މަޝްވަރާ ކުރިޔަސް ސީދާ ކެމްޕޭނުގައި ސަލަފު ނުފެނިދާނެ: ޕީޕީއެމް

ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް އިދާރާ

ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް އިދާރާ

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭގޮތުން ޖަމިއްޔަތުއްސަލަފްގެ އިސް ސަފުގައި ހަރަކާތްތެރިވާ ދީނީ އިލްމުވެރިންނާއެކު މަޝްވަރާކުރި ނަމަވެސް، ރިޔާސީ ކެމްޕޭނުގައި ސީދާ ގޮތުން ސަލަފު ނުފެނިދާނެ ކަމަށް އިދިކޮޅު ޕީޕީއެމް އިން ބުނެފި އެވެ.

އިއްޔެގެ މަޝްވަރާތަކާ ގުޅޭގޮތުން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ސަލަފަކީ ސިޔާސީ ޕާޓީއެއް ނޫންކަމުން ސީދާ ކެމްޕޭނު ހަރަކާތްތަކުގައި އެ ޖަމްއިއްޔާ ފެނިގެންދާނެ ކަމަށް ދަންނަވަން ނޭނގޭ ކަމަށެވެ.

"ނަމަވެސް، އަޅުގަނޑުމެންނަށް ސަލަފުން، ގައުމު ބިނާކުރުމުގައި، ހާއްސަކޮށް ދީނީ ތައުލީމު ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމުގައި އަޅުގަނޑުމެންގެ ސިޔާސަތުތަކުގެ ތެރެއިން އަޅުގަނޑުމެންނަށް އެބޭފުޅުންނާ އެކު ކޮންމެވެސް ޒާތެއްގެ މަސައްކަތްތަކެއް ކުރެވޭނެ" ޝިޔާމް ވިދާޅުވި އެވެ.

އިއްޔެގެ މަޝްވަރާތަކާ ގުޅޭގޮތުން ޝިޔާމް އިތުރަށް ވިދާޅުވީ ޕީޕީއެމް އިން ސަލަފާއެކު މަޝްވަރާކުރީ އެ ޖަމްއިއްޔާއަކީ މުޖުތަމައުގެ ބައިވެރިއަކަށްވެފައި، އެބޭފުޅުންގެ ހިޔާލާ ފިކުރާއި ޕީޕީއެމްގެ ސިޔާސަތުތަކާ އަޅާކިޔުމަށް ކަމަށެވެ.

އެގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ތައުލީމު އިތުރުކުރުން ހިމެނޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ރާއްޖޭގައި ވަރަށް އިހުތިރާމުކުރެވޭ ދީނީ އިލްމުވެރިންތަކެއް ހިމެނޭ ޖަމްއިއްޔާއަކަށްވާތީވެ އެބޭފުޅުންގެ ހިޔާލާއި މަޝްވަރާ މިކަމުގައި ހޯދަން ބޭނުންވާތީ (މަޝްވަރާކުރީ)" ޝިޔާމް ވިދާޅުވި އެވެ.

މީގެއިތުރުން އިދިކޮޅުން ކުރާ އެކި މަސައްކަތްތަކަށްވެސް ސަލަފުން ތާއީދުކުރާކަން ޝިޔާމް ފާހަގަކުރެއްވި އެވެ. އެގޮތުން ގައުމުގެ މިނިވަންކަމަށް ކުރާ މަސައްކަތް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، ގައުމުގެ މިނިވަންކަން 'ކޮމްޕްރޮމައިޒް' ވެއްޖެނަމަ އެއީ ގައުމާއި ދީނަށް އޮތް ނުރައްކަލެއްކަން ސަލަފުގެ ދީނީ އިލްމުވެރިންވެސް ގަބޫލުކުރައްވާ ކަަމަށެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން އިދިކޮޅުން ސަލަފާއެކު މަޝްވަރާކޮށްފައިވާއިރު އެ ޖަމިއްޔާ ފާހަގަވެގެން ގޮސްފައިވަނީ މިހާރު އޮތް ސަރުކާރުގެ އެކި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާ ޖަމިއްޔާއެއްގެ ގޮތުގަ އެވެ.

ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ޖަމިއްޔަތުއްސަލަފުން ތާއީދުކޮށްފައިވަނީ މިފަހަރުގެވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވާފައިވަނީ ޔާމީނަށެވެ. ނަމަވެސް މާފުށީ ޖަލުގައި ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި ވަގުތަށް ވަނީ ބަންދުވެފަ އެވެ.

ސަބަބަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކަށް ވާންޖެހުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox