ޔޫކްރެއިން ހަނގުރާމައިގައި ބޭނުން ކުރުމަށް ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދިނުމާ މެދު ޗައިނާއިން ވިސްނަމުންދާ ކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.
ސީބީއެސް ނިއުސްއަށް ދެއްވި އިންޓަވިއުގައި ބްލިންކެން ވިދާޅުވީ ޗައިނާގެ ކުންފުނިތަކުން މިހާރު ވެސް ރަޝިއާއަށް "ނަން ލީތަލް ސަޕޯޓް" ފޯރުކޮށްދެމުންދާ ކަމަށާއި "ލީތަލް ސަޕޯޓް" ފޯރުކޮށްދިނުމަަށް ވިސްނަމުންދާ ކަމަށެވެ.
އެފަދަ ފިޔަވަޅެއް އަޅައިފި ނަމަ ޗައިނާއަށް "ސީރިއަސް ނަތީޖާތަކާ" ކުރިމަތިވާނެކަމުގެ އިންޒާރު ބްލިންކެން ދެއްވި އެވެ.
އަސްކަރީ ސާމާނަށް ރަޝިއާއިން އެދިފައިވާ ކަމަށް ފެތުރުނު ރިޕޯޓުތައް ޗައިނާއިން ދޮގުކުރެ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންއަކީ ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއާ ގާތް ބޭފުޅެކެވެ. ޗައިނާއިން މިހާތަނަށް ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާ ކުށްވެރިކޮށްފައެއް ނުވެ އެވެ.
އެހެން ނަމަވެސް، ސުލްހަ ގެނައުމަށް ގޮވާލައި، ހަނގުރާމައިގައި ވަކި ކޮޅަކަށް ނުޖެހޭނެ ކަމަށް ޗައިނާއިން ބުނެފައިވެ އެވެ.
ޗައިނާއިން ރަޝިއާއިން ހަތިޔާރު ފޯރުކޮށްދީފާނެ ކަމަށް ބްލިންކެން ވިދާޅުވި އިރު، މިދިޔަ ހޮނިހިރު އެމަނިކުފާނު ވަނީ ޗައިނާގެ އެންމެ އިސް ޑިޕްލޮމެޓް ވާންގް ޔީއާ ބައްދަލުކުރައްވަައިފަ އެވެ










