އދ ގެ އޯޝަން ޑެކޭޑް އެޑްވައިޒަރީ ބޯޑުގެ މެންބަރަކަށް ޝައުނާ އައްޔަންކޮށްފި

Dec 18, 2025, 4:38 PM
ކުރީގެ މިނިސްޓަރު ޝައުނާ

ކުރީގެ މިނިސްޓަރު ޝައުނާ

އދ. ގެ އާންމު މަޖިލީހުން 2021 އިން 2030ގެ ނިޔަލަށް ދުނިޔޭގެ ކަނޑުތަކުގެ ހާލަތު ރަނގަޅު ކުރުމަށް އަމާޒުކޮށް ހިންގާ "ޔޫއެން އޯޝަން ޑެކޭޑް" ގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރަކަށް، ރާއްޖޭގެ ކުރީގެ މިނިސްޓަ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ އައްޔަންކޮށްފި އެވެ.

"ޔޫއެން އޯޝަން ޑެކޭޑް" އަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ކަނޑުތަކުގެ ހާލަތު ރަނގަޅުކުރުމަށް އަމާޒުކޮށް އދ. އިން ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ. މި މަސައްކަތްތައް ވިލަރެސްކޮށް ތަންފީޒުކުރުމުގެ ޒިންމާ އދ. އިން ހަވާލުކޮށްފައިވަނީ ޔުނެސްކޯގެ އިންޓަގަވަމަންޓަލް އޯޝަނޯގްރަފިކް ކޮމިޝަން އާއެވެ. މިއީ ދުނިޔޭގެ 152 ގައުމެއްގެ މައްޗަށް އެކުލެވޭ، ކަނޑުތަކުގެ ހާލަތު މެނޭޖްކޮށް ހަރުދަނާކުރުމުގެ ޒިންމާ އުފުލާ މުހިންމު އިދާރާއެކެވެ.

އާމިނަތު ޝައުނާ އައްޔަންކުރެވުނު އޯޝަން ޑެކޭޑް އެޑްވައިޒަރީ ބޯޑަކީ މި މަޝްރޫއުގެ މަސައްކަތްތައް ރޭވުމާއި، ބަލައި މޮނިޓަ ކުރުމުގެ އިތުރުން، ޔުނެސްކޯގެ އައިއޯސީ އަށް ބޭނުންވާ ފަންނީ މަޝްވަރާއާއި ލަފާ އެރުވުމަށް އެކުލަވާލާފައިވާ ބޯޑެކެވެ. މި ބޯޑުގެ މެމްބަރުންގެ ލަފާގެ މަތިން، ދުނިޔޭގެ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި ކަނޑުތަކާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންވާ ސައިންޓިފިކް މައުލޫމާތާއި ރީސާޗްތައް ހޯދައި، ކަނޑުތަކުގެ ދިރުން އިއާދަކުރުމަށް މަސައްކަތް ކުރާނެއެވެ.

މި ބޯޑަށް މިފަހަރު އަލަށް އައްޔަން ކުރެވުނީ 15 މެމްބަރުންނެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުށަހެޅުނު 200 އަށްވުރެ ގިނަ ނޮމިނޭޝަންތަކުގެ ތެރެއިން ހޮވުނު މެމްބަރުންނެވެ. ބޯޑުގެ މެމްބަރެއްގެ ދައުރަކީ 2 އަހަރު ދުވަހެވެ.

އޯޝަން ޑިކޭޑުގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ ހުރިހާ ބައިވެރިން ގުޅިގެން، ކަނޑުތަކާ ގުޅޭ ދިރާސާތަކާއި އިންވެސްޓްމަންޓްތައް އެއް މިސްރާބަކަށް ގެނެސް، ދެމެހެއްޓެނިވި، އުފެއްދުންތެރި އަދި ދިރުންތަކުން ފުރިގެންވާ ކަނޑެއް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ. އަލަށް އެކުލަވާލެވުނު ބޯޑުގެ ޒިންމާއަކީ މި ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި، އޯޝަން ޑެކޭޑްގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކުގައި ލަފާ އެރުވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox