ހުލާސާކޮށް އިއްޔެ: ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ "ގެއްލޭ" މައްސަލަ މަޖިލީހަށް

Feb 24, 2023, 2:09 AM
ބީއެލްއެލްގެ ހެޑް އޮފީސް

ބީއެލްއެލްގެ ހެޑް އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓުތަކުގައި ހުންނަ "ފައިސާ ގެއްލޭ" ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް މަޖިލީހުގައި އިއްޔެ އެދުނެވެ.

މިހާރަކަށް އައިސް މަކަރާއި ހީލަތުން ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ޔޫސާނޭމް އަދި ޕާސްވޯޑް ހޯދައިގެން އެކައުންޓުގައި ހުންނަ ފައިސާ ކެނޑޭ މައްސަލަ ވަނީ އާންމުވެފަ އެވެ.

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ބީއެމްއެލްގެ އެކައުންޓުތަކުން ވެރިފަރާތަށް ނޭނގި އެތައް ހާސް ރުފިޔާއެއް ކެނޑެމުން އަންނަ ކަމަށާއި އެކަމުގެ ޝަކުވާތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަަމަށެވެ.

Advertisement

"މިޝަކުވާތަކަށް ބޭންކް އޮފް މޯލްޑިވްސްއިން ދެމުން ގެންދާ ޖަވާބަކީ އެކައުންޓުތަކުން ފައިސާ ނަގަމުން ގެންދާ ސަބަބަކީ އެކައުންޓުގެ ވެރި ފަރާތުން ގޮތް ނޭނގޭ ލިންކުތަކަށް ފިއްތުމާއި އެކައުންޓު މައުލޫމާތު ހިއްސާ ކުރަން ނުޖެހޭ ފަރާތަށް ހިއްސާ ކުރުން ކަމަށެވެ." ސިޓީގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް މިއީ ރައްޔިތެއްގެ ހައިސިއްޔަތުން ގަބޫލުކުރަން ދަތި ވާހަކައެއް ކަމަށް ސިރާޖު ވިދާޅުވެފައިވެ އެވެ.

ސިރާޖު ވަނީ މި މައްސަލަ މަޖިލީހުގެ ކޮމިޓީއަކުން ބަލައި، ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމެއް އޮތް ނަމަ ފުލުހުނަނަށް ހުށަހެޅުމަށް އެދިފަ އެވެ.

މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަތަކުގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ގިނަ އީމެއިލްތަކެއް ކޮމްޕޮމައިޒްވެފައި ހުރިކަން ފާހަގަ ކުރެވޭތީ އީމެއިލް ޕާސްވޯޑާއި އިންޓަނެޓް ބޭންކިން ޕާސްވޯޑް ބަދަލުކުރުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ބައެއް ކަސްޓަމަރުންގެ ކްރެޑިޓު ކާޑުތަކުން މުއާމަލާތްތައް ކޮށްފައިވަނީ ބޭރުގެ މާޗެންޓެއްގައި ހުރި ޑޭޓާ ވަގަށް ނަގައިގެން ކަމަށާއި އެފަދަ ހާލަތްތަކުގައި ގެއްލޭ ފައިސާ އަނބުރައި ހޯދައިދޭނެ ކަމުގެ ޔަގީންކަން ބީއެމްއެލް އިން ވަނީ ދީފަ އެވެ.

މުހިންމު ބައެއް ހަބަރު

  • އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވައި، އަލުން ވެރިކަން ނުލިބޭނެ ގޮތަށް ހުރަސްއެޅުއްވުމަށްފަހު، އެމްޑީޕީ އަނބުރާ ހޯއްދަވަން ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ދަތިވާނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.
  • ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަށް ނުވަތަ އެ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއް ވާދަކުރުމަށް ލަފާދޭން ގަރާރެއް ކޮންގްރެސްއަށް ހުށަހެޅި އެވެ.
  • ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ މެދު ގޮތެއް ނިންމާނީ ބޮޑެތި ޕާޓީތަކާއެކު އިތުރަށް މަޝްވަރާކުރުމަށްފަހު ކަމަށް އެމްޑީއޭއިން ބުނެފި އެވެ.
  • ކ. ގުޅީފަޅުގައި މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެތަން ސާފުކުރަމުން ދަނިކޮށް ފެނުނު އިންސާނެއްގެ ހަށިގަނޑަކީ، އެތަނުން ގެއްލިގެން ހޯދަމުން ދިޔަ މީހާ ކަން ދެނެގަނެވިފައިވާ ކަަމަށް ފުލުހުންް އިއްޔެ ބުންޏެވެ.

ދުވަހުގެ ކޯޓޭޝަން

ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ގެއްލުވާލުމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވައިފި ނަމަ، އެ މަނިކުފާނަށް ޕާޓީ އަނބުރާ ހޯއްދެވުން ދަތިވާނެ ކަމަށް، ޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

މި ވޯޓުލީ މީހުންގެ 60 ޕަސަންޓު މީހުން ތިބޭނެ ނޫންތޯ. ކުރިއަށް އޮތް ތަނުގަވެސް އަދި ޕާޓީ އަނބުރާ ހޯއްދަވަންވެސް މަގާމެއް ހޯއްދަވަން ވެސް، ޕާޓީއަށް ވެރިކަން ނުލިބޭނެ ހުރިހާ ކަމެއް ކޮށްފަ ވެރިކަން ނުލިބުނީމަ ދެން އަނެއްކާ އަޅުގަނޑުމެން ތިބޭނެ ކަމަށްތޯ ގަބޫލުކުރައްވަނީ،"

ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ ފޯނޭޝަން ވޮލީބޯލް މުބާރާތުގައި ރާއްޖެ އާއި މެލޭޝިއާ ރޭ ބައްދަލުކުރި މެޗް. އެ މެޗުން ރާއްޖެ ވަނީ ބަލިވެފައި. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މިހާރު ކުރިއަށްދާ ފޯނޭޝަން ވޮލީބޯލް މުބާރާތުގައި ރާއްޖެ އާއި މެލޭޝިއާ ރޭ ބައްދަލުކުރި މެޗް. އެ މެޗުން ރާއްޖެ ވަނީ ބަލިވެފައި. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިހާރު ކުރިއަށްދާ ފޯނޭޝަން ވޮލީބޯލް މުބާރާތުގައި ރާއްޖެ އާއި މެލޭޝިއާ ރޭ ބައްދަލުކުރި މެޗް. އެ މެޗުން ރާއްޖެ ވަނީ ބަލިވެފައި. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox