އެތުލެޓިކޯ ކައިރިން ރެއާލް ސަލާމަތްވީ 18 އަހަރުގެ ރޮޑްރިގޭޒް ޖެހި ގޯލުން

Feb 26, 2023, 4:38 AM
ރެއާލްގެ އަލްވާރޯ ރޮޑްރިގޭޒް ރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.

ރެއާލްގެ އަލްވާރޯ ރޮޑްރިގޭޒް ރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.

މެޑްރިޑް (ފެބްރުއަރީ 26) - ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް އަތުން ރެއާލް މެޑްރިޑް ބަލިވާން ދަނިކޮށް، އެ ޓީމުގެ 18 އަހަރުގެ ފޯވާޑް، އަލްވާރޯ ރޮޑްރިގޭޒް ޖެހި ގޯލުން 1-1 އިން އެއްވަރުވެ، ރެއާލް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

އެކަމަކު، ރޭގެ ނަތީޖާއާ އެކު ރެއާލުން މި ސީޒަނުގައި ލީގު ތަށި ދިފާއުކުރަން ކުރާ މަަސައްކަތަށް ވަނީ އިތުރު އުނދަގުލެއް ކުރިމަތިވެފަ އެވެ. އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެ، އެއް މެޗު އިތުރަށް ކުޅެގެން ވެސް ރެއާލް އޮތީ ހަތް ޕޮއިންޓް ފަހަތުގަ އެވެ. ބާސެލޯނާ އަށް 22 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 23 މެޗުން ހަމަކުރެވުނީ 52 ޕޮއިންޓެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ރެއާލަށް ލީގު ލިބުމުގެ ހުރިހާ ފުރުސަތެއް ގެއްލުނީ ކަމަށް ނުދެކޭ ކަމަށާއި އެންމެ ފަހު ޕޮއިންޓާ ހަމައަށް އެ ޓީމުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ރޭގެ މެޗުގައި ރެއާލްގެ ގޯލު ޖެހި ރޮޑްރިގޭޒް އަކީ ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި ވެސް އޭނާ އަށް ފުރުސަތު ދޭނެ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

ރޭގެ މެޗުގެ ނުވަ ވަަނަ މިނިޓްގައި ރެއާލްގެ މާކޯ އަސެންސިއޯ އޭރިއާބޭރުން ޖެހި ބޯޅަ އެތުލެޓިކޯގެ ގޯލްކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ. މެޗުގެ 21 ވަނަ މިނިޓްގައި އެތުލެޓިކޯގެ ޔަނިކް ކަރާސްކޯ އޭރިއާ ކަނުގައި ހުރެފައި ދުރު ކަނަށް ފޮނުވާލި ހަމަލާ ރެއާލްގެ ގޯލްކީޕަރު، ތިބޯ ކޯޓުއާ ވަނީ ހުއްޓުވައިފަ އެވެ.

މެޗުގެ 64 ވަނަ މިނިޓްގައި އެތުލެޓިކޯގެ އެންހެލް ކޮރޭއާ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އެއީ ބޯޅަ ނެތީސް ރެއާލްގެ ޑިފެންޑަރު، އެންޓޯނިއޯ ރޫޑިގާ ގައިގައި އުޅަބޮށިން ޖެހުމުންނެވެ. ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް ލީޑުނެގީ އެތުލެޓިކޯ އިންނެވެ. މި ލަނޑު ޖެހީ މެޗުގެ 78 ވަނަ މިނިޓްގައި އެންޓޮއިން ގްރީޒްމަން ނެގި ހިލޭޖެހުމަކުން ހޯސޭ ހިމެނޭޒް ބޮލުން ޖެހި ގޯލުންނެވެ.

ބަދަލަކަށް ކުޅެން އެރި އަލްވާރޯ ރޮޑްރިގޭޒް، ރެއާލަށް އެއްވަރުކޮށްދިން ގޯލު ޖެހީ މެޗުގެ 85 ވަނަ މިނިޓްގައި ލޫކަ މޮޑްރިޗް ނެގި ކޯނަރަކުން ބޮލުންނެވެ. އޭނާ މި ގޯލު ޖެހީ ކުޅެން އެރިތާ ހަތް ވަރަކަށް މިނިޓް ތެރޭގަ އެވެ. ރެއާލް މޮޅުކޮށްދޭން އައުރެލިން ޗުއަމެނީ އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ އެތުލެޓިކޯ ގޯލްކީޕަރު އޮބްލަކް އަތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox