމީނީ މަގުގެ ތާރުއެޅި ބައި އާންމުންނަށް ހުޅުވާލީ އިއްޔެ އެވެ. މިހާރު ތާރުއަޅައި އާންމުންނަށް ހުޅުވާލާފައިވަނީ އެ މަގުގެ ފުރަތަމަ ތިން ސެގްމެންޓެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ޕްލޭނިން މިނިސްޓްރީއިން ހަވާލުކުރީ އާރުޑީސީއާ އެވެ. ނަމަވެސް އެ ކުންފުނިން ގެނައި ތާރުއަޅާ މެޝިންތައް ބަހައްޓާނެ ބިމެއް ލިބުން ލަސްވުމާ އެކު، އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކުރުމަށް އެ ކުންފުނިން ތާރު އެޅުން އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ މަހުގެ 11 ގަ އެވެ.

އެއާއެކު އެ މަގުގެ ފުރަތަމަ ތިން ސެގްމެންޓުގައި އެމްޓީސީސީއިން ތާރުއަޅާ ނިންމާލީ 14 ފެބްރުއަރީ ގައި ފަސް ގަޑިއިރުގެ މަސައްކަތުންނެވެ. އެގޮތުން ތާރުއަޅާ ނިންމާލާފައިވަނީ ސްޓެލްކޯ ސަރަހައްދާ ހަމައަށެވެ. މިހާރު އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ދަނީ އެ ހިސާބުން ފެށިގެން ގަލޮޅު ޕޮލިސް ސްޓޭޝަނާ ހިސާބަށް މަގު ކޮނުމުގެ މަސައްކަތެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަ މަހުގެ ފުރަތަމަ ހަފުތާގައި މަޖިލީހުގައި ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު ބެލެވޭ ތާރީހަކީ އަންނަ ސެޕްޓެމްބަރު މަހުގެ 27 އަށް ކަމަށެވެ.

ޖުމްލަ 15 ސެގްމަންޓަކަށް ބަހާލައިގެން އަމީނީ މަގު ހެދުމަށް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 84 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox