ކަނބާއައިސާ ރަނި ހިނގުމުގައި ލައިފް ސަޕޯޓުން ހިންގާ ފާމަސީ އަލުން ހުޅުވުމާ ގުޅުވައިގެން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އަންނަ އަންގާރަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި އެ ފިހާރައިން ވިއްކާ ހުރިހާ މުދަލަކުން ޑިސްކައުންޓު ލިބޭނެ އެވެ.
ލައިފް ސަޕޯޓުގެ މާފަންނު ފިހާރަ، ވައިޓަލް ކެއާގައި ބޭހުގެ އިތުރުން ހެދިބޮޑުވުމާއި ދުޅަހެޔޮކަންމަތީ ހަށިގަނޑު ބެހެއްޓުމަށް ބޭނުންވާ ތަފާތު އެކި މާއްދާތައް ހިމެނޭ ނިއުޓްރިއެންޓްސްއާއި ކޮސްމެޓިކްސް ވެސް ލިބެން ހުރެ އެވެ.
ދެހާސްއެގާރަ ވަނަ އަހަރު ވުޖޫދު ކުރި ލައިފް ސަޕޯޓު ކުންފުންޏަކީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމުގެ މަގުސަދުގައި އުފެއްދި ކުންފުންޏެކެވެ.
އެ ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މެޑިކަލް އިކުއިޕްމަންޓާއި ތަފާތު އެކި ބަލިތަކަށް ފަރުވާ ކުރުމުގައި ބޭނުން ކުރާ ބޭސްތައް އިމްޕޯޓުކޮށް އޭގެ ވިޔަފާރި ކުރަމުން އަންނަ އެއް ކުންފުންޏެވެ.

ލައިފް ސަޕޯޓު ފާމަސީން ލިބެން ހުންނަ ބައެއް ސާމާނު -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ފާއިތުވި 11 އަހަރު ތެރޭގައި އެ ވިޔަފާރި ފުޅާވެ މިހާރު އެ ކުންފުނީގެ ދަށުން މާލޭގައި ތިން ފިހާރައެއް ހިންގަމުން ދެއެވެ. އޭގެ އިތުރުން ހުޅުމާލެ، އައްޑޫ އަދި ފ. ނިލަންދޫގައި ފިހާރައެއް ހުރެ އެވެ.
އެއީ ކަނބާއައިސަ ރަނި ހިނގުމުގައި ހިންގަމުން އަންނަ ވައިޓަލް ކެއާ ފިހާރައާއި މަޖީދީ މަގުގައި ހިންގަމުން އަންނަ ފިހާރައިގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގަމުން އަންނަ ފިހާރަ އެވެ. ހުޅުމާލެ ފިހާރަ ހުންނަނީ ހިޔާ ފުލެޓު އެގާރައިގަ އެވެ.

ލައިފް ސަޕޯޓު ފާމަސީން ލިބެން ހުންނަ ބައެއް ސާމާނު -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު











