ނިޔު ކެލަޑޯނިއާގައި މިޔަރެއް ހަމަލާ ދިނުމުން އޮސްޓްރޭލިއާ މީހަކު މަރުވެއްޖެ

ފާއިތުވި ތިން ހަފުތާގެ ތެރޭގައި އެ ސަރަހައްދުގައި ތިން ފަހަރެއްގެ މަތިން މިޔަރުގެ ހަމަލާ ރިޕޯޓު ކުރި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ފާއިތުވި ތިން ހަފުތާގެ ތެރޭގައި އެ ސަރަހައްދުގައި ތިން ފަހަރެއްގެ މަތިން މިޔަރުގެ ހަމަލާ ރިޕޯޓު ކުރި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޕެސިފިކް ކަނޑުގައި އޮންނަ ފްރާންސްގެ ނިއު ކެލަޑޯނިއާގެ މަގްބޫލް ބީޗެއްގައި ގިނަ ބަޔަކު ތިބި ވަގުތެއްގައި މިޔަރެއްގެ ހަމަލާގައި އޮސްޓްރޭލިއާގެ ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

އިދާރާތަކުން ބުނީ އުމުރުން 59 އަހަރުގެ ފިރިހެން މީހާއަށް މިޔަރު ހަމަލާ ދިނީ ނޫމިއާ ބީޗުގެ އައްސޭރިފަށާ 150 މީޓަރު ދުރުގައި ފަތަމުން ދަނިކޮށް އާދީއްތަ ދުވަހު ކަމަށެވެ.

އޭނާގެ ގައިގައި މިޔަރު ތަކުރާރުކޮށް ދަތް އެޅި އިރު އަތާއި ފަޔަށް ބޮޑެތި ޒަހަމްތަކެއް ލިބި ވަގުތުން މަރުވީ އެވެ. މިއީ ފާއިތުވި ތިން ހަފުތާ ތެރޭގައި އެ ސަރަހައްދުން ރިޕޯޓު ކުރި ތިން ވަނަ މިޔަރު ހަމަލާ އެވެ.

ފިރިހެން މީހާގެ ހަށިގަނޑު އެއްގަމަށް ގެންދިޔައީ އެ ސަރަހައްދުން ކުޑަ ބޯޓެއްގައި ދަތުރު ކުރަަމުން ދިޔަ ދެ މީހުންނެވެ. އެހެން ނަމަވެސް އޭރު އޭނާ އޮތީ މަރުވެފަ އެވެ.

އެ ހާދިސާ ހިނގި ވަގުތު ގިނަ އަދަދެއްގެ ބަަޔަކު މޫދުގައި އުޅެމުން ދިޔަ އިރު، ހަމަލާ ދިން މަންޒަރު ވެސް ގިނަ ބަޔަކަށް ފެނުނެވެ.

އިދާރާތަކުން މިހާރު ވެސް އެ ހިސާބުގެ ގޮނޑުދޮށްތައް އާއްމުންނަށް ބަންދުކޮށް، ކައިރި ހިސާބުތަކުން ފެންނަ ހުރިހާ މިޔަރެއް ހިފުމަށް އަންގައިފަ އެވެ.

ޖެނުއަރީ 29 ވަނަ ދުވަހު އެ ސަރަހައްދުން މިޔަރެއް ހަމަލާ ދިނުމުން އުމުރުން 49 އަހަރުގެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އޭގެ ދުވަސްކޮޅެއް ފަހުން ސާފްކުރަން އުޅުނު މީހަކަށް ވެސް ހަމަލާދިނެވެ.

ވަނުއަޓޫގެ ދެކުނުން އޮންނަ ނިއު ކެލަޑޯނިއާގައި ދިރިއުޅެނީ 270،000 މީހުންނެވެ. އެހެން ނަމަވެސް ދުނިޔޭގައި 13 ވަނައަށް އެންމެ ގިނައިން މިޔަރު ހަމަލާދެނީ އެ ތަނުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox