އެމްޑީޕީއަށް ވެރިކަން ލިބުމަށް ހުރަސްއެޅުމަށް ފަހު ޕާޓީ އަނބުރާ ހޯދަން ނަޝީދަށް ދަތިވާނެ

މިދިޔަ މަހު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ކެމްޕޭނު ހަރަކާތެއްގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މިރާޝް ނާޝިމް

މިދިޔަ މަހު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ކެމްޕޭނު ހަރަކާތެއްގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މިރާޝް ނާޝިމް

އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވައި، އަލުން ވެރިކަން ނުލިބޭނެ ގޮތަށް ހުރަސްއެޅުއްވުމަށްފަހު، އެމްޑީޕީ އަނބުރާ ހޯއްދަވަން ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ދަތިވާނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

"އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަސްލަމް ވިދާޅުވީ ދެ ރައީސުންގެ މެދުގައި އޮތް ނުތަނަވަސްކަން ހީކުރި ވަރަށް ވުރެ ގޯސްވެފައިވާ ކަމަށެވެ.

އަދި އެކި ފަހަރު މަތިން މަޝްވަރާކޮށްގެން އެ ނުތަނަވަސްކަމަށް ހައްލެއް ނުލިބި، މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމުން ވެސް، ނަޝީދު ދޫނުދެއްވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެންމެ ރަނގަޅު ސިޔާސީ ހައްލަކީ ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުން. މަޝްވަރާ ނުކުރެވެންޏާ ދެން މި އޮންނަނީ ވޯޓަކުން ނިންމުން. ދެން ވޯޓަކަށް ބަލާއިރު، 61 ޕަސަންޓަކީ ފުދޭ ވަރެއްގެ ބޮޑު އެއްޗެއް ވާދަވެރި އިންތިހާބަކަށް ބަލާއިރު،" ރައީސް ސޯލިހު އެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ވޯޓުގެ އަދަދު އަސްލަމް ފާހަގަކުރެއްވި އެވެ.

އެކަމަކު ނަޝީދަށް ވެސް 39 ޕަސަންޓު ލިބިވަޑައިގެންނެވުމަކީ ބަލައިގަންނަންޖެހޭ ކަމެއް ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، އެއީ މާބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ބެލުމަށްވުރެ، ޕާޓީ ކުރިއަށް ގެންދަން ނަޝީދު ވިސްނަވަންޖެހޭ ކަމަށެވެ.

"މިކަމުން [ދެ ރައީސުންގެ ކޯޅުމުން] ޕާޓީ ލޫޒްވާން ޖާގަ ލިބުން ނޫން ނަތީޖާއެއް ނުނިކުންނާނެ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ކިތަންމެ ބޭނުންވިޔަސް، ނާކާމިޔާބުވި ކެންޑިޑޭޓަށް ޓިކެޓު ދެވޭނެ ގޮތެއް އަދި ހަމައެއް ވެސް ނޯންނާނެ އެވެ.

"ބައެއް ފަހަރު ސިޔާސީ ކަންކަމުގަ އުޅުއްވާއިރު ދޫ ދޭންޖެހޭނެ. ދެން އޮންނާނެ ގޮތަކީ ބަލި ގަބޫލުކޮށް ހިތްވަރާއެކު ދެން އަންނަ އިންތިހާބަކަށް މަސައްކަތް ކުރުން،" އަސްލަމް ވިދާޅުވި އެވެ.

ޕްރައިމަރީގެ ނާކާމިޔާބީއަށްފަހު "ފިކުރެއްގެ ދިރުން"ގެ ނަމުގައި އެމްޑީޕީގެ ތެރެއިން ތާއީދު އެއްކުރުމަށް ނަޝީދު މިހާރު ފައްޓަވާފައިވާ ކެމްޕޭނު، އަސްލަމް ސިފަކުރެއްވީ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވިޔަ ނުދީ ޕާޓީގެ ކޮންޓްރޯލް އަނބުރާ ހޯދަން ކޮށަމުންދާ މަގެއްގެ ގޮތުގަ އެވެ.

"މި ވޯޓުލީ މީހުންގެ 60 ޕަސަންޓު މީހުން ތިބޭނެ ނޫންތޯ. ކުރިއަށް އޮތް ތަނުގަވެސް އަދި ޕާޓީ އަނބުރާ ހޯއްދަވަންވެސް މަގާމެއް ހޯއްދަވަން ވެސް، ޕާޓީއަށް ވެރިކަން ނުލިބޭނެ ހުރިހާ ކަމެއް ކޮށްފަ ވެރިކަން ނުލިބުނީމަ ދެން އަނެއްކާ އަޅުގަނޑުމެން ތިބޭނެ ކަމަށްތޯ ގަބޫލުކުރައްވަނީ،" އަސްލަމް ވިދާޅުވި އެވެ.

ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމާއި "ފިކުރެއްގެ ދިރުން" ފަދަ ނަޝީދު ކުރައްވާ މަސައްކަތްތައް ގޮސް ގުޅެނީ ވެރިކަމުގެ އާރާއި ބާރު ހޯއްދެވުމުގެ ގޮތުގައި ވެސް އަސްލަމް ސިފަކުރެއްވި އެވެ.

އެކަމަކު ކުރިން ހީކުރެއްވި ވަރަށް ދެ ރައީސުންގެ މެދުގައި އޮތް ރެނދު ބޮޑުކަމަށް އަސްލަމް ވިދާޅުވި ނަމަވެސް، އަދިވެސް އެކުގައި މަސައްކަތް ކުރެވޭނެ ކަމުގެ އުއްމީދު ދޫކޮށްނުލައްވަ އެވެ.

ހާއްސަކޮށް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ ބާރު އެމްޑީޕީން ރައީސް ސޯލިހަށް ދީފައިވާއިރު، އެފަދަ މަޝްވަރާތައް ފުރަތަމަ ކުރުން އެންމެ ރަނގަޅުވާނީ ނަޝީދާއެކު ކަމަށް އަސްލަމް ގަބޫލުކުރައްވަ އެވެ.

ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވެސް އެމްޑީޕީގައި ތިއްބަވައިގެން، ޕާޓީއަށް ކުރި ހޯދުމަށް މަސައްކަތް ކުރެއްވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox