ބަދަލެއް ނައިސް އެއްގޮތެއްގައި ކުރިއަށްދާ ހަމައެކަނި ސިޔާސީ ޕާޓީއަކީ އަދާލަތު ޕާޓީ: އިމްރާން

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ: ވިދާޅުވީ ބަދަލެއް ނައިސް ކުރިއަށްދާ ހަމައެކަނި ސިޔާސީ ޕާޓީއަކީ އަދާލަތު ކަމަށް - ފޮޓޯ: އޭޕީ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ: ވިދާޅުވީ ބަދަލެއް ނައިސް ކުރިއަށްދާ ހަމައެކަނި ސިޔާސީ ޕާޓީއަކީ އަދާލަތު ކަމަށް - ފޮޓޯ: އޭޕީ

ރާއްޖޭގައި އުފެދުނު ސިޔާސީ ޕާޓީތަކުގެ ތެރެއިން ބަދަލެއް ނައިސް ކުރިއަށްދާ ހަމައެކަނި ސިޔާސީ ޕާޓީއަކީ އަދާލަތު ޕާޓީކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރުން ކުރިއަށް ގެންދާ 'ހޭރިޔާ 2023' ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީއަކީ ރާއްޖޭގައި ތިންވަނަ އަށް ރަޖިސްޓާ ކުރެވުނު ސިޔާސީ ޕާޓީ ކަމަށެވެ.

އަދި އެ ޕާޓީގެ އިސްލާހީ މަސައްކަތް ބިނާކުރަނީ އިސްލާމީ ޝަރުއީ އިސްލާހީ މަސައްކަތުގެ މައްޗަށް ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

"ބަދަލެއް ނައިސް އެއްގޮތެއްގައި މަޑުމަޑުން ކުރިއަށްދާ ހަމައެކަނި ސިޔާސީ ޕާޓީއަކީ އަދާލަތު ޕާޓީއޭ ބުނުމަކުން ގޯހަކަށް ނުވާނެ ކިތަންމެ ޕޮއިންޓެއް އަޅުގަނޑު ސާބިތުކޮށްދީފާނަން،" އިމްރާން ވިދާޅުވި އެވެ.

އެގޮތުން އިމްރާން ވިދާޅުވީ، ޕާޓީގެ ލީޑަޝިޕު ބަދަލުވުމުން ޕާޓީގެ ސިޔާސަތުތަކާއި އުސޫލުތައް އަދި ޕާޓީއިން ގަބޫލުކުރާ ހަމަތައް ބަދަލުވެގެން ނުދާ ސިޔާސީ ޕާޓީއެއް ނެތް ކަމަށެވެ. އަދާލަތު ޕާޓީ ފިޔަވާ ދެން އެންމެ ރަނގަޅަށް އޮތީ އަދާލަތުން އެ ޕާޓީއަކާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީޕީ ކަމަށާއި އެމްޑީޕީގެ ލީޑަޝިޕަށް އައި ބަދަލުތަކާއެކު އެ ޕާޓީއަށް އައި ބަދަލުތައްވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

"އަދާލަތު ޕާޓީގެ ފުރަތަމަ ރައީސެއް ހުންނެވި، މިހާރު އަޅުގަނޑު ރައީސަކަށް މި ހުރީ، އަޅުގަނޑުމެންގެ އުސޫލަކާ ސިޔާސަތަކަށް ބަދަލެއް ނާދޭ،" އިމްރާން ވިދާޅުވި އެވެ.

ދެން އިމްރާން ސުވާލުކުރެއްވީ ރާއްޖޭގައި އުފެދުނު ފުރަތަމަ ސިޔާސީ ޕާޓީތައް މިއަދު އޮތް ހާލަތާމެދު އެވެ. އެގޮތުން ފުރަތަމަ އުފެދުނު އޭރުގެ އެންމެ ބޮޑު ޕާޓީ ޑީއާރުޕީ ކޮބައިތޯ ސުވާލު އުފައްދަވާ އިމްރާން ވިދާޅުވީ، އޭގެ ފަހުން އުފެދުނު 17 ވަރަކަށް ޕާޓީއާއި އެ ޕާޓީތަކުގެ ލީޑަރުން މިހާރު ފެންނަން ނެތް ކަމަށެވެ.

މީގެ އިތުރުން އަދާލަތު ޕާޓީ އުފެއްދި ދުވަހުން ފެށިގެން އެ ޕާޓީގެ މަސައްކަތާއި އަމާޒު އަދި ދާންވީ މަންޒިލް އެ ޕާޓީއަށް ސާފުކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ، 100 އިންސައްތަ އިސްލާމީ ރާއްޖެ ބިނާވާނީ އިސްލާމީ، ޝަރުއީ، އަދި ސިޔާސީ ހަމަތަކުގެ މައްޗަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox