ބެންޒެމާ އަށް އެއް ވަނަ އަށް ވޯޓު ނުދިން ސަބަބު އަލަބާ އޮޅުންފިލުވައިދީފި

Mar 1, 2023, 4:23 AM
ރެއާލްގެ މެޗެއްގެ ކުރިން ވޯމްއަޕް ސެޝަނެއްގައި އަލަބާ (ވ) އާއި ބެންޒެމާ.

ރެއާލްގެ މެޗެއްގެ ކުރިން ވޯމްއަޕް ސެޝަނެއްގައި އަލަބާ (ވ) އާއި ބެންޒެމާ.

މެޑްރިޑް (މާޗް 1) - ފީފާ ބެސްޓް އެވޯޑްސްގައި ކޮންމެ ގައުމެއްގެ ކެޕްޓަނަށް ވޯޓުލާން ލިބޭ ފުރުސަތުގައި ރެއާލް މެޑްރިޑަށް ކުޅޭ އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ، އޭނާއާ އެކު ރެއާލަށް ކުޅޭ، ފްރާންސްގެ ކަރިމް ބެންޒެމާ އަށް، އެއް ވަނަ އަށް ވޯޓު ނުދިން ސަބަބު އޮޅުންފިލުވައިދީފި އެވެ.

ފީފާ ރަސްމީ ވެބްސައިޓް މެދުވެރިކޮށް، ގައުމުތަކުގެ ކެޕްޓަނުންނާއި ކޯޗު އަދި މީޑިއާ އޮފިޝަލް ވޯޓުލާ ގޮތް ހާމަކުރެ އެވެ. އެ ގޮތުން، ރެއާލްގެ ގިނަ ސަޕޯޓަރުންގެ ލޮލުގައި އަޅައިގަތީ އަލަބާގެ ފުރަތަމަ ވޯޓު، ބެންޒެމާގެ ބަދަލުގައި ޕީއެސްޖީގެ ތަރި ލިއޮނަލް މެސީ އަށް ދިނުމުންނެވެ. އަލަބާ ދެ ވަނަ އަށް ބެންޒެމާ އަށް ވޯޓު ދިންއިރު، ތިން ވަނަ ވޯޓު ދިނީ ކީލިއަން އެމްބާޕޭ އަށެވެ.

އަލަބާ، އެއް ވަނަ އަށް ނޮމިނޭޓްކުރި ކުޅުންތެރިއަކީ ބެންޒެމާ ކަމަށްނުވާތީ، ގިނަ ސަޕޯޓަރުން އޭނާއާ މެދު ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކުރި އެވެ. އެކަންކަމުގެ ސަބަބުން ކެތްތެރިކަން ކޮޅުންލައި، އަލަބާ ވަނީ ކަންތައްތައް ހިނގާދިޔަ ގޮތް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް އަލަބާ ދޫކޮށްލި މެސެޖްގައި ބުނެފައިވަނީ އޮސްޓްރިއާގައި ކެޕްޓަން ވޯޓުލަނީ މުޅި ސްކޮޑުގެ މަޝްވަރާގެ މަތިން ކަމަށާއި އޮސްޓްރިއާ ކެޕްޓަންގެ ހޮވުމަކީ އެ ގައުމުގެ ގައުމީ ޓީމުގެ ސްކޮޑުގެ މެޖޯރިޓީގެ ނިންމުން ކަމަށެވެ.

"އެންމެނަށް ވެސް އެނގޭނގެ. ހާއްސަކޮށް ކަރީމް (ބެންޒެމާ) އަށް އެނގޭނެ، އަހަރެން ކިހާވަރަކަށް އޭނާގެ ކުޅުމަށް ތައުރީފުކޮށް ވާހަކަ ދައްކައި އޭނާ އަށް ސަޕޯޓްދޭކަން. އަހަރެން އަދިވެސް މި ބުނަނީ، އޭނަ (ބެންޒެމާ) އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ސްޓްރައިކަރު،" އަލަބާ ބުންޏެވެ.

މެސީ، ފީފާ ބެސްޓް އެވޯޑްސްގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ޓްރޮފީ 52 ޕޮއިންޓާ އެކު އެވެ. ދެ ވަނަ ހޯދި އެމްބާޕޭ އަށް 44 ޕޮއިންޓް އަދި ތިން ވަނަ މަގާމުގައި ނިންމި ބެންޒެމާ އަށް 34 ޕޮއިންޓް ލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox