މިހާރު އޮތް ބޯޑަށް އިތުރު ދައުރެއް ދޭން މަޓީގެ އަހަރީ ޖަލްސާގައި ނިންމައިފި

މަޓީގެ އަހަރީ ޖަލްސާގެ ތެރެއިން. އެ އެސޯސިއޭޝަނުގެ ބޯޑުގައި ސަތާރަ މެންބަރުން ތިއްބަވާ -- ފޮޓޯ: ސޯޝަލް މީޑިއާ

މަޓީގެ އަހަރީ ޖަލްސާގެ ތެރެއިން. އެ އެސޯސިއޭޝަނުގެ ބޯޑުގައި ސަތާރަ މެންބަރުން ތިއްބަވާ -- ފޮޓޯ: ސޯޝަލް މީޑިއާ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ 33 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައި، މިހާރުގެ ބޯޑަށް އިތުރު ދައުރެއް ދިނުމަށް ނިންމައިފި އެވެ.

ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ޖަލްސާގައި މަޓީގެ 96 މެންބަރުން ބައިވެރިވި އެވެ. އެ އެސޯސިއޭޝަނުގެ ބޯޑަށް އިތުރު ދައުރެއް ދިނުމަށް ނިންމީ ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މަޓީގެ ބޯޑުގައި ތިއްބަވަނީ ޖުމްލަ 17 މެންބަރުންނެވެ. އެއީ:

  • މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) - ޗެއާމަން
  • ހުސެއިން އަފީފް - ވައިސް ޗެއާމަން
  • ސޮލާހު ޝިހާބު - ވައިސް ޗެއާމަން
  • އަހުމަދު ނަޒީރު - ސެކެޓްރީ ޖެނެރަލް
  • އަހުމަދު ހަފީޒް - ފައިނޭންޝަލް ކޮންޓުރޯލާ
  • އައްސަދު އަލީ - ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް
  • އަހުމަދު ޝިޔާމް މުހައްމަދު - އެގްޒެކެޓިވް މެންބަރު
  • އިބްރާހިމް ސިޔާދު ގާސިމް - އެގްޒެކެޓިވް މެންބަރު
  • އިބްރާހިމް ނޫރައްދީން - އެގްޒެކެޓިވް މެންބަރު
  • އިޔާޒް ވަހީދު - އެގްޒެކެޓިވް މެންބަރު
  • ވިޝާ މާހިރު - އެގްޒެކެޓިވް މެންބަރު
  • އިސްމާއިލް ސިޔާން ގާސިމް - އެގްޒެކެޓިވް މެންބަރު
  • އައިޝަތު ނީނާ އަހުމަދު - އެގްޒެކެޓިވް މެންބަރު
  • ޒުލައިހާ މަނިކު - އެގްޒެކެޓިވް މެންބަރު
  • މަހްޖޫބް ޝުޖާއު - އެގްޒެކެޓިވް މެންބަރު
  • ސަލިލް މަނިގްރާހި - އެގްޒެކެޓިވް މެންބަރު
  • ރިވެރޯ ޑެލްގާޑޯ - އެގްޒެކެޓިވް މެންބަރު

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ޓެކުސް ބޮޑުވުމުގެ ސަބަބުން ރިސޯޓުތައް ހިންގުމުގެ ހަރަދު ބޮޑުވުމާއި އެ ހަރަދާ އެއްވަރަށް ރިސޯޓުތަކުން ލިބޭ އާމްދަނީ އިތުރު ނުވާކަން ފާހަގަ ކުރައްވައި ބައެއް މެންބަރުން ވާހަކަ ދެއްކެވި އެވެ.

އެގޮތުން, ދުނިޔޭގެ މަޝްރަހުގައި ހިނގާ ހަނގުރާމަތަކާއި އެނޫންވެސް ކަންކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އޭގެ ނޭދެވޭ އަސަރު މިހާރުވެސް ކުރަމުންދާކަން އެ ބޭފުޅުން ފާހަގަ ކުރެއްވި އެވެ.

މަޓީގެ އަހަރީ ޖަލްސާގެ ތެރެއިން -- ފޮޓޯ: ސޯޝަލް މީޑިއާ
މަޓީގެ އަހަރީ ޖަލްސާގެ ތެރެއިން -- ފޮޓޯ: ސޯޝަލް މީޑިއާ

މަޓީގެ އަހަރީ ޖަލްސާގެ ތެރެއިން -- ފޮޓޯ: ސޯޝަލް މީޑިއާ

އޭގެއިތުރުން, ތެލުގެ އަގު ބޮޑުވުމުގެ މައްސަލައާ ގުޅިގެން ވެސް ވަރަށް ގިނަ ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އެބޭފުޅުން ފާހަގަ ކުރެއްވީ ތެލަށް ކުރާނެ ހަރަދު ކޮންމެ އަހަރަކުވެސް ރިސޯޓުތަކުން ބަޖެޓުކޮށްފައި އޮންނަ ކަމަށާއި އަހަރު ނިމޭއިރު ތެލަށް ކުރާ ހަރަދު ލަފާ ކުރި ބަޖެޓަށް ވުރެ ދެގުނަ އިތުރުވާ ކަމެވެ.

ނަވާރަސަތޭކަ އަށްޑިހަ ދެވަނަ އަހަރު ވުޖޫދުކުރި މަޓީއަކީ ރާއްޖޭގައި ފަތުރުވެރިކަށް ކުރިއެރުވުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ޖަމިއްޔާ އެވެ. އެގޮތުން, ޖަމިއްޔާއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވި ހުރިހާ ގޮންޖެހުންތަކެއް ހައްލު ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

މިދިޔަ އަހަރު އެ އެސޯސިއޭޝަނަށް 40 އަހަރު ފުރުނުއިރު، ޓޫރިޒަމް އިންޑަސްޓްރީއަށް ހިދުމަތް ކޮށްދެއްވާފައި ތިބި މީހުންނަށް އެވޯޑު އެރުވުމުގެ އިތުރުން ދެފޮތް ވެސް އެ އެސޯއިއޭޝަނުން ޕަބްލިޝް ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox