ރެއާލްގެ ކޯޗަކަށް ހުރެވޭނެކަމުގެ ޔަގީންކަން އަންޗެލޮޓީ އަށް އެބައޮތް

Feb 27, 2023, 10:05 AM
ރެއާލްގެ ކޯޗަކަށް ހުރެވޭނެކަމުގެ ޔަގީންކަން އަންޗެލޮޓީ އަށް އެބައޮތް

މެޑްރިޑް (ފެބްރުއަރީ 27) - އަންނަ ސީޒަންގައި ވެސް ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުގައި ހުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އިޓަލީގެ ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ސްޕެނިޝް ލީގުގެ ތާވަލްގެ ދެ ވަނައިގައި ރެއާލް އޮތްއިރު، އެ ޓީމާ ވާދަވެރި ބާސެލޯނާ ތާވަލްގެ އެއް ވަނައިގައި އޮތީ އަށް ޕޮއިންޓްގެ ލީޑަކާއެކު އެވެ.

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް މީގެ ކުރިން ކޯޗުންނަށް ގިނަ ފުރުސަތުތައް ދީފައިވަނީ ނަތީޖާތަކަށް ބަލައިފަ އެވެ. އެހެންކަމުން، މި ސީޒަންގެ ސްޕެނިޝް ލީގު ރެއާލަށް ގެއްލިއްޖެނަމަ، އަންނަ ސީޒަންގައި އަންޗެލޮޓީ އަށް މަގާމުގައި ނުހުރެވޭނެ ކަމަށް އަޑު ފެތުރިފައިވެ އެވެ.

އެހެން ނަމަވެސް، ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ބުރުގެ ފުރަތަމަ ލެގުގައި މިދިޔަ ހަފުތާގައި ލިވަޕޫލް އަތުން 5-2 އިން ރެއާލް މޮޅުވި މެޗާ އެކު، މަގާމުގައި ދެމިހުރުމާ މެދު އަންޗެލޮޓީގެ ޔަގީންކަމާއި އިތުބާރު ވަނީ ބޮޑުވެފަ އެވެ.

"އަހަންނަށް ހީވަނީ އަހަރެން މި މަގާމުގައި ދެމިހުންނާނެހެން. މާބޮޑަށް އެކަމަކާ ނުވިސްނަން. އަހަރެންގެ ކޮންޓުރެކްޓް އާކުރާކަށް ނުޖެހޭނެ. ކޮންޓުރެކްޓް އެބައޮތް. އަހަރެން ކުރަންޖެހޭ ކަމަކީ މެޗުތަކުން މޮޅުވުން،" އަންޗެލޮޓީ ބުންޏެވެ.

ޔޫރަޕްގެ ޗެމްޕިއަންކަން 14 ފަހަރު ހޯދާފައިވާ ރެއާލުން ޒަމާނުންސުރެ ލީގުގެ ކާމިޔާބަށް ވުރެ ބޮޑަށް އިސްކަންދެނީ ޔޫރަޕްގައި ހޯދާ ކާމިޔާބީ ތަކަށެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި ރެއާލުން ވަނީ ޗެމްޕިއަންސް ލީގު ފަސް ފަހަރު ފަހަރު ހޯދައިފަ އެވެ. މި މުއްދަތުގައި ރެއާލް އިން ލީގު ކާމިޔާބުކުރީ ތިން ފަހަރު އެވެ.

އެކަމަކު، އަންޗެލޮޓީ ބުނީ ޗެމްޕިއަންސް ލީގުގެ މުހިންމުކަން ބޮޑަސް، ލީގު ހޯދަން ކުރާ މަސައްކަތަށް މަޑުޖެހުމެއް ނާންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox