ކޮމިޓީއެއް އެކުލަވާލައި، ރިޔާސީ އިންތިހާބަށް އެމްއާރުއެމުން އެތެރޭގެ މަޝްވަރާތައް ފަށައިފި

އެމްއާރުއެމްގެ ބައްދަލުވުމެއް؛ ރިޔާސީ އިންތިހާބަށް އެމްއާރުއެމްގެ އެތެރޭގެ މަޝްވަރާތައް ފަށައިފި

އެމްއާރުއެމްގެ ބައްދަލުވުމެއް؛ ރިޔާސީ އިންތިހާބަށް އެމްއާރުއެމްގެ އެތެރޭގެ މަޝްވަރާތައް ފަށައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ލީޑްކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އެކްސްކޯއިން އެނަލިސިސް ކޮމިޓީއެއް އެކުލަވާލައި، ރިޔާސީ އިންތިހާބުގެ މަޝްވަރާތައް އެ ޕާޓީގެ އެތެރޭގައި ފަށައިފި އެވެ.

އެމްއާރުއެމްގެ ނައިބު ރައީސް އައިމިނަތު ނާދިރާ "އަދަދު" ނޫހަށް ވިދާޅުވީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެމްއާރުއެމްގެ އެތެރޭގައި ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތައް ފަށައިގެން ކުރިއަށްދާ ކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމަށް އެމަނިކުފާނު ފޮނުވި ސިޓީއާ ގުޅޭ ގޮތުން މަޝްވަރާތައް ފަށާނީ އެތެރޭގެ މަޝްވަރާތައް ނިންމުމަށް ފަހު ކަމަށް ނާދިރާ ވިދާޅުވި އެވެ. އަދި އެ ޕާޓީގެ ޒައީމް، ރައީސް މައުމޫން ރާއްޖެ ވަޑައިގަތުމުން ކަމަށެވެ.

"ރައީސް ފޮނުވި ސިޓިއާ މެދު މަޝްވަރާކޮށް ގޮތެއް ނިންމަން އަންނަން ވާނީ، އަޅުގަނޑުމެންގެ އެތެރޭގެ މަޝްވަރާތަކަށް ފަހު، އެ މަޝްވަރާތައް ޖެނުއަރީ މަހުން ފެށިގެން ކުރިއަށް އެބަ ހިނގާ، ނިންމުމަކާ ހަމައަށް ވާސިލްވާން ގިނަ މަސައްކަތްތަކެއް ކުރެވެމުން އެބަ ދޭ،" ނާދިރާ ވިދާޅުވި އެވެ.

ޕާޓީގެ އާންމު މެންބަރުންގެ ހިޔާލުތައް ހޯދުމަށް އެކި ބައްދަލުވުންތައް ބާއްވައި، ފޯނު ސާވޭ މެދުވެރިކޮށް ވެސް މެންބަރުންގެ ހިޔާލުތައް ހޯދަމުންދާ ކަމަށް ނާދިރާ ވިދާޅުވި އެވެ. އަދި ގޮތެއް ނިންމުމުގެ ކުރިއަށް ފަންނީ ގޮތުން ސިޔާސީ މަސްރަހު ދިރާސާކުރަން އެނަލިލިސް ކޮމިޓީއެއް ވެސް ވަނީ ނަގައިފަ އެވެ.

އޭގެ އިތުރުން ޕާޓީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީއާއި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މިހާރު ޕާޓީގެ އަސާސީ ގަވާއިދުގައި ހިމެނޭ ކަންކަން ވެސް ދިރާސާކުރަމުންދާ ކަން ފާހަގަ ކުރެއްވި އެވެ. އަދި، އެ ކަމާ ގުޅޭ ދެ އުސޫލެއް ބަދަލުކުރުމުގެ މަސައްކަތެއް މިހާރު ވެސް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާ މެދު އެ ޕާޓީން ވަކި ގޮތެއް އަދި ނިންމާފައި ނުވާއިރު، ރައީސް މައުމޫންގެ ދަރިކަލުން އަދި އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ރިޔާސީ އިންތިހާބަށް ނެރުމަށް ގޮވާލައި އެ ޕާޓީގެ މެންބަރުން އަންނަނީ ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ވެސް ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި މިހާރު ސަރުކާރުގައި ތިއްބެވި އެމްއާރުއެމްގެ ބައެއް ބޭފުޅުން މިހާރު އޮތް ކޯލިޝަން ދަމަހައްޓަން ބޭނުންވެ އެވެ. ނަމަވެސް މިހާރު އޮތް ސަރުކާރާ މެދު ބައެއް ހިތްހަމަނުޖެހުންތަކާއި ކަންބޮޑުވުންތަކެއް ވެސް ޕާޓީގެ އިސް ސަފުގައި އެބަ އޮތެވެ.

އެމްއާރުއެމް އުފެއްދީ، ކުރިން މައުމޫން ހުންނެވި ޕީޕީއެމުން އެމަނިކުފާނު ވަކިކޮށް ޕީޕީއެމް ހޯދުމަށް ޝަރީއަތް މެދުވެރިކޮށް ވެސް ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުންނެވެ. ޕީޕީއެމުން މައުމޫން ވަކިކުރީ، އޭރު ރައީސަކަށް ހުންނެވި އަދި މައުމޫންގެ އެއްބަފާ ކޮއްކޯފުޅު އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox