އާންމު ހިދުމަތެއްގެ ގޮތުގައި ހަކަތައިގެ ހިދުމަތް ފޯރުކޮށްދެވޭނީ ލައިސަންސް އާއެކު

އެންވަޔަރަމެންޓް މިނިސްޓަރު އާމިނތު ޝައުނާ

އެންވަޔަރަމެންޓް މިނިސްޓަރު އާމިނތު ޝައުނާ

ދިވެހިރާއްޖޭގެ ހަކަތައިގެ ހިދުމަތްދޭ ފެސިލިތީތައް ރަޖިސްޓްރީ ކުރުމާއި، ބޭނުންކުރުމާއި ހިންގުމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު އެކުލަވާލައިފި އެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން އެކުލަވާލާފައިވާ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ކަމަކަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ލައިސަންސް ނުހޯދައި އެއިން އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ.

އަދި އަމިއްލަ ބޭނުމަށާއި ވިޔަފާރި ބޭނުމަށް ހަކަތަ އުފައްދައި ޓްރާންސްމިޓްކޮށް ޑިސްޓްރިބިއުޓްކޮށް ފޯރުކޮށްދިނުމާއި، ޕެޓްރޯލިއަމްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި ސާފުކުރުމާއި، ގުދަންކުރުމާއި، ވިއްކުމަށް ބޭނުންކުރާ އެންމެހައި ފެސިލިޓީތައް ގާއިމްކުރުމުގެ ކުރިން އެ ތަންތަނާއި، އެ ތަކެތި ފަރުމާކޮށް އެ ފެސިލިޓީތަކުގެ ޑިޒައިން އެންވަޔަރަމަންޓް މިނިސްޓްރީން ފާސްކުރަންޖެހޭނެ ކަމަށް މި ގަވާއިދުގައި ފާހަގަކޮށްފައިވެ އެވެ.

އަދި ހަކަތަ އުފައްދައި ވިއްކުމަށް ބޭނުންކުރާ އެންމެހައި ފެސިލިޓީތައް ގާއިމުކުރާނީ، މިނިސްޓްރީން ފާސްކޮށްދީފައިވާ ފަރުމާތަކާ އެއްގޮތަށް ކަމަށެވެ.

އަދި މިނިސްޓްރީން ފާސްކޮށްފައިވާ ފަރުމާއަކަށް ބަދަލު ގެންނަން ޖެހިއްޖެ ހިނދެއްގައި، އެ ބަދަލެއް ގެނައުމުގެ ކުރިން ވެސް މިނިސްޓްރީން ހުއްދަ ހޯދަން ޖެހޭނެ ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ބޭނުންކުރަމުންދާ ހަކަތައިގެ ފެސިލިޓީތަކާއި އުޅަނދުފަހަރު، ގަވާއިދަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އޮތޯރިޓީގައި ރަޖިސްޓަރީކޮށް ލައިސަންސް ނަގަން ޖެހެ އެވެ.

މީގެ އިތުރުން އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ހަކަތައިގެ ހިދުމަތް ފޯރުކޮށްދެވޭނީ އެ އޮތޯރިޓީން ދޫކުރާ ހުއްދައާއެކު އެވެ.

މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސް އާންމުކޮށް ފެންނަން ހުންނަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. ފެންނަށް ނެތްނަމަ ފުރަތަމަ ފަހަރަށް 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. ދެވަނަ ފަހަރަށް 10،000 ރުފިޔާއިން ޖޫރިމަނާކުރާއިރު، އެކަން ތަކުރާރުވާނަމަ ކޮންމެ ފަހަރަކަށް 10،000 ރުފިޔާ އިތުރުވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox