ފްރާންސްގެ ސެއިންޓް ޖޯން ޑެ ލޫޒް އަވަށުގެ ހައި ސްކޫލެއްގެ ކްލާސް ތެރޭގައި ޓީޗަރެއްގެ ގަޔަށް ވަޅި ހަރައި މަރާލައިފި އެވެ.
ފްރާންސް ސަރުކާރުގެ ތަރުޖަމާނު އޮލިވިއާ ވެރަން ވިދާޅުވީ ހަމަލާ ދިނީ 16 އަހަރުގެ ދަރިވަރެއް ކަމަށެވެ. އެ ހާދިސާ ހިނގީ ސެއިންޓް ތޯމަސް ޑިއެކުއިން ސްކޫލްގަ އެވެ.
ވެރަން ވިދާޅުވީ ފުލުހުން ސްކޫލަށް ގޮސް، އެ ދަރިވަރު ހައްޔަރު ކުރި ކަމަށެވެ. ފްރާންސްގެ ނޫސްތަކުން ބުނާ ގޮތުގައި ދަރިވަރު ކްލާހަށް ވަތް އިރު ވެސް ޓީޗަރު ދިޔައީ ކިޔަވައިދެމުންނެވެ.

ސްޕެއިން ނިސްބަތްވާ ޓީޗަރުގެ އުމުރުން 50 އަހަރެވެ. ކިޔަވައި ދޭން ހުއްޓައި ވަޅިން ހަމަލާ ދިން އިރު، އޭނާ މަރުވީ ފަރު ވާދެނިކޮށް ހާޓް އެޓޭކެއް ޖެހިގެންނެވެ.
ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި ހަމަލާ ދިން ކުއްޖާއަކީ ނަފުސާނީ މައްސަލަތަކެއް ކުރިމަތިވަމުން ދިޔަ ކުއްޖަކަށް ވުން އެކަށީގެންވެ އެވެ.










