ވޮލީބޯލް އެކަޑެމީ އޮފް މޯލްޑިވްސްއާ އެކު ޖޫނިއާ ކުޅުންތެރިން ތަމްރީންވާން ރަނގަޅު ފުރުސަތެއް

Mar 6, 2023, 3:35 AM
ބްރެޒިލްގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ، ގީބާއާ އެކު ބޭއްވި ސެޝަންގެ ތެރެއިން.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ބްރެޒިލްގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ، ގީބާއާ އެކު ބޭއްވި ސެޝަންގެ ތެރެއިން.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ވޮލީބޯލް އެކަޑެމީ އޮފް މޯލްޑިވްސްއާ އެކު ތަމްރީންވާން ބޭނުންވާ 16 އަހަރުން ދަށުގެ ކުޅުންތެރިންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ވޮލީބޯޅަ ކޯޗެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތްކުރި އަދި ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ މުހައްމަދު ޝާފީ ހިންގަމުން އަންނަ ވޮލީބޯޅަ އެކަޑެމީ އޮފް މޯލްޑިވްސް އިން މަސައްކަތް ކުރަމުން އަންނަނީ ޖޫނިއާ ލެވެލްގެ ޓީމުތަކެއް ތައްޔާރު ކުރުމެވެ.

އެކަޑެމީގެ މި އަހަރުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވަނީ 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުޅުންތެރިންގެ ފަރިތަކުރުންތަކާ އެކުގަ އެވެ. އެ ގޮތުން އެކަޑެމީގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް މިހާރު އޮތީ ފުރުސަތު ހުޅުވާލައިފަ އެވެ.

ޓްރައިއައުޓްސްގައި ބައިވެރިވުމަށް މި ޕޯސްޓްގައިވާ ކިއުއާރް ކޯޑު މެދުވެރިކޮށް ކުރިއަށްދެވޭނެ.

ވޮލީބޯލް އެކަޑެމީ އޮފް މޯލްޑިވްސް ކޯޗު، ޝާފީ އަކީ އެފްއައިވީބީ ލެވެލް ތިނެއްގެ ސަނަދު އޮތް ކޯޗެކެވެ. އޭނާ އަކީ 2000ގެ ކުރީކޮޅު ވީއޭއެމުން ކުރިއަށްގެންދިޔަ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގައި އިސްކޮށް ހަރަކާތްތެރިވި ކޯޗެކެވެ. އޭނާ އަކީ 2014ގެ ގައުމީ މުބާރާތުގެ އަންހެން ޑިވިޝަނަށްގެ ތަށި އައްޑޫ ސްޕޯޓްސް ކުލަބަށް ހޯދައިދިން ކޯޗެވެ.

ކޯޗިންގެ ތެރޭގައި އަމަލީ ގޮތުން ގިނަ ދުވަސްތަކެއްގައި އުޅުމަށް ފަހު އޭނާ ވަނީ ވީއޭއެމްގެ ހިންގުމުގެ ގިނަ މަގާމުތަކުގައި މަސައްކަތްކޮށްފަ އެވެ. އެ ގޮތުން ޓެކްނިކަލް ޑިޕާޓްމެންޓުގެ ގިނަ މަގާމުތަކާއި އެޑްމިނިސްޓްރޭޓިވް ލެވެލްގެ އިތުރުން ވީއޭއެމުގެ ގިނަ މުބާރާތްތައް ހިންގުމުގައިވެސް އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ.

ވޮލީބޯލް އެކަޑެމީ އޮފް މޯލްޑިވްސް އިން ޒުވާން ކުޅުންތެރިން ކުރިއެރުވުމުގެ މަސައްކަތްކުރަމުން އަންނައިރު، އަމިއްލަ ގޮތުން ގިނަ ކޯޗުންތަކެއް މިހާރުވެސް އަންނަނީ ޖޫނިއާ ތަމްރީން ޕްރޮގްރާމްތަކާއި ވޮލީބޯޅައިގެ ބޭސިކް ދަސްކޮށްދޭ ކޯސްތައް މާލެ އާއި އަތޮޅުތަކުގައި ހިންގަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox