"ރެޑްބުލް ސްޕައިކް"އާ އެކު ވޮލީބޯޅައިގެ އާ މުބާރާތެއްގެ ފެށުން

Mar 3, 2023, 6:54 AM
ރެޑްބުލް ސްޕައިކްގައި މިއަދު ހެނދުނު ކުރިއަށްދިޔަ މެޗެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް ކޮންޓެންޓް ޕޫލް

ރެޑްބުލް ސްޕައިކްގައި މިއަދު ހެނދުނު ކުރިއަށްދިޔަ މެޗެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް ކޮންޓެންޓް ޕޫލް

ޕާކް ވޮލީބޯޅަ ކުރިއެރުވުމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ރެޑްބުލް އިން ކުރިއަށްގެންދާ "ރެޑްބުލް" ސްޕައިކް" ރާއްޖޭގައި މިއަދު ފަށައިފި އެވެ.

ހަތަރު ކުޅުންތެރިން ކޮޅަކަށް ލައިގެން ކުޅޭ "ރެޑްބުލް ސްޕައިކް" މުބާރާތް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާއިރު، މި ފަހަރުގެ މުބާރާތުގައި އަންހެން ހަ ޓީމު އަދި ފިރިހެން 13 ޓިމް ވާދަކުރެ އެވެ.

ހުޅުމާލޭ ބީޗްވޮލީބޯޅަ ކޯޓުގައި ކުރިއަށްދާ މި މުބާރާތަށް ޖުމްލަ އެކު، 60 ހާސް ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެ އެވެ. މި މުބާރާތުގެ މެޗުތައް މިއަދު ހެނދުނު ފެށިިއިރު، މިއަދު ހަވީރާއި ރޭގަނޑު އަދި މާދަމާ ވެސް މެޗުތައް ކުރިއަށްދާނެ އެވެ. މުބާރާތުގެ ފައިނަލް މެޗާއި އިނާމްދިނުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާރޭ އެވެ.

ރެޑްބުލް ސްޕައިކްގައި މިއަދު ހެނދުނު ކުރިއަށްދިޔަ މެޗެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް ކޮންޓެންޓް ޕޫލް

މުބާރާތް މިއަދު ހެނދުނު ފެށީ ފިރިހެން ބައިގެ މެޗުތަކުންނެވެ. އެ ގޮތުން ފުރަތަމަ މެޗުގައި އަލްޖިބްރާ އާއި އަވަދި ވާދަކޮށް ސީދާ ދެ ގޭމުން މޮޅުވީ އަލްޖިބްރާ އެވެ. ޓީމް ޕްރޯ އާއި ޓީމް މަންޒާ ވާދަކުރި މެޗު ސީދާ ދެގޭމުން މަންޒާ ކާމިޔާބުކުރިއިރު، ޓީމު އައްޓާ އާއި، މެންދަން ވާދަކުރި މެޗު 2-1 އިން ކާމިޔާބުކުރީ މެންދަން އެވެ. ހެނދުނު ކުޅުނު ފަހު މެޗުގައި ކްލަބް ފްލޭމްސް އާއި ޑީވީވީއޭ ވާދަކޮށް ސީދާ ދެ ގޭމުން މޮޅުވީ ޑީވީވީއޭ އެވެ.

ރެޑްބުލް އިން ހާމަކުރާ ގޮތުގައި ފުރަތަމަ މުބާރާތް މާލޭގައި ބޭއްވި ނަމަވެސް ކުރިއަށް ހުރި މުބާރާތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވުމަށް އިސްކަންދޭނެ އެވެ. އެ ގޮތުން ވޮލީގެ ފޯރި އޮންނަ އަތޮޅުތަކުގައި މި މުބާރާތް ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށް ރެޑްބުލް އޮފިޝަލުން މައުލޫމާތުދެ އެވެ.

ރެޑްބުލް އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އެކްސްޓްރީމް ސްޕޯޓްސް ކުރިއެރުވުމުގައި މަގުބޫލު ބްރޭންޑެކެވެ. އެ ގޮތުން ރާއްޖޭގައި ވެސް ކުޅިވަރުގެ އެކި ހަރަކާތްތައް ހިންގައި ބޭރު ގައުމުތަކުގެ އެތުލީޓުންނާ ވާދަކޮށްލުމުގެ ފުރުސަތު ދިވެހި އެތުލީޓުންނަށް ހޯދައިދެ އެވެ.

އެންމެ ފަހުން ރެޑްބުލް އިން ރާއްޖޭގައި ހިންގި ކުޅިވަރު ހަރަކާތަކީ ރެޑްބުލް ހާފް ކޯޓު ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތެވެ. މި މުބާރާތުގެ ރާއްޖެ ކޮލިފައިންގެ އެއް ވަނަ ހޯދި ޓީމަށް މިސްރުގައި ކުރިއަށްދިޔަ ގައުމުތަކުގެ ޗެމްޕިއަނުން ވާދަކުރި ވޯލްޑް ފައިނަލްސްގައި ބައިވެރިވުމުގެ ފުރުސަތު ރެޑްބުލް އިން ހޯދަދިނެވެ. އޭގެ ކުރިން ރެޑްބުލް އިން ވަނީ ވިނިން ފައިވްގެ ނަމުގައި ކުޑަ ގޯލަށް ފޯރިގަދަ މުބާރާތެއް ކުރިއަށް ގެންގޮސްފަ އެވެ. ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާގެ ބްރޭންޑް ނަމާ ގުޅުވައިގެން ކުރިއަށްދިޔަ އެ މުބާރާތުގެ ޗެމްޕިއަން ވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ޗެމްޕިއަނުންނާ ދެކޮޅަށް ވާދަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox