އޮލިމްޕިކް ކޮމިޓީން މި އަހަރަށް 72 މިލިއަން ރުފިޔާގެ ބަޖެޓެއް

Mar 4, 2023, 9:03 AM
މިއަދު ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އަހަރީ އާންމު ޖަލްސާގެ ތެރެެއިން: އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު (ކ) އެމްއޯސީގެ ރައީސް ސައްތާރު (މ) އަދި ކުޅިވަރާބެހޭ ވަޒީރު މަހުލޫފް (ވ).--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިއަދު ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އަހަރީ އާންމު ޖަލްސާގެ ތެރެެއިން: އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު (ކ) އެމްއޯސީގެ ރައީސް ސައްތާރު (މ) އަދި ކުޅިވަރާބެހޭ ވަޒީރު މަހުލޫފް (ވ).--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މި އަހަރަށް 72 މިިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި، ފާސްކޮށްފި އެވެ.

ހެންވޭރު މީރުމާގެ ކާނިމާ މާލަމުގައި މިއަދު ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި މި އަހަރަށް އެމްއޯސީން ފާސްކުރި ބަޖެޓްގެ ބޮޑުބައެއް ހިއްސާކުރަނީ ސަރުކާރުން ލިބޭ ފަންޑް އަށެވެ.

އެ ގޮތުން، ބަޖެޓްގެ 80 ޕަސެންޓަކީ މި ފަހަރު ސަރުކާރުން ލިބޭނެ ބައި ކަމަށް، އެމްއޯސީން ވަނީ މައުލޫމާތު ދީފަ އެވެ. ސަރުކާރުން މި ބަޖެޓްގެ ބޮޑުބައި ހިއްސާކުރާ ސަބަބެއްގެ ގޮތުގައި އޮލިމްޕިކް ކޮމިޓީން ފާހަގަކޮށްފައިވަނީ މި އަހަރަކީ ރާއްޖޭން ބައިނަލްއަގުވާމީ ފަސް ގޭމްސްއެއްގައި ވާދަކުރާ އަހަރެއް ކަމަށްވާތީ އެވެ.

އެ ގޮތުން، ރާއްޖޭން ވާދަކުރާގޮތަށް ހަމަޖެހިފައިވަނީ ޓްރިންޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސް، އިންޑޮނީޝިއާގައި ބާއްވާ އެނޮކް ވޯލްޑް ބީޗް ގޭމްސް، މަޑަގަސްކަރާގައި ހޯސްޓްކުރާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)، ޗައިނާގައި ބާއްވާ އޭޝިއަން ގޭމްސް އަދި ތައިލެންޑްގައި ކުރިއަށްދާ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް އެވެ.

މީގެ ތެރެއިން އައިއޯއައިޖީ އާއި އޭޝިއަން ގޭމްސް އަކީ ރާއްޖޭން ބޮޑު ކޮންޓިންޖެންޓެއް ވާދަކުރާ ގޭމްސްތަކެކެވެ. އައިއޯއައިޖީ އަކީ ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދޭނެ ގޭމްސްއެއްގެ ގޮތުގައި އެމްއޯސީގެ އަހަރީ އާންމު ޖަލްސާ ޝަރަފްވެރިކުރައްވައި، ޔޫތު މިނިސްޓަރު، އަހުމަދު މަހުލޫފް ދެއްކެވި ވާހަކައިގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން، އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"މި އަހަރުގެ ބަޖެޓް އަޅުގަނޑުމެން ވާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އަށް ހުށަހަޅާފައި. ދެން އެ ބޭފުޅުންނާ ޑިސްކަސް ކުރަމުން މި ދަނީ އަޅުގަނޑުމެންގެ ބަޖެޓާ ބެހޭގޮތުން. ބޮޑުބައެއް އެ ބޭފުޅުން އަތުން ލިބޭނެ ކަމަށް ބަލައިގެން، ކޮން ކުޅިވަރެއްތޯ ދާނީ. މި ގޮތަށް ނިމުނީމަ ފުލް ބަޖެޓެއް އެނގޭނީ، އެ އަށް އެ ބޭފުޅުން އެ ތިބީ އަޅުގަނޑުމެންނާ އެއްކޮށް ވޯކް ކުރާ ގޮތަށް،" އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީގެ މާލީ މުއާމަލާތްތައް ގަވާއިދުން އޮޑިޓް ކުރުން ކުރިއަށްދެ އެވެ. އެ ގޮތުން، މަހަކު އެއް ފަހަރު އިންޓާނަލް އޮޑިޓެއް ކުރެވިގެންދާއިރު، ކޮންމެ ކުއާޓާއެއްގައި އެކްސްޓާނަލް އޮޑިޓެއް ކުރެވިގެންދެ އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެން ހަގީގަތުގައި މާލީ ކަންކަން ވީ އެންމެ ރަނގަޅަށް ގެންދިއުމަށް، ދެން، އަޅުގަނޑުމެން މި ގެންގުޅޭ އޮޑިޓް ކުރުމުގެ ކަންކަމަށް ވަރަށް ރަނގަޅު ފީޑްބެކް ލިބެމުން ދަނީ،" ސައްތާރު ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީން މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާގައި ވަނީ މިދިޔަ އަހަރު ބޭއްވި ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އެމްއޯސީގެ ފަރާތުން، ޗެފް ޑި މިޝަަނަރުންގެ ގޮތުގަޔާއި މީޑިއާ އާއި މެޑިކަލް އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox