ދިގު މަޝްވަރާއަށް ފަހު ކަނޑުތައް ހިމާޔަތް ކުރަން އެއްބަސްވުމަކަށް

ކަނޑުތައް ހިމާޔަތް ކުރުމުގެ އެއްބަސްވުމަކާ މެދު މަޝްވަރާ ކުރާތާ 10 އަހަރު ވެއްޖެ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ކަނޑުތައް ހިމާޔަތް ކުރުމުގެ އެއްބަސްވުމަކާ މެދު މަޝްވަރާ ކުރާތާ 10 އަހަރު ވެއްޖެ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ދުނިޔޭގެ ކަނޑުތައް ހިމާޔަތް ކުރަން މަޝްވަރާ ކުރާތާ 10 އަހަރު ފަހުން ގައުމުތަކުން ތާރީހީ އެއްބަސްވުމަކަށް ހިނގައްޖެ އެވެ.

"ހައި ސީޒް ޓްރީޓީ" އެއްބަސްވުމުގައި ބުނީ 2030 ވަނަ އަހަރުގެ ކުރިން ކަނޑުތަކުގެ 30 ޕަސެންޓު ރައްކާތެރި ކުރާނެ ކަމަށެވެ.

އެއްބަސްވުމަކާ ހަމައަށް ދިޔައީ އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި 38 ގަޑިއިރު ވަންދެން މަޝްވަރާކޮށް، ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ގިނަ އަހަރުތަކެއް ވަންދެން މަޝްވަރާ ކުރި ނަމަވެސް އެއްބަސްވުމަކާ ހަމައަށް ނުދެވި އޮތީ މަސް ބޭނުމުގެ ހައްގާއި ފައިސާއާ ގުޅޭ ކަންކަމުގައި ގައުމުތަކުގެ ހިޔާލު ތަފާތުވުމުންނެވެ.

ކަނޑުތައް ހިމާޔަތް ކުރުމާ ބެހޭ ބައިނަލްއަގްވާމީ އެއްބަސްވުމެއްގައި އެންމެ ފަހުން ސޮއިކުރީ މީގެ 40 އަހަރު ކުރިން 1982 ގަ އެވެ.

އދ. ގެ "ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ" މުއާހަދާގެ ދަށުން "ހައި ސީޒް"ގެ ގޮތުގައި ކަނޑުތަކުން ސަރަހައްދެއް ފުރަތަމަ ފަހަރަށް ކަނޑައެޅި އެވެ.

"ހައި ސީޒް" އަކީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދެވެ. އެ ތަނުގައި ހުރިހާ ގައުމަކަށް ވެސް މަސް ބޭނުމާއި، ދަތުރު ކުރުމާއި، ދިރާސާ ކުރުމުގެ ހައްގު ލިބޭނެ އެވެ.

އެހެން ނަމަވެސް، "ހައި ސީޒް" ސަރަހައްދުން ހިމާޔަތް ކުރީ އެންމެ 1.2 ޕަސެންޓެވެ. ހިމާޔަތް ކުރި ސަރަހައްދު ނޫން އެހެން ހިސާބުތަކުގަައި އުޅޭ ކަނޑުގެ ދިރުންތަކަށް ނުރައްކާ ބޮޑެވެ.

އެގޮތުން މާ ގިނައިން މަސް ބޭނުމުން ދިރުންތައް މަދުވުމާއި، ކަނޑުގައި ޓްރެފިކް ބޮޑުވުމާއި، ތަގައްޔަރުވުމާއި، މޫސުމީ ބަދަލުގެ އަސަރުތައް ބޮޑަށް ކުރެ އެވެ.

ދުނިޔޭގެ ކަނޑުގެ ދިރުންތަކުގެ އެންމެ ފަހުގެ ދިރާސާއިން ދައްކާ ގޮތުގައި ދިރުންތަކުގެ 10 ޕަސެންޓް ނެތިދިޔުމުގެ ފުރުސަތު ބޮޑެވެ.

ހޮނިހިރު ދުވަހުގެ ރޭ އެކުލަވާލި އާ އެއްބަސްވުމުގެ ދަށުން "ހައި ސީޒް" ގައި ހިމާޔަތްކޮށްފައިވާ ހިސާބުތަކުގައި މަސް ބޭނޭ މިންވަރު ލިމިޓްވާނެ އެވެ.

އޭގެ އިތުރުން ބޯޓު ދަތުރު ކުރާނެ ރޫޓު ކަނޑައަޅައި، ކަނޑުގެ އަޑިން މައިން ކުރުމުގައި ވެސް ލިމިޓް ހުންނާނެ އެވެ.

އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ އިރު، އެ އެއްބަސްވުން ރަސްމީކޮށް ބަލައިގަތުމަށް ނުވަތަ "އެޑޮޕްޓް ކުރުމަށް" ހުރިހާ ގައުމުތަކުން ފަހުން ބައްދަލުކުރަން ޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox