ރައްޔިތުންނަށް ދަތިނުވާ ގޮތަށް މަސައްކަތް ކުރަން އެފްކޮންސްއަށް އަންގައިފި

ރައްޔިތުންނަށް ދަތިނުވާ ގޮތަށް މަސައްކަތް ކުރަން އެފްކޮންސްއަށް އަންގައިފި

އައްޑޫގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެން ދާއިރު ރައްޔިތުންނަށް އުނދަގޫނުވާނެ ފަދަ ގޮތަކަށް މަސައްކަތްތައް ކުރުމަށް، މަގު ހެދުމުގެ ޕްރޮޖެކްޓު ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކުންފުންޏަށް ސިޓީ ކައުންސިލުން އަންގައިފި އެވެ.

އައްޑޫގެެ ގިނަ މަގުތަކެއް މިހާރު ކޮނެ، މަސައްކަތް ކުރިއަށްދާއިރު، އެފްކޮންސް އިން ތައްޔާރު ކުރާ ފެން ހިންދާ ނިޒާމަކީ، މަގުގެ އަރިމަތިން ދިގަށް ކާނު ގަނޑެއް ކޮނެ އެކަތި އަނެކެއްޗާއި ގުޅާލެވޭ ގޮތަށް ގާއިމް ކުރާ ނިޒާމެކެވެ.

ގިނަ ރައްޔިތުންގެެ ޝަކުވާއަކީ ކާނުތަކުގައި މަތި ޖަހާފައި ނެތުމުން ގޭގެއަށް ވަނުމަށް އުނދަގޫތަކެއް ކުރިމަތިވުމެވެ. ގޭގެއަށް ނުވަދެވޭ ގޮތަށް މަސައްކަތް ކުރިއަށްގެންދާތީ ބައެއް ގޭބީސީތަކުން ވަނީ ކާނުތަކަށް ވެލި އެޅުމަށްފަހު ގެއަށް ވަނުމަށް ޖާގަ ހަދައިފަ އެވެ.

ރައްޔިތުންނަށް އުނދަގޫ ނުވާހެން މަސައްކަތް ކުރިއަށް ގެންދިއުމަށާއި މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ޑްރެއިނޭޖް މަސައްކަތައް ކޮށްފައިވާ މަގުތަކުގައި ހުރި ކާނުތަކުގައި މަތި އެޅުމަށް މަސައްކަތް ކުރިއަށްގެންދާ ކޮންޓްރެކްޓަރަށް އެފްކޮންސް ކުންފުންޏަށް ސިޓީ ކައުންސިލުން އެންގީ އިއްޔެ ބޭއްވި ބައްދަލުވުމަކަށްފަހު އެވެ.

އައްޑޫ މަގު ހެދުމުގެ މަސައްކަތަކީ އައްޑޫގައި ސަރުކާރުން ހިންގާ އެންމެ ބިޔަ ބޮޑު މަޝްރޫއެވެ. އަދި މިއީ ލިންކް ރޯޑަށް ފަހު އައްޑޫގައި ކުރިއަށްދާ އެންމެ ބޮޑު މަގު ހެދުމުގެ މަޝްރޫއުއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox