ރައީސްގެ ދައުވަތު ގަބޫލުކޮށް ކޯލިޝަނެއް ހެދުމަށް އަދާލަތުން ނިންމުމުން އެމްޑީޕީގެ ލީޑާޝިޕްގެ މަރުހަބާ

ރައީސްގެ ދައުވަތު ގަބޫލުކޮށް ކޯލިޝަނެއް ހެދުމަށް އަދާލަތުން ނިންމުމުން އެމްޑީޕީގެ ލީޑާޝިޕްގެ މަރުހަބާ

މިހާރު އޮތް ކޯލިޝަން ދަމަހައްޓައި، ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީން ނިންމުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފި އެވެ.

ދާދި ދެންމެއަކި އެ މަނިކުފާނު ސޯޝަލް މީޑިއާގައި ލިޔުއްވި މެސެޖެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިޔުމަށް ނިންމި ނިންމުމަށް މަރުހަބާއާއި ޝުކުރު ދަންނަވާ ކަމަށެވެ.

"2023ގެ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން އެމްޑީޕީއާ ގުޅިގެން ކުރިޔަށްދިއުމަށް ނިންމި ނިންމުމަށް މަރުޚަބާއާއި ޝުކުރުދަންނަވަން. އަޅުގަނޑު އެދެނީ ދިވެހިރާއްޖެއަށް ހަމަޖެހުމާއި އުފާވެރި މާދަމައެއް ހޯދައިދިނުމުގައި އަޅުގަނޑުމެން އެންމެން އެކީ ގުޅިގެން ކުރިއަށްދިޔުން،" އެ މަނިކުފާނު ލިޔުއްވި މެސެޖުގައި ވެއެވެ.

އަދާލަތު ޕާޓީގެ ނިންމުމާ ގުޅިގެން ރައީސް ސޯލިހުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވެސް ވަނީ އެ ޕާޓީއަށް މަރުހަބާ ދަންނަވައިފަ އެވެ.

މަރުހަބާ ދަންނަވައި ފައްޔާޒް ލިޔުއްވި މެސެޖުގައި ވިދާޅުވީ ކޯލިޝަންގެ އެތެރެއިންނާއި ބޭރުން އަދާލަތަށް ކުރިމަތި ކުރުވި ބޮޑެތި ގޮންޖެހުންތަކާއި ފުރައްސާރަތަކާ އެކުވެސް ސާބިތުކަމާ އެކު އެމްޑީޕީއާ އެކު ތިއްބެވީތީ ޝުކުރުދަންނަވާ ކަމަށާއި އަދާލަތުގެ ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އެމްޑީޕީން ވަނި މިއީ ހަރުދަނާ ނިންމުމެއްގެ ގޮތުގައި ސިފަކޮށް އެކަމަށް މަރުހަބާ ކިޔާފަ އެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ އަދާލަތު ޕާޓީއަށް މިކަމާ ގުޅިގެން ޝުކުރު އަދާކޮށްފަ އެވެ.

"2018 ގައި އުފެދުނު މި ވެރިކަމުގައި ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމުގައި އިހުލާސްތެރިކަމާއެކު ސަރުކާރަށް އެއްބާރުލުންދީގެން މިހާތަނަށް ދެމިތިބި ކަމަށްޓަކައި އަދާލަތު ޕާޓީއަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ޝުކުރު އަދާކުރަމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީން ނިންމާފައި ވަނީ މިއަދު ހަވީރު ކުރިއަށް ގެންދިޔަ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 42 މެންބަރުންގެ ތެރެއިން 38 މެންބަރުންގެ ވޯޓާ އެކު އެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް އަދާލަތުން ނިންމާފައި ވާއިރު މިހާރު ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އަނެއް ދެ ޕާޓީ، އެމްއާރުއެމްއާއި ޖުމްހޫރީ ޕާޓީން އަދި އިންތިހާބާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

އެ ޕާޓީތަކުގެ ތާއީދަށް އެދި ރައީސް ސޯލިހު ސިޓީފުޅެއް ފޮނުއްވާފައި ވާއިރު އިދިކޮޅު ޕީޕީއެމުން ވެސް އަންނަނީ ޖުމްހޫރީ ޕާޓީ ހިމެނޭހެން އެކި ޕާޓީތަކާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox